އޭޑީކޭ ހޮސްޕިޓަލުން ހިންގާ ޝާފިޔާ އިންސްޓިޓިއުޓުން 2025 ގެ ނަރުހުންގެ ކޯސްތައް ހުޅުވާލައިފި އެވެ.
އެ އިންސްޓިޓިއުޓުން ފުރުސަތު ހުޅުވާލީ ކާޑިއޯވެސްކިއުލާ ނާސިން އަދި ނިއުރޯސައިންސް ނާސިން ކޯހަށެވެ.
ޖެނުއަރީގައި ފަށާ، އެމްއެންކިއުއެފް ލެވެލް 6 ލެވެލްގެ މި ދެ ކޯހަކީ ކްލާހަށް ހާޒިރުވާން ޖެހޭ ގޮތަށް، އެއް އަހަރުގެ މުއްދަތަކަށް ހިންގާ ކޯސްތަކެކެވެ.
ކޯހާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ޝާފިއާ އިންސްޓިޓިއުޓްގެ 3300111 ނަންބަރަށް ގުޅުމަށް އެ އިންސްޓިޓިއުޓުން ވަނީ އެދިފަ އެވެ.
ރާއްޖޭގައި ހޮސްޕިޓަލެއްގައި އެންމެ ފުރަތަަމަ ހެލްތު ޕްރޮފެޝަނަލުން ތަމްރީން ކުރަން ފެށި ޝާފިޔާ އިންސްޓިޓިއުޓަކީ އެންމެ ފުރަތަމަ ނަރުހުންގެ ޑިޕްލޮމާ ކޯސްތައް ހިންގަން ފެށި ތަނެވެ.

އެތަނުން އެޑްވާންސް ލައިފް ސަޕޯޓް ކޯހާއި، އެމަޖެންސީ މެޑިކަލް ޓެކްނީޝަން ކޯސްތައް އަދި އިމަޖެންސީ އޮބްސްޓްރެކްޓް ރެސްޕޮންސް ކޯސްތައް ހިންގަ އެވެ.
ޝާފިޔާ އިންސްޓިޓިއުޓުން ހަދާ ކޯސްތަކުގެ ފަންނީ ތަޖުރިބާ ލިބިގަތުމަށް އޭޑީކޭ ހޮސްޕިޓަލުން ފުރުސަތު ދެ އެވެ. އަދި ކޯސްތައް ނިންމާ ދަރިވަރުންނަށް ހޮސްޕިޓަލުގައި މަސައްކަތް ކުރަން ވެސް އަންނަނީ ފުރުސަތު ދެމުންނެވެ.













