ރާއްޖޭގެ 173 ރިސޯޓަކުން ޑޮލަރު މާރުކުރަން އެމްއެމްއޭގައި ރެޖިސްޓަރީކޮށްފި

އެމްއެމްއޭގެ ގަވަރުނަރު، އަހުމަދު މުނައްވަރު -- ފޮޓޯ: އެމްއެމްއޭ

އެމްއެމްއޭގެ ގަވަރުނަރު، އަހުމަދު މުނައްވަރު -- ފޮޓޯ: އެމްއެމްއޭ

ރާއްޖޭގައި މިހާރު ހިންގަމުންދާ ރިސޯޓުތަކުގެ ތެރެއިން އެންމެ ރިސޯޓެއް ފިޔަވައި ހުރިހާ ރިސޯޓަކުން ވެސް ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓަކަށް ވަކި ރޭޓެއްގެ ދަށުން ޑޮލަރު މާާރުކުރަން މަޖުބޫރުވާ ގޮތަށް އެމްއެމްއޭއިން އެކުލަވައިލި އާ ގަވާއިދުގެ ދަށުން ރެޖިސްޓަރީވެފައިވާ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.

މީޑިއާތަކަށް އެމްއެމްއޭއިން ފޮނުވި މެސެޖެއްގައި ބުނީ ރާއްޖޭގައި މިހާރު ހިންގަމުން އަންނަ 174 ރިސޯޓުގެ ތެރެއިން 173 ރިސޯޓު އެ ގަވާއިދުގެ ދަށުން ރެޖިސްޓަރީވެފައިވާ ކަމަށެވެ.

މިިދިޔަ އޮކްޓޯބަރު 1، ގައި އެމްއެމްއޭއިން އިއުލާނު ކުރި ގަވާއިދުގައިވާ ގޮތުން ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތެއް ކުރަން ވާނީ ދިވެހި ރުފިޔާއިންނެވެ. މިހެން ނަމަވެސް ބޭރު ފައިސާ ލިބޭ ވިޔަފާރިތަކަށް ގިނަ އިސްތިސްނާތަކެއް އެ ގަވާއިދުގެ ތެރެއިން ލިބިފައިވެ އެވެ.

އޭގެ އިތުރުން އެމްއެމްއޭއިން ވަނީ ބޭންކުތަކަށް ހުރިހާ ފައިސާއެއް ޖަމާކުރުމަށާއި އެ އިދާރާއަށް ރިޕޯޓުކުރަން ވެސް ހަމަތަކެއް ކަނޑައަޅައިފަ އެވެ.

ހުރިހާ ފައިސާއެއް ބޭންކުތަކަށް ޖަމާކުރަން މަޖުބޫރުކޮށްފައިވާއިރު، މާރުކުރަން ޖެހެނީ ވަކި އަދަދެކެވެ. އެއީ ޓޫރިސްޓުން ރިސޯޓުތަކާއި އިންޓެގްރޭޓަޑް ރިސޯޓުތަކާއި ރިސޯޓު ހޮޓާތަކާއި ހޮޓާތަކުގެ އިތުރުން ޓޫރިސްޓު އުޅަނދުތަކާއި އެ ނޫން ވެސް އެ ފަދަ ތަންތަނަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރެވެ. މި ރޭޓުގައި ކޮންމެ މަހެއްގައި އަންނަ ޓުރިސްޓުންނަށް ޖެހޭ އަދަދު ބޭންކުން މާރުކުރަން މަޖުބޫރެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓުހައުސްތަކާއި އެ ރަށްރަށުގައި ހުންނަ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރިއަށް ވުރެ މަދު އަދަދެއްގެ ކޮޓަރި ހުންނަ ތަންތަނުން މާރުކުރަން ޖެހެނީ ޓޫރިސްޓަކަށް 25 ޑޮލަރު ރޭޓުންނެވެ.

މިގޮތަށް މަޖުބޫރުކޮށްފައި އޮތް ނަމަވެސް، ބޭރު ފައިސާއިން ޓެކްސް ދެއްކުމަށާއި ލޯނުތައް އަދާކުރުމަށް ނޫނީ ކޯޓަކުން ކަނޑައަޅާފައިވާ ހުކުމެއްގެ ދަށުން ބޭރު ފައިސާ ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި އެމްއެމްއޭއަށް ހުށަހަޅައިގެން މާރުކުރުމުގެ އިސްތިސްނާއެއް ހޯދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox