އަޔަލެންޑް ބަލިކޮށް އިންގްލެންޑް ނޭޝަންސް ލީގު އޭ އަށް ޕްރޮމޯޓްވެއްޖެ

Nov 18, 2024, 5:31 AM
އަޔަލެންޑް ބަލިކޮށް އިންގްލެންޑް ނޭޝަންސް ލީގު އޭ އަށް ޕްރޮމޯޓްވެއްޖެ

ލަންޑަން (ނޮވެމްބަރު 18) - ޔުއެފާ ނޭޝަންސް ލީގުގެ ލީގު ބީގައި ރޭ އަޔަލެންޑް އަތުން 5-0 އިން މޮޅުވެ، އިންގްލެންޑުން ލީގު އޭ އަށް ޕްރޮމޯޓްވެއްޖެ އެވެ.

ލީގު ބީގެ ގްރޫޕް ތިނެއްގެ ހުރިހާ މެޗެއް ނިމުނުއިރު، އެއް ވަނަ އަށް ދިޔަ އިންގްލެންޑާއި ދެ ވަނައިގައި ނިންމި ގްރީސް އަށް ހަ މެޗުން ވަނީ 15 ޕޮއިންޓް ލިބިފަ އެވެ. ލަނޑުގެ ތަފާތުން އެއް ވަނަ ހޯދީ އިންގްލެންޑް އެވެ. އެއް ވަނަ ޓީމަށް ލީގު އޭގެ ސީދާ ޖާގައެއް ލިބޭއިރު، ދެ ވަނަ ޓީމު ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ.

މި ގްރޫޕުގެ ތިން ވަނަ ދިޔައީ، ހަ މެޗުން ހަ ޕޮއިންޓް ހޯދި އަޔަލެންޑް އެެވެ. ރޭ ގްރީސް އަތުން 2-0 އިން ބަލިވި ފިންލެންޑް ވަނީ ކުޅުނު ހަ މެޗުން ވެސް ބަލިވެ، ލީގު ސީ އަށް ރެލިގޭޓްވެފަ އެވެ.

އިންގްލެންޑަށް ރޭގެ މެޗުގައި ލީޑުނަގައިދިނީ ހެރީ ކޭންގެ ޕެނަލްޓީންނެވެ. ދެން ގޯލު ޖެހި ހަތަރު ކުޅުންތެރިންނަކީ ވެސް ގައުމީ ޓީމަށް ފުރަތަމަ ގޯލު ޖަހައިދިން ކުޅުންތެރިންނެވެ. އެއީ، އެންތަނީ ގޯޑަން، ކޯނާ ގެލަގާ، ޖެރަޑް ބޮވެން އަދި ޓޭލާ ހާވުޑް ބެލިސް އެވެ. މި މެޗުގައި އިންގްލެންޑުން ހުރިހާ ލަނޑެއް ޖެހީ ވެސް އަޔަލެންޑްގެ ލިއަމް ސްކޭލްސް އަށް، 51 ވަނަ މިނިޓްގައި ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކި ފަހުންނެވެ.

މިއީ އިންގްލެންޑްގެ ވަގުތީ ކޯޗު ލީ ކާސްލީގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފަހު މެޗެވެ. ޖެނުއަރީ އެއް ވަނަ ދުވަހު އިންގްލެންޑާ ހަވާލުވާނީ ތޯމަސް ޓުޗެލް އެވެ.

ލީގު އޭ އަށް ދެން ޕްރޮމޯޓްވީ ނޯވޭ އެވެ. ނޯވޭ އިން ވަނީ ލީގު ބީގެ ގްރޫޕް ތިނެއްގެ އެއް ވަނަ ހޯދައިފަ އެވެ. އެއީ ހަ މެޗުން 13 ޕޮއިންޓާ އެކު އެވެ. އެ ގްރޫޕްގެ ދެ ވަނަ އަށް ދިޔަ އޮސްޓްރިއާ އަށް ހަ މެޗުން 11 ޕޮއިންޓް ލިބުނުއިރު، ތިން ވަނަ ދިޔަ ސްލޮވީނިއާ އަށް ހަ މެޗުން އަށް ޕޮއިންޓް ލިބުނެވެ. އަދި ފުލުގައި ނިންމި ކަޒަކްސްތާން އަށް ހަ މެޗުން އެއް ޕޮއިންޓް ލިބުނުއިރު، އެ ޓީމު ވަނީ ލީގު ސީ އަށް ރެލިގޭޓްްވެފަ އެވެ.

ނޯވޭ އިން ވަނީ އާލިން ބްރައުޓް ހާލަންޑްގެ ހެޓްރިކާ އެކު، 5-1 އިން ރޭ ކަޒަކްސްތާން ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox