ބެންކޮކުން ތިން ކިލޯގެ ޑްރަގާ އެކު ދިވެއްސަކު ހައްޔަރުކޮށްފި

ތައިލެންޑުން ހައްޔަރުކުރި ދިވެހި މީހާ ބިޑި އަޅުވާފައި: އޭނާ އަތުލައިގަތީ ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު -- ފޮޓޯ: ޕަތަޔާ ނިއުސް

ތައިލެންޑުން ހައްޔަރުކުރި ދިވެހި މީހާ ބިޑި އަޅުވާފައި: އޭނާ އަތުލައިގަތީ ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު -- ފޮޓޯ: ޕަތަޔާ ނިއުސް

ތައިލެންޑުގެ ބެންކޮކަށް ޕްރޮޓީން ސަޕްލިމެންޓް ފުޅިއެއްގައި ފޮރުވައިގެން ތިން ކިލޯގެ މެފްޑްރޯންއާ އެކު ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ތައިލެންޑުގެ ނޫސްތަކުން ބުނީ އިނގިރޭސިވިލާތުން ފޮނުވި އެ ސަޕްލިމެންޓް ފުޅި ބެންކޮކަށް އެތެރެކުރީ ކުރިއާ މެދުވެރިކޮށް ކަމަށާއި ދިވެހި މީހާ ހައްޔަރުކުރީ އޭތި ބަލައި ދިޔަ ވަގުތު ކަމަށެވެ.

ހައްޔަރުކުރި ދިވެހި މީހާގެ ނަމެއް މިހާތަނަށް ތައިލެންޑުގެ ފުލުހުން ހާމަ ކޮށްފައި ނުވާއިރު، ޑްރަގް ނެޓްވޯކުގައި ބައިވެރިވާ އިތުރު މީހުން ތިބިތޯ އަންނަނީ ބަލަމުންނެވެ.

މިދިޔަ ޖޫން މަހު ކޮފީ ކެޕްސިއުލްގައި ފޮރުވައިގެން ކުރިއާ މެދުވެރިކޮށް ޕޮލެންޑުން ބެންކޮކަށް އެތެރެ ކުރަން އުޅުނު 840 ގްރާމުގެ މެފްޑްރޯން ފުލުހުން އަތުލައިގަތެވެ. އެ މައްސަލައިގައި ހައްޔަރުކުރީ ރަޝިއާ މީހެކެވެ.

އެ މައްސަލައިގެ ތަހުގީގުގައި އިތުރު ބާވަތްތަކުގެ މަސްތުވާތަކެތި ވެސް ވަނީ އަތުލައިގަނެފަ އެވެ. އޭގެ ތެރޭގައި އެމްޑީއެމްއޭ، އެކްސްޓަސީ، ކޮކެއިން، ކެޓަމިންގެ އިތުރުން އެހެން ބާވަތްތައް ހިމެނެ އެވެ.

ބެންކޮކަކީ ގިނަ އަދަދެއްގެ ދިވެހިން ޗުއްޓީ ހޭދަ ކުރުމަށް ދާ ގައުމެކެވެ. އެ ގައުމުގައި ދިވެހިން ކުށް ކުރާ ނިސްބަތް ފަހަކަށް އައިސް ދަނީ އިތުރު ވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox