ވެނެޒުއޭލާއާ ބްރެޒިލް އެއްވަރުވިއިރު، ޕެރަގުއޭ އިން އާޖެންޓީނާ ބަލިކޮށްފި

Nov 15, 2024, 5:11 AM
ވެނެޒުއޭލާއާ ބްރެޒިލް އެއްވަރުވިއިރު، ޕެރަގުއޭ އިން އާޖެންޓީނާ ބަލިކޮށްފި

އަސުންސިއޯން، ޕެރަގުއޭ (ނޮވެމްބަރު 15) - ފީފާ ވޯލްޑް ކަޕް ކޮލިފައިން ދެކުނު އެމެރިކާ ބުރުގައި ރޭ ވެނެޒުއޭލާ އާއި ބްރެޒިލް ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، ޕެރަަގުއާ އިން 2-1 އިން އާޖެންޓީނާ ބަލިކޮށްފި އެވެ.

މިއީ، މި ފަހަރުގެ ކޮލިފައިންގައި ބްރެޒިލުން ކުޅުނު 11 މެޗުގެ ތެރެއިން ޕޮއިންޓު ގެއްލުނު ހަ ވަނަ މެޗެެވެ.

ވެނެޒުއޭލާ ދަނޑުގައި ކުޅުނު މި މެޗުގައި ބްރެޒިލުން ލީޑުނެގީ މެޗުގެ 43 ވަނަ މިނިޓްގައި، ރަފީނިއާ ޖެހި ގޯލުންނެވެ. ރަފީނިއާ ކުޅުނީ ނޭމާގެ 10 ނަމްބަރު ޖޯޒީގަ އެވެ. ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރިއިރު، ނޭމާގެ ހަނދާންއާ ކުރި އެވެ.

ފުރަތަމަ ހާފު ލީޑުގައި އޮވެގެން ބްރެޒިލުން ނިންމާލި ނަމަވެސް ދެ ވަނަ ހާފު ފެށިގެން މިނިޓެއް ތެރޭ ވެނެޒުއޭލާ އިން އެއްވަރުކުރި އެވެ. މި ލަނޑު ޖެހީ ސެގޯވިއާ ޕެރޭޒް އެވެ.

މެޗުން މޮޅުވާން ބްރެޒިލަށް ޕެނަލްޓީއެއް ލިބުނެވެ. މެޗުގެ 62 ވަަނަ މިނިޓްގައި ވިނީޝިއުސް ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވެ، ރީބައުންސް ފުރުސަތުގައި ވެސް ގޯލަށް ބޯޅަ ފޮނުވާނުލެވުނެވެ.

ކޮލިފައިން އެއް ވަނައިގައި އޮތް އާޖެންޓީނާ އިން ރޭގެ މެޗުގެ 11 ވަަނަ މިނިޓްގައި ވަނީ ލަޓައުރޯ މާޓީނޭޒްގެ ގޯލުން ލީޑުނަގައިފަ އެވެ. އެކަމަކު، ލީޑުގައި އޮވެވުނީ އަށް ވަރަކަށް މިނިޓެވެ. މެޗުގެ 19 ވަނަ މިނިޓްގައިި، އެންޓޯނިއޯ ސަނާބްރިއާ ވަނީ ލަނޑެއް ޖަހައި އެއްވަރުކޮށްފަ އެވެ. ޕެރަގުއޭ މޮޅުވި ގޯލު ޖެހީ ދެ ވަނަ ހާފު ކުޅުން ފެށިގެން ދެ ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ އަލްޑެރޭޓޭ ފެނާންޑޭޒް އެވެ.

މިއީ، މި ފަހަރުގެ ކޮލިފައިންގައި އާޖެންޓީނާ އިން ކުޅުނު 11 މެޗުގެ ތެރެއިން ބަލިވި ހަތް ވަނަ މެޗެެވެ. އެ ޓީމު އެއް ވަނައިގައި އޮތީ 22 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ކޮލަމްބިއާ އަށް ވަނީ 19 ޕޮއިންޓް ލިބިފަ އެވެ. ކޮލަމްބިއާ ވަނީ ރޭ ކުޅުނު މެޗުގައި 4-0 އިން ޗިލީ ބަލިކޮށްފަ އެވެ. ބްރެޒިލް ތިން ވަނައިގައި އޮތީ 11 މެޗުން 17 ޕޮއިންޓް ހޯދައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox