ޔޫއޭއީ އާއި ތައިލޭންޑުން އާސަންދަަ ދޭން ފެށުމާ ހަމައަށް ވާސިލުވެއްޖެ، ތާރީހު ވަރަށް އަވަހަށް އިއުލާނު ކުރާނަން: ހީނާ

ތައިލެންޑާއި ޔޫއޭއީއިން ސިއްހީ ހިދުމަތްތައް ދިވެހިންނަށް ފޯރުކޮށްދިނުމުގެ ވާހަކަ ރައީސް ފުރަތަމަ ދެއްކެވީ، ޖެނުއަރީ 13 ގައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ތައިލެންޑާއި ޔޫއޭއީއިން ސިއްހީ ހިދުމަތްތައް ދިވެހިންނަށް ފޯރުކޮށްދިނުމުގެ ވާހަކަ ރައީސް ފުރަތަމަ ދެއްކެވީ، ޖެނުއަރީ 13 ގައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ތައިލޭންޑާއި ޔޫއޭއީން އާސަންދައިގެ ހިދުމަތް ދިނުމަށްޓަކައި އެ ދެ ގައުމުގެ ހޮސްޕިޓަލްތަކާއެކު ކުރެވުނު މަސައްކަތުން ހިދުމަތް ފެށުމާ ހަމައަށް ވާސިލުވެފައިވާ ކަމަށް އެންސްޕާގެ ސީއީއޯ، އަދި ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ ޔޫއޭއީ އާއި ތައިލޭންޑުން އާސަންދައިގެ ހިދުމަތް ދޭން ފެށޭނެ ދުވަހެއް ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށެވެ.

"އާސަންދައިން މިހާރު ޔޫއޭއީ އަދި ތައިލޭންޑުގެ ހޮސްޕިޓަލްތަކާ އެކީގައި މަސައްކަތްތަކެއް ކުރެވި އަޅުގަނޑުމެންނަށް ބަޔަކާ އެކީގައި ކުރިއަށް ދެވޭ ހިސާބަށް ވާސިލުވެފައި އެބަވޭ، އެހެންވީމާ އެ ހިދުމަތް ދެވޭނެ ދުވަހަކާއި އަދި އެކަމާ ބެހޭ އިތުރު ތަފުސީލުތައް އަޅުގަނޑުމެން ވަރަށް އަވަހަށް ހާމަކުރަމުން ދާނަން،" ހީނާ ވިދާޅުވި އެވެ.

Advertisement

ތައިލެންޑާއި ޔޫއޭއީއިން ސިއްހީ ހިދުމަތްތައް ދިވެހިންނަށް ފޯރުކޮށްދިނުމުގެ ވާހަކަ ރައީސް ފުރަތަމަ ދެއްކެވީ، ޖެނުއަރީ 13، ގައި ޗައިނާއިން ވަޑައިގެން އިންޑިއާއަށް ދެއްވި ނުސީދާ ބަހުގެ ހަމަލާތަކުގެ ތެރެއިންނެވެ.

"ހަމައެކަނި ވަކި ދިމާއެއްގައި ހުންނަ، ވަކި ގައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް އެކަނި ގޮސްގެން ބޭނުންކުރެވޭ އެއްޗަކަށް ނަހަދައި، އެއަށްވުރެ ފެންވަރު ރަނގަޅު ގައުމުތަކަށް، ޔޫއޭއީ އަށާއި ތައިލެންޑަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އާސަންދަ ފުޅާކުރުމަށް،" ރައީސް އެ ދުވަހު ވިދާޅުވި އެވެ.

މިއީ ޔޫއޭއީ އާއި ތައިލޭންޑަށް އާސަންދަ ފުޅާ ކުރައްވާނެ ކަމަށް ރައީސް އިއުލާނު ކުރެއްވިފަހުން އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ސަރުކާރުން ހާމަ ކުރި ފުރަތަމަ ފަހަރެވެ. ސަރުކާރުގެ ފަރާތުން މީގެ ކުރިން ބުނަމުން ދިޔައީ އެ ގައުމުތަކުން އާސަންދައިގެ ހިދުމަތް ދޭން ފެށޭނެ ތާރީހެއް ނޭނގޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox