ގާނޫނީ ބާރު ނެތް ގަވާއިދެއްގެ ދިފާއުގައި 'ގޫހަރިޖެހުން'

އާޓްވޯކް: އިސްމާއީލް އިމްދާދު

އާޓްވޯކް: އިސްމާއީލް އިމްދާދު

"އަޅުގަނޑުމެން ނެތިން މި ގަވާއިދު ބަދަލުކުރާކަށް. ނުކުރާނަން ބަދަލެއް. ވަރަށް ސާފުކޮށް މި ދެންނެވީ ގަވާއިދު ބަދަލެއް ނުކުރާނަމޭ. ވަރަށް ސާފުކޮށް މި ދެންނެވީ ގަވާއިދު ބަދަލެއް ނުކުރާނަމޭ. 500 ޑޮލަރު މާރުކުރައްވަން ޖެހިވަޑައިގަންނަވާނެއޭ." ނާރު ފުއްޕާފައިވާ ކަރުފުޅުގެ އެންމެ ބުޑުން ނެރުއްވި އަޑުން ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ރޭ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ވިދާޅުވަނީ ގަވާއިދު ނަންބަރު 2024/R-91 (ބޭރު ފައިސާއާބެހޭ ގަވާއިދު) ގެ ވާހަކަ އެވެ. އެ ގަވާއިދުގެ 1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން، އެއީ ފޮރިން އެކްސްޗޭޖް ރޭޓުގެ ނިޒާމު ތަންފީޒުކުރުމަށްޓަކައި ދިވެހިރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭ މުއާމަލާތްތައް ކަނޑައެޅުމަށާއި، ފޮރިން އެކްސްޗޭންޖާ ބެހޭ އެހެންވެސް ސިޔާސަތުތައް ކަނޑައެޅުމަށް އެކުލަވާލާފައިވާ ގަވާއިދެކެވެ. އެ ގަވާއިދުގައި ބުނެފައިވާ ގޮތުން އެ ގަވާއިދު އެކުލަވާލާފައިވަނީ، ގާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު) ގެ 24 ވަނަ މާއްދާއާއި 38 ވަނަ މާއްދާއިން ބާރުލިބިގެންނެވެ.

ބޭރު ފައިސާއާބެހޭ ގަވާއިދުގެ ދަށުން ޓޫރިޒަމްގެ ވިޔަފާރިން ލިބޭ ބޭރު ފައިސާގެ ވަކި އަދަދެއް މާރު ކުރުން ލާޒިމުކޮށް ގަވާއިދު އެކުލަވައިލުމުގެ ބާރު މަނިޓަރީ އޮތޯރިޓީއަށް ލިބިގެންވޭތޯ ބެލުމަށްޓަކައި ބަލަންޖެހޭނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގެ 24 ވަނަ މާއްދާއާއި 38 ވަނަ މާއްދާއަށެވެ. ގާނޫނުގެ 38 ވަނަ މާއްދާގައި އޮތީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމައަށް ހިންގުމަށްޓަކައި ގަވާއިދުތަކާއި އުސޫލުތަކާއި އިރުޝާދު ނުވަތަ ސަރިކިއުލަރ ނެރެ ހިންގުމުގެ ބާރު މަނިޓަރީ އޮތޯރިޓީއަށް ލިބިގެންވާ ކަމަށެވެ. ގާނޫނުގެ 24 ވަނަ މާއްދާގައި އޮތީ އެކްސްޗޭންޗް ރޭޓުގެ ނިޒާމު ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ވާހަކައާއި، ކަނޑައަޅާ ރޭޓާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތު ހިންގާ މީހުންނަށް ކަނޑައެޅިފައިވާ އަދަބުގެ ވާހަކަ އެވެ. ފައިސާ މާރުކުރުމަށް އެންގުމުގެ ބާރަކީ ގާނޫނުގައި ބަޔާންކޮށްފައިވާ ވާހަކައެއް ނޫނެވެ.

ވަކި ބާވަތެއްގެ ވިޔަފާރިއަކަށް ލިބޭ އާމްދަނީގެ ތެރެއިން އެއްވެސް މިންވަރެއް ވަކި ގޮތަކަށް ބޭނުންކުރުމަށް އެންގުމުގެ ބާރު މަނިޓަރީ އޮތޯރިޓީއަށް ލިބިދޭކަމަށް ބުނާ އެއްވެސް މާއްދާއެއް އެ ގާނޫނަކު ނެތެވެ. އަމުދުން ހަވާލާދީފައިވާ މާއްދާތަކުގައިވެސް އެފަދަ ވާހަކައެއް ނެތެވެ.

ގާނޫނުއަސާސީގެ 19 ވަނަ މާއްދާގައި ބުނެފައި އޮތީ "އިސްލާމީޝަރީއަތުގައި ނުވަތަ ގާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެ ކަމެއްކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެން ވެ އެވެ. އަދި ގާނޫނަކުން ހުއްދަ ލިބިގެންމެނުވީ އެއްވެސް މީހަކު ކުރާ އެއްވެސް ކަމަކަށް ހަމަ އެކަކުވިޔަސް ހުރަސްއަޅައި ހުއްޓުވައިގެނެއް ނުވާނެ އެވެ." މިހެންނެވެ. ގާނޫނުއަސާސީގެ 64 ވަނަ މާއްދާގައި ބުނެފައި އޮތީ ގާނޫނަކުން ބާރުލިބިގެން މެނުވީ ދައުލަތުގެ އެއްވެސް މުވައްޒަފަކު، އެއްވެސް މީހަކަށް އަމުރެއް ކޮށްގެނެއް ނުވާނެކަމަށާއި، އަދި ޣައިރު ގާނޫނީ އެއްވެސް އަމުރަކަށް ތަބާނުވުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެން ވާކަމަށެވެ.

ގާނޫނުއަސާސީގެ މި މާއްދާތަކަށް ބެލުމުން ސާފުވެގެންދާ ކަމަކީ، ދިވެހިރާއްޖޭގައި ގާނޫނަކުން މަނާކޮށްފައި ނުވާ ހަމަ ކޮންމެ ކަމެއް ކުޅައުމުގެ އިހުތިޔާރު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާކަމެވެ. އަދި ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށްވެސް އެއްވެސް މީހަކަށް އަމުރެއް ކުރެވޭނީ ގާނޫނަކުން އެކަން ހުއްދަކުރާނަމަ ކަމެވެ.

ދެން އޮތީ ގަވާއިދުތަކުގެ ގާނޫނީ ހައިސިއްޔަތެވެ. މިއީވެސް ގާނޫނުއަސާސީން އަޅާނުލައި ދޫކޮށްލި ކަމެއް ނޫނެވެ. މިކަމާ ގުޅޭގޮތުން ގާނޫނުއަސާސީގައި އޮތީ " ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ބާރުލިބިގެން ހަދާ ގަވާއިދަކީ ގާނޫނުން ބާރު ލިބިފައިވާ، އަދި ގާނޫނީ ބާރާއެކު ތަންފީޒުކުރެވޭނޭ އެއްޗެކެވެ. އަދި ރައްޔިތުން އެ މައްޗަށް އަމަލުކުރާންޖެހޭ އެންމެހައި ގަވާއިދުތަކަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން އެ ގަވާއިދުތައް ހެދުމުގެ ބާރު ލިބިގެން ހަދާ ގަވާއިދުތަކަކަށް ވާންވާނެއެވެ." މިހެންނެވެ.

ގާނޫނުއަސާސީގެ އިސްވެ މި ބަޔާންކުރެވުނު މާއްދާތަކަށް ބަލާއިރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އެކުލަވާލާފައިވާ ބޭރު ފައިސާއާބެހޭ ގަވާއިދަށް ގާނޫނީ ހައިސިއްޔަތު ލިބެނީ، އެ ގަވާއިދަކީ ގާނޫނީ ބާރު ލިބިގެން ހަދާފައިވާ ގަވާއިދަކަށްވާނަމަ ކަން ސާފުވެ އެވެ. އެ ގަވާއިދަށް ގާނޫނީ ބާރު ލިބޭނީ އެ ގަވާއިދަކީ ގާނޫނާ އެއްގޮތަށް ހަދާފައި އޮތް ގަވާއިދަކަށް ވީނަމަ އެވެ.

ގަވާއިދު ނަންބަރު 2024/R-91 (ބޭރު ފައިސާއާބެހޭ ގަވާއިދު) އެއޮތީ އެވެ. އެ ގަވާއިދަށް ގާނޫނީ ބާރު ލިބޭކަމަށް އެ ބުނާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގެ 24 ވަނަ މާއްދާއާއި 38 ވަނަ މާއްދާވެސް އެއޮތީ އެވެ. ހިތުގައި ސުވާލެއް އުފެދޭނަމަ އެ މާއްދާތައް ބެއްލެވުމަށްފަހު އެ ގަވާއިދު ވިދާޅުވާށެވެ. މިކަމާ ޒުވާބެއް ދޭން ޖެހޭނީ 'ގޫހަރި' އެވެ.

ބަހުގެ ރަދީފުގައި 'ހަރި' އަކީ ގަދަ ޒުވާބެވެ. މިއީ ދެކުނުގެ އަތޮޅުތަކުގެ ބަހުރުވަތަކުގައި ބޭނުންކޮށް އުޅޭ ބަހެކެވެ. ހަރިޖެހުމަކީ ދެމީހަކު ކަމަކާމެދު ދެކޮޅަށް ދަލީލު ދެއްކުމާއެކު އެ މީހެއްގެ ބަސް ގަދަކުރުމުގެ ގޮތުން ވާހަކަ ދެއްކުމެވެ. ރަދީފުގައި އޮތް ގޮތުން 'ގޫހަރިޖެހުން' އެއީ މާނައެއް ނެތް ޒުވާބު ކުރުމެވެ. އެހެންނަމަވެސް ދެކުނު އަތޮޅުތަކުގައި އެ ބަސް ބޭނުންކޮށް އުޅޭ ގޮތަށް ބަލާއިރު އެއީ އެހައި ލުއި މާނައެއް ދެވޭ ވަރަށްވުރެ މާ ބަރު ލަފުޒެކެވެ. ގުޔަކީ ބޮޑުކަމު ނަޖިހެވެ. މާނައެއް ނެތް ކޮންމެކޮންމެ ޒުވާބެއް އެއީ އަދި ގޫހަރިޖެހުމަކަށް ނުވެ އެވެ. ގޫހަރިއަށް ވަނީ މާނައެއް ނެތް ޒުވާބުތަކުގެ ތެރެއިންވެސް އަދި ދަރަޖައެއް މަތިވީމަ އެވެ. ގާނޫނީ ހައިސިއްޔަތު ލިބިނެތް ގަވާއިދެއް ތަންފީޒުކުރާނޭ ކަމަށް ގަދަބަސް ބުނުމަކީ ގޫހަރިޖެހުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox