އެމްއެމްއޭގެ އެގްޒެކެޓިވް ޑިރެކްޓަރަކު ދައުލަތާ ދެކޮޅަށް ވަކާލާތުކޮށްފި

އެމްއެމްއޭގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ނިޒާމު : އޭނާ ވަނީ މިއަދު ދައުލަތާ ދެކޮޅަށް ވަކާލާތުކޮށްފަ ---

އެމްއެމްއޭގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ނިޒާމު : އޭނާ ވަނީ މިއަދު ދައުލަތާ ދެކޮޅަށް ވަކާލާތުކޮށްފަ ---

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ނިޒާމު ދައުލަތާ ދެކޮޅަށް ވަކާލާތުކޮށްފި އެވެ.

އޭނާ ދައުލަތާ ދެކޮޅަށް ވަކާލާތު ކުރީ ދައުލަތު އަފާމީ މޯލްޑިވްސް ކިޔާ ކުންފުންޏަކާ ދެކޮޅަށް ހައި ކޯޓުގައި ހިނގަމުންދާ ދައުވާއެއްގަ އެވެ. އެ ދައުވާގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އަފަމީ މޯލްޑިވްސްގެ ވަކީލެއްގެ ގޮތުގައި ހުންނެވީ ނާޒިމް އެވެ.

އޮންލައިންކޮށް ބޭއްވި މި އަޑުއެހުމުގައި އޭނާ ބައިވެރިވެލެއްވީވެސް އެމްއެމްއޭ ހިންގާ އިމާރާތުގައި އިންނަވައިގެންނެވެ.

މި މައްސަލައަކީ އަފާމީ މޯލްޑިވްސްއަށް ސަރުކާރުން ދިން މަޝްރޫއަކާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ސިވިލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފުކޮށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ފަރާތުން އޭޖީ އޮފީހުން ހުށަހަޅާފައިވާ މައްސަލައެކެވެ.

މިއީ މި ފަހުން ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން، ދައުލަތާ ދެކޮޅަށް ވަކާލާތު ކުރުމާ ގުޅިގެން ފެންމަތިވި ފުރަތަމަ މައްސަލައެއް ނޫނެވެ.

އެގޮތުން، އެންވަޔަރަމަންޓް މިނިސްޓްރީގެ ނައިބު، މުހައްމަދު ރާގިބު އަހުމަދު އަދި ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) ދައުލަތުގެ އިދާރާއަކާ ދެކޮޅަށް ވަކާލާތު ކުރި މައްސަލަތަކެއް މި ފަހުން ފެންމަތިވި އެވެ.

އޭގެތެރެއިން ނައިބު ވަޒީރުގެ މައްސަލާގައި ހައި ކޯޓުން ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކޮށްފައި ހުރި ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ނިންމާފަ އެވެ. ނަމަވެސް މިއަދު ވަކާލާތު ކުރެއްވި ނިޒާމު ހުންނެވީ އެފަދަ މަގާމެއްގައެއް ނޫނެވެ.

ނިޒާމު ވަނީ މީގެ ކުރިން ހައި ކޯޓުގައިވެސް ވަޒީފާ އަދާކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox