ދުނިޔޭގެ 19 އަހަރުން ދަށުގެ ބީޗްވޮލީ މުބާރާތުގެ ރެފްރީއަކަށް ރާއްޖޭގެ ހުސެން

ރާއްޖޭގައި ކުރިއަށްދިޔަ އެފްއައިވީބީ ބީޗްވޮލީބޯޅަ މުބާާރާތުގެ ތެރެއިން ހުސެއިން.--- ފޮޓޯ: އަދަދު

ރާއްޖޭގައި ކުރިއަށްދިޔަ އެފްއައިވީބީ ބީޗްވޮލީބޯޅަ މުބާާރާތުގެ ތެރެއިން ހުސެއިން.--- ފޮޓޯ: އަދަދު

ރާއްޖޭގެ އިންޓަނޭޝަނަލް ބީޗްވޮލީ ރެފްރީ، ހުސައިން މުހައްމަދު (ވޮލީ ހުސެން) އަށް، މި އަހަރު ޗައިނާގައި ކުރިއަށްދާ އެފްއައިވީބީ 19 އަހަރުން ދަށުގެ ބީޗްވޮލީބޯޅަ މުބާރާތުގައި ރެފްރީކަން ކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.

މި މުބާރާތުގެ ފުރުސަތާ އެކު، ހުސެން އަށް މި ވަނީ ދުނިޔޭގެ މަތީ ފަންތީގެ ރެފްރީންނާ އެކު އިތުރު މުބާރާތެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިފަ އެވެ.

އެ ގޮތުން، ހުސެން އަށް އެފްއައިވީބީ 19 އަހަރުން ދަށުގެ މުބާރާތުގެ ފުރުސަތު ލިބުނީ، ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން، އެފްއައިވީބީގެ ނޮމިނޭޝަނަކުންނެވެ.

ނަވާރަ އަހަރުން ދަށުގެ ބީޗްވޮލީބޯޅަ މުބާރާތް އޮތީ އަންނަ އޮގަސްޓް މަހު، 27 އިން ސެޕްޓެމްބަރު 1 އަށް ޗައިނާގެ ޝަންގްލޫގަ އެވެ.

މިދިޔަ ސަރުކާރުގައި، މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވާފައިވާ، ހުސެން އަށް ދެން މި އަހަރު ފުރުސަތު ލިބިފައިވަނީ އެފްއައިވީބީ ބީޗް ޓުއާ މުބާރާތަކުންނެވެ. އެއީ، ނޮވެމްބަރު މަހު ޗައިނާގެ ހައިކޫގައި އޮތް މުބާރާތަކުންނެވެ. އެއީ ވެސް، ދުނިޔޭގެ ފެޑެރޭޝަންގެ ނޮމިނޭޝަނަކުން ލިބުނު ފުރުސަތެކެވެ.

މިދިޔަ އަހަރު، ހުސެން ވަނީ އެފްއައިވީބީ ބީޗްޓުއާގެ ތިން މުބާރާތެއްގައި ރެފްރީކަން ކޮށްފަ އެވެ. އެއީ، ފިލިޕީންސްގެ ނުވާލީ އާއި ތައިލެންޑްގެ ޝިއަން މާއީ އަދި އިންޑިއާގެ ގޯއާގައި ކުރިއަށްދިޔަ މުބާރާތްތަކުގަ އެވެ. މިދިޔަ އަަހަރު ރާއްޖޭގައި ބާއްވަން އޮތް ބީޗްވޮލީ ޓުއާ މުބާރާތަށް ވެސް ހުސެން އަށް ނޮމިނޭޝަން ލިބުނެވެ. އެކަމަކު، އެ މުބާރާތް ވީ ކެންސަލް އެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ އޭވީސީ ސެންޓްރަލް ޒޯންގެ ކޮންޓިނެންޓަލް ކަޕްގައި ވެސް ހުސެން ވަނީ އިންސާފުކޮށްފަ އެވެ. އެއީ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އިން ދިން ފުރުސަތެއްގަ އެވެ.

އެފްއައިވީބީން ބިޗް ވޮލީ ރެފްރީން ގިންތި ކޮށްފައި އޮންނަނީ ކެންޑިޑޭޓް ލެވަލުން ފެށިގެން، ގްރޭޑް ޑީ، ސީ، ބީ އަދި އޭ އެވެ. ހުސެން މި ވަނީ ދެ ހަރުފަތް ކަނޑަތުކޮށްފަ އެވެ. ހުސެން، މިދިޔަ އަަހަރު ވަނީ ބޮޑު ކުރިއެރުމެއް ހޯދައި، ސީ ކެޓަގަރީ އަށް ޕްރޮމޯޓްވެފަ އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރި ހުސެން، 2012 ވަނަ އަހަރު ބެންކޮކުގައި ބީޗް ރެފްރީ ކޯސް ހެއްދެވުމަށް ފަހު ދެ އަހަރު ހޭދަކުރެއްވީ އެކްރެޑިޓް މެޗުތައް ހަމަކުރުމަށެވެ. އެއި ކެންޑިޑޭޓް ލެވަލްގަ އެވެ. އޭނާ ޑީ އަށް ޕްރޮމޯޓްވީ 2014 ވަނަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox