ކުޑަކަމުދާ ނިޒާމަށް ހާއްސަ ޑޮކްޓަރު އިވާން މި މަހު ޓްރީ ޓޮޕުގައި ފަރުވާދެނީ

ކުޑަކަމުދާ ނިޒާމަށް ހާއްސަ ޑޮކްޓަރު އިވާން މި މަހު ޓްރީ ޓޮޕުގައި ފަރުވާދެނީ

ކުޑަކަމުދާނިޒާމުގެ ބަލިތަކާއި ޔޫރޮލޮޖީ ޓްރާންސްޕްލާންޓުގެ ފަރުވާ ދޭ ހާއްސަ ޑޮކްޓަރެއް ކަމައްވާ ޑރ. އިވާން ނެރެޓްޔަކް ނޮވެމްބަރު 25، އިން ނޮވެމްބަރު 28، ގެ ނިޔަލަށް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ބަލިމީހުން ބެލުމަށް ހަމަޖެހިއްޖެ އެވެ.

ޑރ. އިވާން ފޯރުކޮށްދޭ ހާއްސަ ހިދުމަތްތަކުގެ ތެރޭގައި ޕެރިޓޯނިއަލް ޑަޔަލިސިސްއަށް ބޭނުންވާ ކެތީޓާ ހޮޅި ލެއްވުމާއި ހީމޯޑަޔަލިސިސް ފިސްޓުލާ އޮޕަރޭޝަންތައް (ފިސްޓުލާ ހެދުމާއި ފިސްޓުލާ މަރާމާތުކުރުމުގެ ސަޖަރީތައް) ހިމެނެ އެވެ.

ޕެރިޓޯނިއެލް ޑަޔަލިސިސް ހިދުމަތް – ހޮސްޕިޓަލަށް ނައިސް ޑަޔަލިސިސް ފަރުވާ

މިހާތަނަށް ރާއްޖޭގައި ކިޑްނީ ފެއިލްވެފައިވާ ބަލިމީހުންނަށް ލިބެން އޮތީ ހަމައެކަނި ހީމޯޑަޔަލިސިސް ފަރުވާ އެވެ. އެއީ ވަކި ހާއްސަ ތަނެއްގައި، ނުވަތަ ހޮސްޕިޓަލުގައި ކުރަންޖެހޭ ފަރުވާއެކެވެ އެވެ.

ޕެރިޓޯނިއެލް ޑަޔަލިސިސް އަކީ ބަނޑުގައި ހުންނަ "ޕެރިޓޯނިއެލް ލައިނިންގް" ކިޔާ ފަށަލައިގެ ބޭނުންހިފައިގެން ފަސޭހައިން ހޮސްޕިޓަލަށް ނައިސް ހޯދޭ ޑަޔަލިސިސް ފަރުވާއެކެވެ.

މިގޮތުން ބަލިމީހާއަށް ފަސޭހަ ތަނެއްގައި ހުރެގެން، ހޮސްޕިޓަލަށް ނައިސް އަމިއްލަޔަށް މި ފަރުވާ ކުރެވެ އެވެ. އޭގެ ސަބަބުން ހޮސްޕިޓަލަށް އައުމަށް ހޭދަވާ ހަރަދާއި ވަގުތު ކުޑަކުރެވެ އެވެ.

ހާއްސަކޮށް ރާއްޖޭގެ އެކި ރަށްތަކުގައި ދިރިއުޅޭ ޑަޔަލިސިސް ފަރުވާ ހޯދާ ފަރާތްތަކަށް މީގެ ސަބަބުން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

ޕެރިޓޯނިއެލް ޑަޔަލިސިސްގެ ހޭލުންތެރިކަމާއި މައުލޫމާތު ފޯރުކޮށްދިނުން

މިފަރުވާ ތައާރަފު ކުރުމުގެ ގޮތުން ޑރ. އިވާން ނެރެޓްޔަކް އަދި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކުޅަދާނަ ނެފްރޮލޮޖީ ޓީމުން ޑަޔަލިސިސް ފަރުވާ ހޯދާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށާއި، ހިލޭ ކައުންސެލިން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ޕެރިޓޯނިއަލް ޑަޔަލިސިސްއަށް ބޭނުންވާ ކެތީޓާ ހޮޅި ލެއްވުމާއި، ބަލިމީހާއަށް ގޭގައި ހުރެގެން މިކަން ކުރާނެ ގޮތުގެ އިރުޝާދު ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ޕެރިޓޯނިއެލް ޑަޔަލިސިސް ހެދުމަށް ބޭނުންވާ ފަރާތްތަކުން ހިލޭ ކައުންސެލިންގްއަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކޯލް ސެންޓަރ 3351610 ނަންބަރަށް ގުޅައިގެން ނުވަތަ care@treetophospital.com އަށް އީމެއިލް ކުރުމުން ރެޖިސްޓްރީ ކުރެވެ އެވެ.

މި ކައުންސެލިންގް ސެޝަންތަކުން މިހާރު ވެސް ޑައިލިސިސް ފަރުވާ ހޯދަމުންދާ ފަރާތްތަކަށާއި، ކިޑްނީ ފެއިލްވެފައިވާ ނަމަވެސް އަދި ޑައިލިސިސް ފަރުވާ ނުފަށައި، އެކިއެކި ފަރުވާތައް ދިރާސާކުރަމުންދާ ފަރާތްތަކަށް ބޭނުންތެރި މަޢުލޫމާތު ލިބޭނެ އެވެ.

އެ ސެޝަންތަކުގެ ތާރީހުތައް ކަނޑައެޅޭނީ، އިތުރު މައުލޫމާތު ހޯދުމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކާ މަޝްވަރާކޮށް، އެއްބަސްވެވޭ ގޮތެއްގެ މަތިންނެވެ.

އިންޝިއުރަންސް ކަވަރޭޖް

ޓްރީ ޓޮޕް ހޮސްޕިޓަލްއިން ވަނީ ޑައިލިސިސް ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށާއި، އަދި އަގުހެޔޮ ގޮތެއްގައި މި ހިދުމަތް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، މޯލްޑިވްސް ޕޮލިސް ސާވިސް އަދި އަމިއްލަ އިންޝުއަރެންސް ކުންފުނިތަކުން ވަނީ ޕެރިޓޯނިއަލް ޑައިލިސިސްއާ ގުޅުންހުރި އެންމެހައި ޕްރޮސީޖާތަކާއި ހިދުމަތްތަކަށް ފުރިހަމައަށް ހަރަދު ހަމަޖައްސައިދޭނެކަން ކަށަވަރުކޮށްދީފަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ.

އެންމެފަހުގެ ވަސީލަތްތަކާ އެކު ތަފާތު ހިދުމަތްތައް ތައާރަފު ކުރުމަށް ޓްރީ ޓޮޕުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ މަސައްކަތް ކުރިއަށް ގެންދަނީ އެކި ދާއިރާތަކުގެ ނަން މަޝްހޫރު ހާއްސަ ޑޮކްޓަރުންގެ އިސްނެގުމުގެ ދަށުން، ވަރަށް ގާބިލު އަދި ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox