ގައުމީ ބީޗްވޮލީ މުބާރާތް: އައްކަޅޭ/ ކުޑަކާއްޓެ އާއި އަރީޝާ/އިމްތިނާން ފައިނަލަށް

މިއަދުގެ ސެމީ ފައިނަލް މެޗުގެ ތެރެއިން ކުޑަކާއްޓޭ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

މިއަދުގެ ސެމީ ފައިނަލް މެޗުގެ ތެރެއިން ކުޑަކާއްޓޭ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

މިހާރު ކުރިއަށްދާ ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގައި މިއަދު ކުޅެވުނު ފުރަތަމަ ސެމީ ފައިނަލް މެޗުތަކުން މޮޅުވެ، ފިރިހެން ބައިގެ ފައިނަލުން އަޝްފާގު އާދަމް (އައްކަޅޭ) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)ގެ ޕެއާ އިން ފުރުސަތު ހޯދިއިރު، އަންހެން ޑިވިޝަނުގެ ފައިނަލުގެ ފުރަތަމަ ޖާގަ އައިމިނަތު އަރީޝާ (އަރީ) އާއި އައިޝަތު އިމްތިނާންގެ ޕެއާ އިން ހޯދައިފި އެވެ.

ހުޅުމާލެ ބީޗްވޮލީބޯޅަ ކޯޓުގައި މިއަދު ހަވީރު ކުޅުނު ފިރިހެން ޑިވިޝަނުގެ ފުރަތަމަ ސެމީގައި އައްކަޅޭ އާއި ކުޑަކާއްޓެގެ ޕެއާ ބައްދަލުކުރީ އަނެއް ގްރޫޕްގެ އެއް ވަނަ ހޯދި އާދަމް ނަސީމް (އެޑަމް) އާއި ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ)ގެ ޕެއާއާ އެވެ. އައްކަޅޭ އާއި ކުޑަކާއްޓެގެ ޕެއާ މޮޅުވީ ދެ ސެޓު ވެސް 21-19 އިން ގެންގޮސްގެންނެވެ.

ފުރަތަމަ ސެޓު ފަށައިގެން ދެ ޕެއާގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނުނުއިރު، ދެ ޓީމުން ވެސް ދިޔައީ ފުރުސަތުތަކުގެ ބޭނުން ހިފައި ޕޮއިންޓް ހޯދަމުންނެވެ. އެކަަމަކު، ސެޓުގެ ފަހު ކޮޅުގައި މަންކޭ އާއި އެޑަމްގެ ޕެއާ އަށް ހެދުނު ގޯސްތަކުގެ ފައިދާނަގަައި އައްކަޅޭ އާއި ކުޑަކާއްޓެގެ ޕެއާ އިން ސެޓު ގެންދިޔައީ ރަނގަޅު ވަގުތުތަކުގައި މޮޅަށް ކުޅެގެންނެވެ.

Advertisement

މެޗުގެ ތެރެއިން ކުޑަކާއްޓެ (ކ) އާއި އައްކަޅޭ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ދެ ވަނަ ސެޓު ފަށައިގެން އައްކަޅޭ އާއި ކުޑަކާއްޓެގެ ޕެއާ އިން ބޮޑު ލީޑެއް ނެގި އެވެ. އެކަމަކު، މަންކޭ އާއި އެޑަމް ހިތްވަރު ދޫނުކޮށް ކުރި މަސައްކަތުން ފަރަގުކުރި އެވެ. މި ސެޓުގެ މެދެއްހާ ހިސާބުން ރެފްރީގެ ނިންމުމާ މެދު މަންކޭ ހިތްހަމަނުޖެހުން ފާޅުކުރުމުން އޭނާ އަށް ރީނދޫ ކާޑެއް ދެއްކި އެވެ. މި ސެޓުގެ ވެސް ފަހު ކޮޅުގައި އައްކަޅޭ އާއި ކުޑަކާއްޓެ ވަނީ ތަފާތު ދައްކައި ސެޓު ގެންގޮސް މެޗު ކާމިޔާބުކޮށްފަ އެވެ.

ފުރަތަމަ ސެމީގައި ބަލިވި ކަމުގައި ވިޔަސް މަންކޭ އާއި އެޑަމްގެ ޕެއާ އަށް އަދި ފައިނަލުގެ ދޮރު ބަންދެއް ނުވެ އެވެ. އެ ޕެއާ އިން ތިން ވަނަ ސެމީގައި ކުޅެން ޖެހޭނީ ދެ ވަނަ ސެމީގައި މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ދެ ވަނަ ސެމީގައި މިރޭ ވާދަކުރާނީ އަދްނާން އަބްދުލް ހަމީދާއި އަލީ ޝިމާލްގެ ޕެއާ އާއި އަހުމަދު މުހައްމަދާއި މުހައްމަދު އަލީގެ ޕެއާ އެވެ. ތިން ވަނަ ސެމީ އޮންނާނީ ދެ ވަނަ ސެމީ ކުޅެތާ ތިން ވަރަކަށް ގަޑިއިރު ފަހުންނެވެ.

އަންހެން ޑިވިޝަނުގެ ފުރަތަމަ ސެމީގައި އަރީޝާ އާއި އިމްތިނާންގެ ޕެއާ ކުޅުނީ ފާތިމަތު ޖޫޒާން ޒަރީރާއި އައިޝަތު މާޖިދާގެ ޕެއާއާ އެވެ. މި މެޗުން އަރީޝާ އާއި އިމްތިނާންގެ ޕެއާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. ސެޓުތައް ދިޔައީ 21-09 އާއި 21-11 އިންނެވެ.

މިއަދުގެ މެޗުގެ ތެރެއިން އަރީޝާ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

މި މެޗުގެ ފުރަތަމަ ސެޓުގައި އަރީޝާ އާއި އިމްތިނާން ވަނީ މޮޅު ކުޅުމެއް ދައްކައި އަނެއް ޕެއާ އަށް މާ ބޮޑު ފުރުސަތެއް ނުދީ މޮޅުވެފަ އެވެ.

އެކަމަކު، ދެ ވަނަ ސެޓު ފަށައިގެން މާޖިދާ އާއި ޖޫޒާންގެ ޕެއާ އިން ވަނީ ރަނގަޅު ފައިޓެއް ދީފަ އެވެ. މި ސެޓުގައި 8-8 އާއި 10-10 އިން އެއްވަރުވެފައި އޮތް ނަމަވެސް ސެޓުގެ ފަހުކޮޅުގައި އަރީޝާ އާއި އިމްތިނާން ވަނީ ބޮޑު ލީޑަކާ އެކު މޮޅުވެފަ އެވެ. އެ ޕެއާ އިން ސެޓު ގެންދިޔައީ 21-11 އިންނެވެ.

ފައިނަލުގައި އަރީޝާ އާއި އިމްތިނާންގެ ޕެއާ ކުޅެން ޖެހޭ ޕެއާ އެއް ކަނޑައެޅޭނީ މިރޭ ކުޅޭ އަނެއް ދެ ސެމީ ފައިނަލް މެޗަށް ފަހު އެވެ.

ދެ ވަނަ ސެމީގައި އައިޝަތު ޝާލިނީ އާއި ފާތިމަތު ސަމްހާގެ ޕެއާ ނުކުންނާނީ އާމިނަތު ޝަހާ ޝާމިން އާއި މަރިޔަމް ހަލީމްގެ ޕެއާއާ ދެކޮޅަށެވެ. ދެ ވަނަ ސެމީން މޮޅުވާ ޓީމެއް ތިން ވަނަ ސެމީގައި ފައިނަލުގެ ޖާގައެއް ހޯދަން ކުޅެން ޖެހޭނީ ޖޫޒާން އާއި މާޖިދާގެ ޕެއާއާ އެވެ.

އަންހެން ދެ ވަނަ ސެމީ އާއި ތިން ވަނަ ސެމީ ވެސް ކުޅޭނީ މިރޭ އެވެ. މުބާރާތުގައި މާދަމާ އޮންނާނީ ފައިނަލް މެޗުތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox