ވޮލީ ހުސެން އަށް ގާތްގާތުގައި އިންޓަނޭޝަނަލް ތިން މުބާރާތް

Nov 15, 2024, 6:32 AM
ވޮލީ ހުސެން އަށް ގާތްގާތުގައި އިންޓަނޭޝަނަލް ތިން މުބާރާތް

ރާއްޖޭގެ އިންޓަނޭޝަނަލް ބީޗްވޮލީ ރެފްރީ، ހުސައިން މުހައްމަދު (ވޮލީ ހުސެން) އަށް ގާތްގާތުގައި އިންޓަނޭޝަނަލް ތިން މުބާރާތެއްގައި އިންސާފުކުރުމުގެ ފުރުސަތު ލިބިގެންގޮސްފި އެވެ.

އެ ގޮތުން، ހުސެން ވަނީ މި މަހުގެ 5-10 އަށް އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އިން ދިން ފުރުސަތެއްގައި ފިލިޕީންސްގެ ނުވާއީގައި ކުރިއަށްދިޔަ އޭޝިއަން ސީނިއާ ޗެމްޕިއަންޝިޕްގައި ނިއުޓްރަލް ރެފްރީއަކަށް މަސައްކަތްކޮށްފަ އެެވެ. ހުސެން، މި ވަގުތު ޗައިނާގެ ހައިކޫގައި ހުރީ، ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން، އެފްއައިވީބީން ދިން ފުރުސަތެއްގައި، ނިއުޓްރަލް ރެފްރީއެއްގެ ގޮތުގައި، އެފްއައިވީބީ ބީޕީޓީ ޗެލެންޖް މުބާރާތުގެ ނިއުޓްރަލް ރެފްރީ އަކަށެވެ. އެއީ، މި މަހު 13 އިން ފެށިގެން، 17 އަށް ކުރިއަށްދާ މުބާރާތެކެވެ.

ހުސެން އަށް ދެން އޮތް މުބާރާތަކީ، މި މަހު، 21-24 އަށް އިންޑިއާގެ ޗެންނާއީގައި ކުރިއަށްދާ އެފްއައިވީބީ ބީޕީޓީ ޗެެލެންޖް މުބާރާތެކެވެ. އެ މުބާރާތުގައި ހުސެން މަސައްކަތް ކުރާނީ އެފްއައިވީބީން ދިން ފުރުސަތެއްގައި، ނިއުޓްރަލް ރެފްރީ އަކަށެވެ.

Advertisement

މި އަހަރު ހުސެން ވަނީ، މީގެ ކުރިން ދެ މުބާރާތެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ، ސެޕްޓެމްބަރު މަހު، ޗައިނާގެ ޝަންލޫގައި ކުރިއަށްދިޔަ، އެފްއައިވީބީ 19 އަހަރުން ދަށުގެ މުބާރާތުގައި ނިއުޓްރަލް ރެފްރީއެއްގެ ގޮތުގަޔާއި ރެފްރީ ޑެލިގޭޓެއްގެ ގޮތުގައި، އޮގަސްޓް މަހު، ބޫޓާންގައި ކުރިއަށްދިޔަ، ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ބީޗްވޮލީ މުބާރާތުގަ އެވެ.

މީގެ އިތުރުން، ޖުލައި މަހު، ލަންކާގައި ކާވާ އިން ބޭއްވި ބީޗްވޮލީބޯލް އިންސްޓްރަކްޓާ ކޯހެއްގައި ހުސެން ވަނީ ކިޔަވައިދީފަ އެވެ. މިއީ، ކާވާ އިން ދިން ފުރުސަތެކެވެ.

އެފްއައިވީބީން ބިޗް ވޮލީ ރެފްރީން ގިންތި ކޮށްފައި އޮންނަނީ ކެންޑިޑޭޓް ލެވަލުން ފެށިގެން، ގްރޭޑް ޑީ، ސީ، ބީ އަދި އޭ އެވެ. ހުސެން، 2012 ވަނަ އަހަރު ބެންކޮކުގައި ބީޗް ރެފްރީ ކޯސް ހެއްދެވުމަށް ފަހު ދެ އަހަރު ހޭދަކުރެއްވީ އެކްރެޑިޓް މެޗުތައް ހަމަކުރުމަށެވެ. އެއީ، ކެންޑިޑޭޓް ލެވަލްގަ އެވެ. އޭނާ ޑީ އަށް ޕްރޮމޯޓްވީ 2014 ވަނަ އަހަރު އެވެ. ހުސެން ވަނީ، ބީޗް ރެފްރީންގެ ލެވަލްގެ ދެ ހަރުފަތް ކަނޑަތުކޮށްފަ އެވެ. ހުސެން، މިދިޔަ އަަހަރު ވަނީ ބޮޑު ކުރިއެރުމެއް ހޯދައި، ސީ ކެޓަގަރީ އަށް ޕްރޮމޯޓްވެފަ އެވެ.

މިދިޔަ ސަރުކާރުގައި، މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވާފައިވާ، ވޮލީބޯލް އެސޯސިއޭޝަންގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ، ހުސެން އަށް މިދިޔަ އަހަރު، އެފްއައިވީބީ ބީޗްޓުއާގެ ތިން މުބާރާތެއްގައި ރެފްރީކަން ކުރަން ފުރުސަތު ލިބުނެވެ. އެއީ، ފިލިޕީންސްގެ ނުވާލީ އާއި ތައިލެންޑްގެ ޝިއަން މާއީ އަދި އިންޑިއާގެ ގޯއާގައި ކުރިއަށްދިޔަ މުބާރާތްތަކުގަ އެވެ. މިދިޔަ އަަހަރު ރާއްޖޭގައި ބާއްވަން އޮތް ބީޗްވޮލީ ޓުއާ މުބާރާތަށް ވެސް ހުސެން އަށް ނޮމިނޭޝަން ލިބުނެވެ. އެކަމަކު، އެ މުބާރާތް ވީ ކެންސަލް އެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ އޭވީސީ ސެންޓްރަލް ޒޯންގެ ކޮންޓިނެންޓަލް ކަޕްގައި ވެސް ހުސެން ވަނީ އިންސާފުކޮށްފަ އެވެ. އެއީ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އިން ދިން ފުރުސަތެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން ޕޮޗެޓީނޯއާ އެކު ނުކުތް ޔުނައިޓެޑް ބަލިކޮށްފި

މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗުކަމުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން 4-0 ގެ ބޮޑު ތަފާތަކުން ލިވަޕޫލް އަތުން ބަލިވެއްޖެއެވެ. މެޗުގެ ކުރީކޮޅު ޔުނައިޓެޑްގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި ލިވަޕޫލްގެ ލަނޑުތައް ޖަހައިދިނީ ސޮބޯސްލާއި، ވާޓްޒް، އެންގުމޯހާ އަދި މުނޯޒްއެވެ.

ނިއު ބަލިކޮށް ވިކްޓަރީން ލީގުގެ އެއް ވަނައިގައި ލީޑުފުޅާކޮށްފި

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް 2-1 އިން ބަލިކޮށް، ވިކްޓަރީން ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުން ބަލިވުމާއެކު ލީގުގައި ނިއުގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، ވިކްޓަރީ އަކީ މިވަގުތު ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމު

މާޒިޔާ އަތުން ނިއު އަށް ފަސް ގޯލުގެ މޮޅެއް

އެފްއޭއެމް ވިމެންސް ލީގުގައި މިއަދު ކުޅުނު މެޗުން ނިއު ރޭޑިއަންޓުން 5-0 ގެ ބޮޑު ތަފާތަކުން މާޒިޔާ ބަލިކޮށް، ތިން މެޗުން މޮޅުވެ ތާވަލުގެ އެއްވަނަ ކަށަވަރުކޮށްފި. މި މެޗުގައި ނިއުގެ ސަބީނާ ކަތުން އާއި މަރިޔަމް ނޫރާ ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު، މިއީ މިދިޔަ އަހަރުގެ ޗެމްޕިއަން މާޒިޔާ މި މުބާރާތުގައި ބަލިވި ފުރަތަމަ މެޗު

ފަހަތުން އަރައި މޮޅުވެ ބާސެލޯނާ އިން އެއް ވަނަ ދިފާއުކޮށްފި

ސްޕެނިޝް ލީގުގައި ވިޔަރެއާލް އަތުން 3-2 އިން މޮޅުވެ، ބާސެލޯނާ އިން ތާވަލުގެ އެއްވަނަ މަގާމު ދިފާއުކޮށްފިއެވެ. މެޗުގެ ކުރީކޮޅު ވިޔަރެއާލުން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ބާސެލޯނާ އިން މެޗު ކާމިޔާބުކުރީ ދެވަނަ ހާފުގެ 10 މިނިޓް ތެރޭގައި ތިން ލަނޑު ޖަހައިގެންނެވެ.

ޓީސީ ބަލިކޮށް އޮޑި ހަތަރު ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، އޮޑި ސްޕޯޓްސް ކްލަބް ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފި ޓީސީން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އޮޑިން މެޗު ކާމިޔާބުކުރީ ހަޑްސަން ޑިއާޒް ޖެހި ދެ ގޯލާއި ކެޕްޓަން އިބްރާހިމް ވަހީދު ހަސަން (އިއްބެ) ޖެހި ލަނޑުން

އިންޑިއާ ފުޓްބޯޅަ ރައީސް ޗޯބޭގެ ނުސީދާ ރައްދެއް ބުޓިއާ އަށް

އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކަލްޔާން ޗޯބޭގެ އިސްތިއުފާ އަށް އެދި ބައިޗުން ބުޓިއާ އިސްވެ ހުރެ ޝަކުވާ ހުށަހެޅުމުން، ޗޯބޭ ވަނީ އެކަމަށް ނުސީދާ ރައްދެއް ދެއްވާފައި . ޗޯބޭ ވިދާޅުވީ ފުޓްބޯޅަ ކުރިއަރުވަން މަސައްކަތް ކުރާއިރު ޒިންމާދާރު ގޮތެއްގައި ފާޑުކިޔަންޖެހޭނެ ކަމަށާއި، ފެޑެރޭޝަނުގެ ލީޑަޝިޕްގައި ތިބި އެންމެން ވެސް ޖަވާބުދާރީވާން ޖެހޭނެ ކަމަށް

މުސިއާލާގެ ވާހަަކަ ބަޔާންގެ ވެރިން ދެއްކި ގޮތް ކަމަކުނުދިޔަ

ބަޔާން މިއުނިކްގެ މިޑްފީލްޑަރު ޖަމާލް މުސިއާލާއަށް ނާރުގެ ބައްޔެއް ޖެހިފައިވަނިކޮށް، އޭނާގެ ކޮންޓްރެކްޓާ މެދު އެ ކްލަބުގެ އިސްވެރިން ދެއްކެވި ޒިންމާދާރުކަން ކުޑަ ވާހަކަތަކަށް ފިފްޕްރޯ އިން ފާޑުކިޔައިފިއެވެ. އެ ޖަމިއްޔާއިން ބުނީ ބަލި ހާލަތެއްގައި ހުރި ކުޅުންތެރިއެއްގެ މުސްތަގުބަލާ މެދު ވާހަކަދެއްކުމުގައި ބަޔާނުން މިއަށްވުރެ ބޮޑަށް ސިއްހީ ހާލަތަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox