ސުޒޭން ފާހަގަކުރީ ބަންގްލަދޭޝް އަތުން ހޯދި ތާރީހީ މޮޅުގެ ހާއްސަކަން

Nov 14, 2024, 6:58 AM
ސުޒޭން ފާހަގަކުރީ ބަންގްލަދޭޝް އަތުން ހޯދި ތާރީހީ މޮޅުގެ ހާއްސަކަން

ފީފާ އިންޓަނޭޝަނަލް އެކުވެރިކަމުގެ މެޗެއްގައި އިއްޔެ 1-0 އިން ބަންގްލަދޭޝް ދަނޑުގައި އެ ޓީމު އަތުން ރާއްޖޭން ހޯދީ ތާރީހީ މޮޅެއް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ސުޒޭން ވަނީ ބުނެފި އެެވެ.

މިއީ، މިދިޔަ އަހަރު އޮކްޓޫބަރު މަހު ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ބަންގްލަދޭޝާ ކުޅުނު ފަހުން، ރާއްޖޭން ކުޅުނު ބައިނަލްއަގުވާމީ ފުރަތަމަ މެޗެެވެ. އަހަރެއްހާ ދުވަސް ފަހުން، އިންޓަނޭޝަނަލް މެޗަކަށް ނުކުމެ، ރާއްޖޭން ހިތްވަރުގަދަ ކުޅުމެއް ދައްކައި ހޯދީ ތާރީހީ މޮޅެކެވެ.

"އަހަރެން މަރުހަބާ ކިޔަން ބޭނުން ރާއްޖޭގެ ފުޓްބޯޅަ އާއިލާ އަށް، އެއީ، މިދިޔަ 45 އަހަރު ތެރޭ އިންޓަނޭޝަނަލް ފުޓްބޯޅަ މެޗެއްގައި ޑާކާގައި ކުޅެގެން އަހަރެމެން މީގެ ކުރިން މޮޅުވެފައެއް ނެތް. އެހެންވީމަ މިއީ، ވަރަށް ތާރީހީ ދުވަހެއް ދިވެހި ފުޓްބޯޅައިގައި، މަރުހަަބާ ކިޔަން ހުރިހާ ކުޅުންތެރިންނަށް ވެސް އަހަރެން ފަހުން އިންޓަނޭޝަނަލް ފުޓްބޯޅަ އަށް ނުކުމެ އެ ދެއްކި ހިތްވަރަށް،" އިއްޔެގެ މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުންޏެވެ.

އިއްޔެގެ މެޗުގެ ކުރިން ރާއްޖޭން ވަނީ ބަންގްލަދޭޝްގައި އެ ޓީމާ ދެކޮޅަށް ފަސް ފަހަރު ކުޅެފަ އެވެ. އެއީ، 1985 ވަނަ އަހަރުގެ ސާފް ގޭމްސްގައި 8-0 އިން ރާއްޖެ ބަލިވި މެޗާއި 1995 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި 0-0 އިން އެއްވަރުވި މެޗާއި 2003 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައި 1-0 އިން ރާއްޖެ ބަލިވި މެޗާއި، އެ ފަހަރު ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ރާއްޖެ ބަލިވި މެޗުގެ އިތުރުން، މިދިޔަ އަހަރުގެ ވޯލްޑް ކަޕް/އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި، 2-1 އިން ރާއްޖެ ބަލިވި މެޗެވެ.

އިއްޔެގެ މެޗަށް ނުކުތްއިރު، ބަންގްލަދޭޝް އިން ވަނީ އެންމެ ފަހުން، މިދިޔަ އަހަރު ރާއްޖެއާ ދެކޮޅަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފަ އެވެ.

ސުޒޭން ބުނީ މިިދިޔަ ތިނެއް ނޫނީ ހަތަރު އަހަރަށް ބަލާނަމަ ރާއްޖެ އާއި ބަންގްލަދޭޝް އަކީ އެއް ފެންވަރެއްގައި އުޅުނު ޓީމުތަކެކޭ ބުނެވިދާނެ ކަމަށެވެ. އެގޮތުން، މިިދިޔަ އަހަރު ބަންގްލަދޭޝް އިން ރާއްޖެ ދެ ފަހަރު ބަލިކުރި ނަމަވެސް، ސުޒޭން ބުނީ، އޭނާ ކޯޗަކަށް ހުއްޓައި، ބަންގްލަދޭޝް އިން ރާއްޖެއާ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވި ކަމަށާއި ބަލިވީ އެއް މެޗުން ކަމަށެވެ.

"މިހާރު ހުރި ކޯޗު (ހަވިއޭ ކަބްރޭރާ)އާ އެކު ބަންގްލަަދޭޝް ކުރިއަރައިފި، ވަރަށް ރަނގަޅު ފުޓްބޯޅައެއް ކުޅެނީ ހަގީގަތުގައި، މި މެޗުގައި ވެސް ބަންގްލަދޭޝް އިން ވަރަށް ރަނގަޅު ފުޓްބޯޅައެއް ކުޅެފި، މަރުހަބާ ވެސް ކިޔަން އެ ކުޅުނު ރަނގަޅު ފުޓްބޯޅަ އަށް،" ސުޒޭން ބުންޏެވެ.

ގައުމީ ޓީމުގައި ހިމެނޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ 14 ކުޅުންތެރިން ތިބީ ވަރަށް ރަނގަޅު ލެވަލަކަށް ގެނެސްފައި ކަމަށްވާތީ، ސުޒޭން ވަނީ މާޒިޔާ އާއި އެ ޓީމުގެ ކޯޗު ޑްރަގަން ޑުކަނޮވިޗަށް ޝުކުރު އަދާކޮށްފަ އެވެ. ދެން، ގައުމީ ޓީމުގައި ހިމެނުނު އެހެން ކުޅުންތެރިން ރަށްރަށުގެ ކުޑަ މުބާރާތްތަކުގައި ކުޅެފައި އައިސް ތިބީ، އެންމެ މެޗު ފިޓްނަސް ރަނގަޅު ލެވަލެއްގައި ނޫން ކަމުގައި ވިޔަސް، ޖުމްލަކޮށް މިދިޔަ 10 ދުވަހާއި މި މެޗުގައި ހުރިހާ ކުޅުންތެރިން ކުރި މަސައްކަތް ސުޒޭން ވަނީ ފާހަގަކޮށްފަ އެވެ.

އިއްޔެގެ މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ ކޮން ކުޅުންތެރިއެއްތޯ ސުވާލުކުރުމުން، ސުޒޭން ބުނީ ވަކި ކުޅުންތެރިއެއްގެ ނަން އޭނާ ބުނެފިނަމަ އެންމެ ރަނގަޅުނުވެދާނެ ކަމަށާއި އެކަަމަކު، ފާހަގަކުރެވޭ ވަރަށް ކުޅުނު ކުޅުންތެރިންތަކެއް އެބަހުރި ކަމަށެވެ.

"ޖޯޒީ ނަމްބަރު ފަހެއް (އިރުފާން)، އެއީ އަހަންނަށް މޭން އޮފް ދަ މެޗު، އެއީ ވަރަށް ރަނގަޅު އޮގަނައިޒް ޑިފެންސިވް ކުޅުމެއް އޭނަ ދެއްކީ، ދެން، ޝުކުރު އަދާކުރަން ޖެހޭ އަހަރެމެންގެ ގޯލްކީޕަރަށް، ވަރަށް މޮޅު ދެ ސޭވްކުރި، އެ ހުއްޓުވީ ދެ ގޯލު ހަގީގަތުގައި، ޖުމްލަކޮށް މުޅި ޓީމު 90 މިނިޓް އެ ކުރި މަސައްކަތް ފާހަގަކުރަންޖެހޭ،" ސުޒޭން ބުންޏެވެ.

އަނިޔާގެ ސަބަބުން ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިޔާ، އައިސަމް އިބްރާހިމް ޓީމާ އެކު ނުދެ އެވެ. ވައިރަލް ރޯގާއެއް ޖެހިގެން މި ވަގުތު ޓީމާ ދުރުގައި ހުރި އައިސަމް އަކީ ސުޒޭން ދެކޭގޮތުގައި މި ވަގުތު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ސުޒޭން ބުނީ، އައިސަމްގެ ބަދަލުގައި އެ މަގާމުގައި ކުޅުނު އައިހަމް އަހުމަދު (ފަތޯ) ދެއްކި ކުޅުމުގެ ސަަބަބުން، އައިސަމް ނެތުމުގެ އެ މާޔޫސްކަން ނުފެންނަ ކަމަށެވެ.

ބަންގްލަދޭޝް އާއި ރާއްޖެ ކުޅޭ ދެ ވަނަ މެޗު ފަށާނީ ހޮނިހިރު ދުވަހު ހަވީރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox