މި ވެރިކަމަށް އަހަރެއްވީއިރު ރައްޔިތުންނަށް އެއްވެސް ކަމެއް ނުކޮށްދެވޭ: އައްބާސް

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް : އޭނާ ވިދާޅުވީ މި ވެރިކަމަށް އަހަރެއްވީއިރު ރައްޔިތުންނަށް އެއްކަމެއްވެސް ނުކޮށްދެވޭ ކަމަށް --- ފޮޓޯ: މަޖިލިސް އިދާރާ

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް : އޭނާ ވިދާޅުވީ މި ވެރިކަމަށް އަހަރެއްވީއިރު ރައްޔިތުންނަށް އެއްކަމެއްވެސް ނުކޮށްދެވޭ ކަމަށް --- ފޮޓޯ: މަޖިލިސް އިދާރާ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް އަހަރެއްވީއިރު ރައްޔިތުންނަށް އެއްވެސް ކަމެއް ނުކޮށްދެވޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، ވެރިކަމުގެ އެއް އަހަރު ނިމުނުއިރު ރައްޔިތުންނަށާއި ގައުމަށް އެއްކަމެއް ވެސް ނުކޮށްދެވޭ ކަމަށެވެ. އަދި ޓެކްސް ދައްކަން ތިބި މީހުންނާ ދެކޮޅަށް ގަދަކަން ދައްކަނީ ރާއްޖެ ފިޔަވާ ދުނިޔޭގެ ކޮން ގައުމަކުންތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

ސަރުކާރާއެކު މަސައްކަތް ކުރާ އެމްޑީއޭގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އައްބާސް ވަނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ސަރުކާރަށް ފާޑުވިދާޅުވެ އެފަދަ އެތައް ޕޯސްޓެއް ކުރައްވައިފަ އެވެ.

ރައީސް މުއިއްޒަކީ ބޮޑާ، ކިބުރުވެރިއެއްގެ ގޮތުގައި ސިފަކުރައްވައި އެމަނިކުފާނުގެ ވައުދުތައް ނުފުއްދުމަކީ ރައްޔިތުންނާއި ޓެކްސް ދައްކާ މީހުންނާ ޖެއްސުމަށް ލިބޭ ހުއްޖަތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

"ތިމަން މަނިކުފާނު މިހުރީ ރައްޔިތުންގެ ފަޅީގައި ކަމަށް ބުނެ ރައްޔިތުން ބަނޑަށް ޖެހޭނެހާ ކަމެއް ކޮށް. ވިޔަފާރިވެރިންތައް އިނދ ޖައްސާލުން ނޫން ކަމެއް ނުކުރޭ. ރައްޔިތުންގެ ޓެކްސް ފައިސާއިން ހުއްޓުމެއް ނެތި ބޮޑެތި ވައްކަންތައް ކުރަމިން ދާއިރު ރައްޔިތުން އިންތިހާބުކުރި މެންބަރުން މަންމަނު ވެފަ ތިބުމަކީ ގައުމަށް ގައްދާރުވުން،" އައްބާސް ލިޔުއްވާފައިވެ އެވެ.

މީގެ އިތުރުން, ރައްޔިތުން, މަޖިލީހަށް މެންބަރުން އިންތިހާބުކުރީ އެކަކުގެ މުށުތެރެއަށް ހުރިހާ ބާރެއް ގެންގޮސް ހުދުމުހުތާރު ވެރިކަމެއް ކުރުމުގެ ފުރުސަތު ދޭން ނޫންކަން މަޖިލިސް މެންބަރުން ވިސްނަން ޖެހޭ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

ސަރުކާރާމެދު ނުރުހުން ފާޅުކޮށް އައްބާސް ޕޯސްޓުތަކެއް ކުރައްވަމުން ގެންދަވާއިރު އޭނާގެ ދަރިފުޅު ހިމެނޭ ގޮތަށް މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ އިސް އޮފިޝަލުންތަކެއް ސަރުކާރުން ވަނީ ސެޕްޓެމްބަރު 26، ގައި މަގާމުން ވަކިކޮށްފަ އެވެ.

އެމްޑީއޭއަކީ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސިޔާސީ ޕާޓީ އެވެ. އެ ޕާޓީން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއެކު ދަނީ މަސައްކަތް ކުރަމުންނެވެ. މިދިޔަ އަހަރު އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީއޭއިން ތާއީދުކުރީ ޕީއެންސީއަށެވެ. އެއާއެކު ރައީސް މުއިއްޒު އެކުލަވާލި ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުން ފެށިގެން އެމްޑީއޭގެ މެންބަރުންނަށް ވަނީ މަގާމުތައް ދީފަ އެވެ.

އެ ޕާޓީގެ "ސްލޮޓު" ތަކުގައި ތިބި ސިޔާސީ މުވައްޒަފުންތަކެއް ވަކިކުރަން ސަރުކާރުން ނިންމާފައި މިވަނީ 2028 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ސިޔާމް ނިންމަވާފައިވަނިކޮށެވެ. އެ ވާހަކަ މި ނޫހުން ރިޕޯޓު ކޮށްފައިވާނީ ސެޕްޓެމްބަރު 19، ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox