އިންތިހާބަށް ފަހު ޔާމީނު ދޫކޮށްލަން ރައީސް މުއިއްޒު އަދި އަބްދުއްރަހީމް ވެސް އެދިފައި ނުވޭ: ސޯލިހު

ރިޔާސީ އިންތިހާބަށްފަހު ކުރީގެ ރައިސް އިބްރާހިމް މުހައްމަދު ސޯލިހު، ރައީސް މުއިއްޒު އާ ބައްދަލުކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

ރިޔާސީ އިންތިހާބަށްފަހު ކުރީގެ ރައިސް އިބްރާހިމް މުހައްމަދު ސޯލިހު، ރައީސް މުއިއްޒު އާ ބައްދަލުކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

މިދިޔަ އަހަރު ސެޕްޓެމްބަރު 30، ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވުމަށްފަހު އޭރު ޕީއެންސީ ކޯލިޝަނުގެ ލީޑަރުގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނު، ޖަލުން ގެއަށް ބަދަލުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިނުލައްވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ސޯލިހު މިހެން ވިދާޅުވީ، އިންތިހާބަށްފަހު ޔާމީނު ގެއަށް ބަދަލުކުރީ ރައީސް މުއިއްޒުގެ އެދިލެއްވުމަށް ކަމަށް ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވެފައި ވަނިކޮށެވެ. ޔާމީނު ވަނީ އެކަން ދޮގުކުރައްވާ، ގެއަށް ބަދަލުކުރީ ސޯލިހު ކަމަށް މި ފަހުން ވިދާޅުވެފަ އެވެ.

އެގޮތުން އިންތިހާބު އޮތް ރޭ ކުރެއްވި ފޯނު ކޯލާއި ޖެހިގެން އައި ދުވަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައިވެސް އެފަދަ ވާހަކައެއް ރައީސް މުއިއްޒު ނުދައްކަވާ ކަމަށް ސޯލިހު ވިދާޅުވި އެވެ. ބައްދަލުވުމުގައި ރައީސް އާއެކު ބައިވެރިވުމަށް ވަޑައިގެންނެވި މިހާރު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ޔާމީނު ގެއަށް ބަދަލުކުރުމަށް އެދިނުލައްވާ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ފޯނު ކޯލު އަޑުއިވުނު އަދި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ނަންތައް ހާމަކުރައްވާ ސޯލިހު ވިދާޅުވީ އެ ފޯނުން އަދި ރައީސް އޮފީހުގައި ވެސް އެމަނިކުފާނު ރައީސް މުއިއްޒުއަށް މަރުހަބާ ދެންނެވި ކަމަށެވެ. އަދި އިންތިހާބުގެ އިންތިޒާމުތަކާއި ބާރުތައް ބަދަލުކުރުމަށް ދެއްވާ އެއްބާރުލެއްވުމަށް ރައީސް މުއިއްޒު، ސޯލިހަށް ޝުކުރު ދެންނެވި ކަމަށްވެ އެވެ.

"އަޅުގަނޑު އެހެން ދެންވީމަ ހައިރާންކަމެއް އެ ދެ ބޭފުޅުންނަށް ލިބުނު. އަޅުގަނޑަށް ހަމަ ޔަގީންވި އޭރު އެބޭފުޅުންނަށް އެނގިވަޑައިނުގަންނަވާކަން. ނުވެސް އެނގޭނެ، އެނގޭތޯ."

އަދި، ޔާމީނު ގެއަށް ބަދަލުކުރަން ނިންމިކަން ސޯލިހު، ރައީސްގެ އަރިހުގައި ދެންނެވީ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ކަމަށާއި އޭރު އެ ނިންމެވުމުގެ މައުލޫމާތު ވެސް ރައީސަށް އެނގިނުލައްވާނެ ކަމަށްވެސް ސޯލިހު މިއަދު ވިދާޅުވި އެވެ.

"އެއީ އެއްވެސް ހާލެއްގަ [އޭރުގެ] އިންތިހާބީ ރައީސް އެދިވަޑައިގަންނަވައިގެން އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެދިވަޑައިގަންނަވައިގެން ކުރި ކަމެއް ނޫން."

ސޯލިހު ވިދާޅުވި ގޮތުގައި، ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމަށްފަހު ޔާމީނު މިހާރު މާލެ ވަޑައިގަތުމަށް ލޯންޗުގައި އިންނެވި ކަމާއި މަރުހަބާ ދަންނަވަން ވަޑައިގަންނަވަން ވާނެ ކަމަށް ރައީސާއި އަބްދުއްރަހީމުގެ އަރިހުގައި އެމަނިކުފާނުދެންނެވި އެވެ.

އިންތިހާބީ ރައީސްގެ ގޮތުގައި ހުންނަވާ، ރައީސް މުއިއްޒު ސޯލިހުއާ ބައްދަލުކުރެއްވީ އޮކްޓޯބަރު 1، 2023 ގެ މެންދުރު ފަހު އެވެ. ޔާމީނު ގެއަށް ބަދަލުކުރީ އެ ދުވަހު ހަވީރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox