މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ އަދަދު 32 މިލިއަން ރުފިޔާއަށް އަރައިފި

މަސްވެރިން ކުރި މުޒާހަރާއެއްގެ ތެރެއިން: މަސް ކިރުވުމަށްފަހު 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ސަރުކާރުގެ ވައުދެއް -- ފޮޓޯ: މިރާން ނާޝިމް / އަދަދު

މަސްވެރިން ކުރި މުޒާހަރާއެއްގެ ތެރެއިން: މަސް ކިރުވުމަށްފަހު 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ސަރުކާރުގެ ވައުދެއް -- ފޮޓޯ: މިރާން ނާޝިމް / އަދަދު

މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ އަދަދު 32 މިލިއަން ރުފިޔާއަށް އަރައިފި އެވެ.

ދައުލަތުގެ މަސް ކުންފުނި މިފްކޯއިން އެންމެ ފަހުން މަސްވެރިންނަށް ފައިސާ ދީފައި ވަނީ އޮކްޓޯބަރު 31، ގައި ކަމަށް ބެލެވެ އެވެ. އެ ދުވަހު ގާތްގަނޑަކަށް 16.2 މިލިއަން ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފަ އެވެ. އެހެންކަމުން މިއީ އޭގެ ފަހުން މިފްކޯއަށް ކިރި މަހަށް ދޭންޖެހޭ ފައިސާ ކަމަށް ބެލެވެ އެވެ.

މިފްކޯއިން ބުނީ މިހާރު މަސްވެރިންނަށް ދޭންޖެހޭ 32 މިލިއަން ރުފިޔާ އަންނަ ހަފުތާގެ ތެރޭގައި ދައްކަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ 48 ގަޑިއިރު ތެރޭގަައި ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. ނަމަވެސް މަސް ކިރުވިތާ 48 ގަޑިއިރުގެ ތެރޭގައި މިހާތަނަށް މަސްވެރިންނަށް ފައިސާ ދޫކޮށްފައެއް ނުވެ އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ލިބޭ ނިޒާމު ގާއިމުކުރާނަމޭ. އަޅުގަނޑަކީ ވައުދުވާ ގޮތަށް ކަން ކުރާނެ މީހެއް. ޓާގެޓަށް ދާން ކުރާ މަސައްކަތް މިކުރަނީ. އެ ޓާގެޓަށް ދާނަން," ފެބްރުއަރީ، 2024، ގައި ރައީސް ވިދާޅުވި އެވެ.

މަސް ގަތުމަށްފަހު ފައިސާ ދޫނުކޮށްގެން މަސްވެރިން ވަނީ މި ސަރުކާރާ ދެކޮޅަށް މި އަހަރުގެ ތެރޭގައި ބޮޑެތި މުޒާހަރާތަކެއް ވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި ފެބްރުއަރީގައި ކޫއްޑޫގައި ކުރި ބޮޑު މުޒާހަރާއަކާއި ހުޅުމާލެ އާއި މާލޭގައި ޖޫން މަހު ކުރި މުޒާހަރާއަކާއި ހަމަ އެ މަހު އައްޑޫގައި ކުރި މުޒާހަރާ ހިމެނެ އެވެ.

މަސްވެރިންގެ މުޒާހަރާތަކަށްފަހު ސަރުކާރުން ވަނީ މަހުގެ އަގު 20ރ. އަށް ވުރެ ތިރި ނުކުރާނެ ކަމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދާ ހިލާފަށް މަހުގެ އަގު ވަރަށް ބޮޑަށް ތިރިކޮށްފަ އެވެ. މިހާރު މިފްކޯއިން މަސް ގަންނަނީ 5ރ. އާއި 16ރ. އާ ދެމެދުގެ ރޭޓުތަކެއްގަ އެވެ.

މަހު އަގު ތިރި ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މަހުގެ އަގު ތިރި ކުރީ ސަރުކާރުން ހެޔޮ ނިޔަތުގައި ކަމަށެވެ.

"[މަހުގެ އަގު ކުޑަ ކުރުމަކީ] އެއީ ބަހަނާއެއް ނޫން އެއީ ރަނގަޅު ނިޔަތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ވަރަށް ރަނގަޅު ނިންމެވުމެއް. އަދި މަސްވެރި އާއިލާތަކާއި މުޅި މަސްވެރި އިންޑަސްޓްރީގެ ލާބައަށް ނިންމެވި ނިންމެވުމެއް،" އޮކްޓޯބަރު 30، ގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox