ހުލާސާކޮށް އިއްޔެ: ނަޝީދު އާއި މަންސޫރު ވެސް ޑޮލަރު މާރުކުރަން މަޖުބޫރުކުރާ ސިޔާސަތާ ދެކޮޅު

Nov 16, 2024, 12:55 AM
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އެސްޓީއޯގެ ޗެއާމަން އާމިރު މަންސޫރު

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އެސްޓީއޯގެ ޗެއާމަން އާމިރު މަންސޫރު

ސަރުކާރުން ބޭނުންވާ ގޮތަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް ޑޮލަރު މާރުކުރަން މަޖުބޫރު ކުރާ ސިޔާސަތާ، ކުރީގެ ރައީސް މުހައްމަދު ނަޝިދު އަދި އެސްޓީއޯގެ ޗެއާމަންގެ މަގާމުގައި ހުންނެވި މަޝްހޫރު ވިޔަފާރިވެރިޔާ އާމިރު މަންސޫރު ވެސް ދެކޮޅުކަން އިއްޔެ ހާމަކުރައްވައިފި އެވެ.

ނަޝީދު ވިދާޅުވީ މީހުންގެ އަމިއްލަ ފައިސާ އާމެދު އަމަލު ކުރަންވީ ގޮތް ސަރުކާރަކަށް ނުނިންމޭނެ ކަމަށާއި ޓެކްސް ދެއްކުމަށްފަހު ބާކީ ހުންނަ ފައިސާ ބަހައްޓާނެ ތަނަކާއި ހަރަދު ކުރާނެ ގޮތެއް ނިންމުމުގެ ހައްގު ރިސޯޓު ހިންގާ މީހުންނަށް އޮންނަންޖެހޭނެ ކަމަށެވެ.

ރިސޯޓުތަކާއި ސަފާރި ވިޔަފާރީގައި ވެސް ހަރަކާތްތެރިވާ އާމިރުގެ މި އުދާސްތައް ބަންޑުންކޮށްލެއްވީ ޓޫރިޒަމް ވިޔަފާރިވެރިން ތިބޭ ގްރޫޕެއްގަ އެވެ. އެ ގްރޫޕުގައި އޭނާ ދެއްކި ވާހަކަތަކުގެ ސްކްރީންޝޮޓުތައް އާންމުވެފައިވާއިރު، "އަދަދު" އަށް ވެސް ވަނީ އެ ސްކްރީންޝޮޓުތައް ލިބިފަ އެވެ.

ރިސޯޓު ހިންގާ ފަރާތްތަކުން އެކުއިޒިޝަން ކޮސްޓާއި ޓީޖީއެސްޓީ އާއި އާމްދަނީގެ ޓެކްސްގެ އިތުރުން ބިމު ކުލި ވެސް ވިޔަފާރިވެރިން ދައްކާ ކަމަށާއި، އޭގެ ބަދަލުގައި ސަރުކާރުން ދެނީ "ސުމެއް" ކަމަށް އާމިރު ފާހަގަ ކުރެއްވި އެވެ. އަދި ވިޔަފާރިކުރަނީ ސިޔާސީ ލޯނު ދައްކަން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox