އަނގަ ބަންދުވެ ބަޓަނަށް އޮބާ ބޮޓަކަށް ބަދަލު ނުވާނަން: މެންބަރު އަބްދުއްްރަހްމާން

މެންބަރު އަބްދުއްރަހްމާން: އަނގަ ބަންދުވެ ބަޓަނަށް އޮބާ ބޮޓަކަށް ބަދަލު ނުވާނެ ކަމަށް ވިދާޅުވި -- ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

މެންބަރު އަބްދުއްރަހްމާން: އަނގަ ބަންދުވެ ބަޓަނަށް އޮބާ ބޮޓަކަށް ބަދަލު ނުވާނެ ކަމަށް ވިދާޅުވި -- ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

އަނގަ ބަންދުވެ ހަމައެކަނި ބަޓަނަށް އޮބާ ބޮޓަކަށް އޭނާ ބަދަލު ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހުމާން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ އަޑު އިއްވަން މަޖިލީހަށް ރައްޔިތުން ފޮނުވާފައި ތިބި ރައްޔިތުންގެ މަންދޫބުންގެ އަނގަ ބަންދުކޮށް ބަޓަނަށް އޮބާ "ބޮޓުންނަށް" ބަދަލު ކުރުމުން އެތަނަށް ރައްޔިތުންގެ މަޖިލީހޭ ކިޔާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

"ދާއިރާ ރައްޔިތުން ވިއްކައިގެން މަޖްލީހަށް ވަދެ ހަމަ ބޮޓުންގެ ގޮތުގައި ތިބެން މިދާއިރާތަކުގެ ރައްޔިތުން ރުހޭނެތޯ މިވެސް އަޅުގަނޑު އުފެދޭ ސުވާލެއް. ޔަގީނުން ވެސް އައްޑޫ މީދޫ ދާއިރާގެ މެންބަރު ހުސް ބަޓަނަށް އޮބާ ބޮޓަކަށް ނުވާނެ،" އަބްދުއްރަހްމާން ވިދާޅުވި އެވެ.

Advertisement

އަބްދުއްރަހްމާން ވިދާޅުވީ މަޖިލީހުގެ މެންބަރުން ބަޔަކު ޖަހާހާ ބެރަކަށް ނަށާ ބަޔަކަށް ވެގެން ނުވާނެ ކަމަށާއި މެންބަރުންގެ އިއްޒަތާއި ގަދަރުގައި ދިވެހި ރައްޔިތުންގެ ހިދުމަތުގައި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރެވޭނެ ހާލަތެއްގައި ތިބޭ ބަޔަކަށްވާން އެދޭ ކަމަށެވެ.

މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީއިން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް އަވަސް އަރުވާލައިގެން ގާނޫނުއަސާސީ ބަދަލު ކުރުމަށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިޔުން ވަނީ މިއަދު އިއްވާފަ އެވެ. އަދި ބިލުގެ އިބްތިދާއީ ބަހުސް ވެސް މިއަދުގެ ޖަލްސާގައި ވަނީ ފަށާފަ އެވެ.

ބިލުގައި ގާނޫނު އަސާސީއަށް މައިގަނޑު ހަތަރު އިސްލާހެއް ވަނީ ހުށަހަޅައިފަ އެވެ. އެ ގޮތުން ފުރަތަމަ ހިމަނާފައިވަނީ ރާއްޖޭގެ ސަރަހައްދަށް ބަދަލެއް ގެނައުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ރުހުން ހޯދަން ޖެހޭ ގޮތަށް ހެދުމެވެ. އަދި, މެންބަރުން ވަކިކުރުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ދިނުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox