ދިރާގުން ގާލްސް ޓު ކޯޑުގެ ހއ. ދިއްދޫ އެޑިޝަން ނިންމާލައިފި

ދިރާގުން ހއ. ދިއްދޫގައި ކުރިއަށް ގެންދިޔަ ގާލްސް ޓު ކޯޑު ޕްރޮގްރާމުގެ ތެރެއިން -- ފޮޓޯ: ދިރާގު

ދިރާގުން ހއ. ދިއްދޫގައި ކުރިއަށް ގެންދިޔަ ގާލްސް ޓު ކޯޑު ޕްރޮގްރާމުގެ ތެރެއިން -- ފޮޓޯ: ދިރާގު

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްގެ ފަރާތުން އަންހެން ކުދިންނަށް ހާއްސަކޮށްގެން ކޯޑިން ދަސްކޮށް ދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން ގާލްސް ޓު ކޯޑްގެ ހއ. ދިއްދޫ އެޑިޝަން ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާސްކްރިޕްޓް ބޭނުންކޮށްގެން ކޯޑިންގްގެ ހުނަރު ދަސްކޮށްދޭ އެ ޕްރޮގްރާމަކީ އަންހެން ކުދިން ބާރުވެރިކުރުވުމުގެ މަގްސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ގާލްސް ޓު ކޯޑް ދިއްދޫ އެޑިޝަން ފަރުމާކޮށްފައިވަނީ 10 އަހަރާއި 13 އަހަރުގެ ދެމެދުގެ އަންހެން ކުދިންނަށް، ޓެކްނޮލޮޖީގެ ދާއިރާއިން ފުރުސަތު ހޯދުމަށް ޝައުގުވެރިކަން އުފައްދާ އެ ދާއިރާގައި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުމަށެވެ.

Advertisement

އެ ޕްރޮގްރާމުގައި އިސްކަންދީފައި ވަނީ ކުރިން ކޯޑިންގެ ތަޖުރިބާ ނެތް ކުދިންނަށެވެ. ދެމަސް ދުވަހަށް ކުރިއަށްގެންދިޔަ ގާލްސް ޓު ކޯޑް ހއ. ދިއްދޫ ޕްރޮގްރާމް މެދުވެރިކޮށް 20 ކުދިން ވަނީ ޕްރޮގްރާމް ކާމިޔާބުކަމާ އެކީ ނިންމާފަ އެވެ.

އެ ޕްރޮގްރާމް ނިމުނުއިރު ބައިވެރިންގެ އަމަލީ ހުނަރުތައް ތަރައްގީވެ، އަމިއްލައަށް ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ދަސްކޮށްދިނެވެ.

ދިރާގުގެ މެނޭޖާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ، ބިޝާރު ހަމީދު ވިދާޅުވީ ގާލްސް ޓު ކޯޑު ޕްރޮގްރާމުގެ އެންމެ މުހިންމު މަގްސަދަކީ ކުދިންގެ ޅަ އުމުރުގައި އެ ދާއިރާއަށް ލޯހުޅުވި، އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރު ކުރުވުން ކަމަށެވެ.

ވިމެން އިން ޓެކް މޯލްޑިވްސްގެ ރައީސް، ނަހުޒާ އިބްރާހިމް ވިދާޅުވި ގޮތުގައި ޒުވާން އަންހެން ކުދިން މިހާ ޖޯޝާ އެކީ ކޯޑިންއަށް ޝައުގުވެރިކަން ފާޅުކުރާކަމަކީ ވަރަށް ބޮޑު އުފަލެކެވެ.

"އެ ކުދިން އަޅުގަނޑުމެންނަށް ދައްކުވަމުން އެދަނީ ރަނގަޅު ފުރުސަތުތަކާ އެއްބާރުލުމާ އެކު، އެކުދިންނަށް ކޮންމެ ކަމެއް ވެސް ހާސިލްކުރެވިދާނެ ކަމަށް. އަޅުގަނޑުމެން އުންމީދު ކުރަނީ މި ޕްރޮގްރާމްގެ ސަބަބުން އެކުދިންނަށް ފަންނީ ހުނަރުތައް ލިބިގެން ދިއުމާއި އެކު، އުއްމީދީ މުސްތަގުބަލެއް ބިނާ ކުރުމަށް މަގު ފަހިވެގެންދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ވިމެން އިން ޓެކްއާ ގުޅިގެން ދިރާގުން ކުރިއަށް ގެންދާ ގާލްސް ޓު ކޯޑް ޕްރޮގްރާމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ ތެރެއިން އަންހެނުން ބާރުވެރިކުރުވުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ.

ހއ. ދިއްދޫގެ އިތުރުން ފުވައްމުލައް ސިޓީ، ގދ. ތިނަދޫ، ކުޅުދުއްފުށި ސިޓީ އަދި ލާމު އަތޮޅުގައި ވެސް ޕްރޮގްރާމް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

Newsletter

Get the latest news delivered straight to your inbox