އެންޑީއޭއާ 49 މީހުން ހަވާލުކޮށް 48 ޑްރަގް ކެފޭ ބަންދުކޮށްފި

ފުލުހުން މީގެ ކުރިން ރެއިޑްކުރި މާލޭގެ ޑްރަގް ކާޓެލް: މިހާތަނަށް 48 ޑްރަގް ކާޓެލް ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުނޭ -- ފޮޓޯ: އަދަދު ފައިލް

ފުލުހުން މީގެ ކުރިން ރެއިޑްކުރި މާލޭގެ ޑްރަގް ކާޓެލް: މިހާތަނަށް 48 ޑްރަގް ކާޓެލް ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުނޭ -- ފޮޓޯ: އަދަދު ފައިލް

މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަން (ޑްރަގް ކާޓެލް) ބަންދު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން 48 ތަނެއް ބަންދުކޮށް، ފަރުވާގެ ނިޒާމަށް ވައްދަން ޖެހޭ 49 މީހަކު ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ޑްރަގް އެންފޯސްމަންޓް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ނާހިދު ހުސެއިން ވިދާޅުވީ މަސްތުވާތަކެތީގެ މުއާމަލާތްތައް އާންމުގޮތެއްގައި ކުރާ ތަންތަނުގައި ސްޓެޓިކް ޑިއުޓީ ކުރަމުންދާ ކަމަށާއި ފަރުވާގެ ނިޒާމަށް ވެއްދުމަށް އެންޑީއޭއާ ހަވާލުކުރީ ތަކުރާރުކޮށް ޖިނާއީ ކުށް ކުރާ މީހުން ކަމަށެވެ.

"މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ ފަރާތްތަކާއި، މަސްތުވާތަކެތި ބޭނުން ކުރުމުގެ ނިޔަތުގައި ސަލާންޖަހާ ފަރާތްތަކާއި، ތަކުރާރުކޮށް ޖިނާއީ ކުށް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތައް ފަރުވާގެ ނިޒާމުގެ ތެރެއަށް ވެއްދުމަށްޓަކައި ކަމާ ގުޅުންހުރި ފަރާތްތަކާ އެކު މަސައްކަތް ކުރެވެމުންދޭ. މިގޮތުން އެންޑީއޭއަށް ފަރުވާގެ ނިޒާމަށް ވެއްދުމަށް 49 ފަރާތެއް ހަވާލުކޮށްފައިވޭ،" ނާހިދު ހުސެއިން ވިދާޅުވި އެވެ.

މީގެ ކުރިން ވެސް މަސްތުވާތަކެތީގެ ހިދުމަތް ކެފޭ އުސޫލުން ދޭ ތަންތަން ބަންދުކޮށް، އެތަންތަނުގައި ފުލުހުން ޑިއުޓީ ކޮށްފައިވެ އެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް އެންޑީއޭއާ ވެސް ހަވާލުކޮށްފައިވެ އެވެ.

ނާހިދު ވިދާޅުވީ ބަނގުރަލުގެ ވަގު ވިޔަފާރި ހުއްޓުވުމަށް ޓޫރިޒަމް މިނިސްޓްރީ، ކަސްޓަމް ސާވިސް އަދި ފުލުހުން ގުޅިގެން ސަފާރީތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އިންސްޕެކްޝަންތަކުގައި 57 ސަފާރީއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުން ކުރާ މަސައްކަތުގެ އަދާހަމަ:

  • 12،561 ބަލައި ފާސްކޮށް 1،009 މީހަކު ބެލުމުގެ ދަށަށް ގެނައި.
  • 158 އޮޕަރޭޝަން ހިންގި، އޭގެ ތެރޭގައި 12 އަތޮޅެއްގައި 12 އޮޕަރޭޝަން ހިންގި.
  • މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި 142 ބިދޭސީން ޑީޕޯޓް ކުރަން އިމިގްރޭޝަނާ ހަވާލުކުރި.
  • 183 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަދި 8،451 ބަނގުރާ އަތުލައިގަތް.
  • އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 385 މިލިއަން ރުފިޔާއަށްވުރެ ގިނަ.
  • ޖުމްލަ 783 މައްސަލަ ހުށަހެޅުނުއިރު، 345 މައްސަލަ ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައި.
  • ކްރިމިނަލް ކޯޓާއި ހުޅުމާލޭ ކޯޓުން ބެލި 19 މައްސަލައެއްގައި 22 މީހުންނަށް ކުށް ސާބިތުވި.
  • މަސްތުވާތަކެތީގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް އޭޖީ އޮފީހަށް ފޮނުވާފައި.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox