ކަލަންޑަރުގައި ނެތް ގައުމީ ބީޗް ވޮލީބޯލް މުބާރާތް މި މަހު 20 ގައި

ކަލަންޑަރުގައި ނެތް ގައުމީ ބީޗް ވޮލީބޯލް މުބާރާތް މި މަހު 20 ގައި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މި އަހަރަށް އެކުލަވާލި ކަލަންޑަރުގައި ނެތް ބީޗް ވޮލީބޯލް މުބާރާތް މި މަހު 20 ގައި ބާއްވަން ހަމަޖައްސައި، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވީއޭއެމް އިން މި އަހަރަަށް އާންމުކުރި ވޮލީބޯލް ކަލަންޑަރުގައި ގައުމީ ބީޗް ވޮލީބޯލް މުބާރާތެއް ބޭއްވުމަށް ތާވަލުކޮށްފައި ނުވެ އެވެ. އެކަމަކު، އިއް ވީއޭއެމުން ވަނީ މި މަހު 20 ވަނަ ދުވަހަށް ގައުމީ ބީޗް ވޮލީބޯލް މުބާރާތް ތާވަލުކޮށް އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

ވީއޭއެމް އިން ގައުމީ ބީޗް ވޮލީބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންހެން ޑިވިޝަނަށް އެކަންޏެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މި މަހުގެ 18 ވަނަ ދުވަހު ޓީމު ލިސްޓާ އެކު ބައިވެރިވުމަށް އެދޭ ފޯމް ވީއޭއެމަށް ހުށަހަޅަން ޖެހެ އެވެ.

ބީޗް ވޮލީބޯލް ގައުމީ މުބާރާތެއް މި އަހަރު ބާއްވަން ވީއޭއެމް އިން ކުއްލިއަކަށް ނިންމާފައިވާއިރު، ކުރު މުއްދަތެއްގެ ތެރޭގައި ބީޗް ވޮލީބޯލް ގައުމީ މުބާރާތެއް ބާއްވަން ނިންމާފައިވާތީ ބީޗް ވޮލީ ކުޅޭ ބައެެއް ކުޅުންތެރިން އަންނަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.

އެގޮތުން "އަދަދު ސްޕޯޓްސް"އާ ވާހަކަ ދެއްކި ބީޗް ވޮލީބޯލް ކުޅުންތެރިޔަކު ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ކައިރި ކައިރީގައި ގިނަ މުބާރާތްތަކެއް ކުޅެން ޖެހުމުން އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ.

"މި ޖެހެނީ ކައިރި ކައިރީގައި މުބާރާތް ކުޅެން. ކުޅުންތެރިން ވަރަށް ވަރުބަލިކޮށް މި ތިބެން ޖެހެނީ. މިހާރު ކުރިއަށް މިދާ މުބާރާތް ނިންމާ ގޮތައް ރެސްޓެއް ނުލިބި އަނެއްކާ މި ޖެހެނީ ހަމަ "ތައިޓް" މެޗުތަކެއް ކުޅެން" އަދަދަށް މައުލޫމާތު ދިން ކުޅުންތެރިޔާ ބުންޏެވެ.

އަންނަ މަހު ސްރީ ލަންކާގައި ބާއްވާ ކާވާ ބީޗްވޮލީބޯޅަ މުބާރާތެއްގައި ބައިވެރިވާން ގައުމީ އަންހެން އަދި ފިރިހެން ބީޗްވޮލީ ޕެއާތައް ވަނީ ތަމްރީންތައް ފަށައިފަ އެވެ. އެ ގޮތުން، މި ވަގުތު ކުރިއަށްގެންދަނީ، ބޮޑަށް ޖިމް ޓްރެއިނިންތަކެވެ.

ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މަންކޭ: އޭނާ ވަނީ ބީޗްވޮލީ ގައުމީ ޓީމުގެ ޕްރެކްޓިސް ނުކުރާތާ 100 ދުވަސްވުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައި.---- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ގައުމީ ބީޗްވޮލީ ޓީމު ޕްރެކްޓިސް ފެށީ 100 ދުވަސް ފަހުން

އެންމެ ފަހުން ބޫޓާނުގައި ބޭއްވި ކާވާ ބީޗްވޮލީބޯޅަ މުބާރާތް ނިމުނު ފަހުން، ގައުމީ ބީޗްވޮލީ ޓީމު ޕްރެކްޓިސް ނުކުރާތާ މި މަހު ނުވަ ވަނަ ދުވަހަށް 100 ދުވަސް ވަނީ ވެފަ އެވެ. އަދި ބީޗްވޮލީ ޓީމުތަކުގެ ޕްރެކްޓިސްތައް ކުއްލި ގޮތަކަށް ފަށާފައި މި ވަނީ، އަންނަ މަހުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުންނާ އެކުގަ އެވެ.

ގައުމީ ބީޗްވޮލީ ޓީމަށް 11 އަހަރު ކުޅެ، ފަހުން ކޯޗިންގައި މަސައްކަތްކޮށްފައިވާ ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) ބުނެފައިވަނީ، ބީޗްވޮލީ ޓީމުގެ ޕްރެކްޓިސް ނުކޮށް، 100 ދުވަސް ހޭދަވުމަކީ، އެ އަށް ދޭން ޖެހޭ ސަމާލުކަން ރަނގަޅަށް ނުދޭ ކަމުގެ ހެއްކެއް ކަމަށެވެ.

އަދި މުބާރާތަކަށް ތައްޔާރުވުމަކީ ދުރާލާ ކުރަން ޖެހޭ ކަމެއް ކަމަށާއި އެއް މުބާރާތް ނިންމާލުމަށް ފަހު، ޕްރެކްޓިސް ނުކޮށް ތިން މަހަށް ވުރެ ގިނަ ދުވަސް ވުމަކީ ކުޅުންތެރިންނަށް އޭގެ އުނދަގޫ ކުރިމަތިވާނެ ކަމެއް ކަމަށް ވެސް މަންކޭ ވަނީ ފާހަގަކޮށްފަ އެެވެ.

ގައުމީ ބީޗްވޮލީބޯޅަ ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ، އިންޑޯ ވޮލީ ގައުމީ ޓީމަށް ވެސް ކުޅޭ ކުޅުންތެރިންނެެވެ. އެ ކުޅުންތެރިން ވަނީ މިދިޔަ މަސްތަކުގައި އިންޑޯ ގިނަ މުބާރާތްތަކެއް ކުޅެފަ އެވެ. ބީޗްވޮލީ ޕްރެކްޓިސް ކުރިއަށް ނުގެންދެވުނު އެންމެ ބޮޑު ސަބަބަކީ، އިންޑޯ ވޮލީގެ ގައުމީ ޓީމު މުބާރާތަކާއި ކްލަބް މުބާރާތްތައް ގިނައިން އޮތުމެވެ.

މީގެ ކުރިން، އިންޑޯ ވޮލީ ގައުމީ ޓީމާއި ބީޗްވޮލީ ގައުމީ ޓީމު ވަކިން ވެސް ގެންގުޅެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox