ރެއާލުން ރާމޯސް ބޭނުމެއް ނުވި: ރިޕޯޓް

Nov 15, 2024, 4:51 AM
ރެއާލުން ރާމޯސް ބޭނުމެއް ނުވި: ރިޕޯޓް

މެޑްރިޑް (ނޮވެމްބަރު 15) - އަނިޔާގެ ސަބަބުން ރެއާލް މެޑްރިޑްގެ ގިނަ ޑިފެންޑަރުންތަކެއް ކުޅުމާ ދުރުގައި ހުރި ވަގުތެއްގައި، އެ ޓީމުގެ ކުރީގެ ކެޕްޓަން، ސާޖިއޯ ރާމޯސް އެ ކްލަބާ ގުޅެން ޝައުގުވެރިކަން ފާޅުކުރި ކަމުގައި ވިޔަސް އޭނާ އަށް ފުރުސަތު ނުދޭން ރެއާލް މެނޭޖްމަންޓުން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރެއާލްގެ ގިނަ ޑިފެންޑަރުންތަކެއް ކުޅުމާ ދުރުގައި ހުރުމުން، މިއީ ރާމޯސް އަށް އެ ޓީމަށް އެހީވެވޭނެ ވަގުތެއް ކަމަށް ރެއާލްގެ ކުރީގެ ކުޅުންތެރިން ވެސް ވަނީ ބުނެފަ އެވެ.

މި ވަގުުތު އެއްވެސް ކްލަބެއްގެ ކޮންޓްރެކްޓްގައި ނެތް، ސްޕެއިނުގެ ލެޖެންޑަރީ، ޑިފެންޑަރު، ރާމޯސް، 38، އަށް ހަތަރު ގައުމެއްގެ ލީގުތަކަށް ނިސްބަތްވާ ކްލަބްތަކުން ހުށަހެޅުން ލިބިފައިވީ ނަމަވެސް އޭނާ ހުރީ ގޮތެއް ނުނިންމަ އެވެ. ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ރާމޯސް ވަނީ ރެއާލަށް އެނބުރި ދާން ބޭނުންވާކަން އެ ކްލަބަށް އަންގައިފަ އެވެ.

އެކަމަކު، ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އާއި ސީއީއޯ ޖޯސޭ އެންހެލް ސަންޗޭޒް ވަނީ، ރާމޯސްގެ އެ ހުށަހެޅުމަށް ފުރަގަސްދީފަ އެވެ.

ރާމޯސް ސީނިއާ ކުލަބު ކެރިއަރު ފެށީ ސެވިއްޔާ އިންނެވެ. އެ ކުލަބުގެ ސީނިއާ ޓީމަށް ދެ އަހަރު ކުޅުމަށް ފަހު ސްޕެއިންގެ ރެއާލް މެޑްރިޑަށް އޭނާ ބަދަލުވީ 2005 ވަނަ އަހަރު އެވެ. ރެއާލްގައި 16 އަހަރު ކުޅުމަށް ފަހު އޭނާ އެކުލަބު ދޫށްލީ 2021 ގަ އެވެ. އެ ފަހަރު، ހިލޭ ޓްރާންސްފާއެއްގައި ބަދަލުވީ، ފްރާންސްގެ ޕީއެސްޖީ އަށެވެ.

ރެއާލްގެ ޝައުގުވެރިކަން ލަޕޯޓް އަށް

ރިޕޯޓްތައް ބުނާގޮތުން، ރެއާލްގެ ޑިފެންޑަރުންގެ މި އަނިޔާގެ މައްސަލަތަކަށް ހައްލެއް ހޯދަން އެ ކްލަބުން ކުރާ މަސައްކަތުގައި، ބިޑްކުރަން ނިންމާފައިވަނީ، އަލް ނަސްރަށް ކުޅެމުން އަންނަ ސްޕެއިން ގައުމީ ޓީމުގެ ޑިފެންޑަރު އައިމެރިކް ލަޕޯޓް އެވެ.

ކުރިން މެންޗެސްޓާ ސިޓީ އަށް ކުޅުނު ލަޕޯޓް ގަންނަން ރެއާލުން 25 މިލިއަން ޑޮލަރު .މަދުވެގެން ހަރަދުކުރަން ޖެހޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނާއިރު، ރެއާލުން އަންނަނީ އަލް ނަސްރާ އެކު، މަޝްވަރާކޮށް އެ އަގާ މެދު އިތުރު ގޮތްތަކެއް ހޯދޭތޯ ވާހަކަ ދައްކަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox