ސަރުކާރަށް އޮތް އިތުބާރު ގެއްލި, މަގުމައްޗަށް ނުކުންނަ ހިސާބަށް ކަންކަން ހިނގެއްޖެ: ޣަފޫރު

މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ): ސަރުކާރަށް އޮތް އިތުބާރު ގެއްލި ރައްޔިތުން މަގުމައްޗަށް ނިކުންނަ ހިސާބަށް ގޮސްފި ކަމަށް ވިދާޅުވި -- ފޮޓޯ: މަޖިލިސް

މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ): ސަރުކާރަށް އޮތް އިތުބާރު ގެއްލި ރައްޔިތުން މަގުމައްޗަށް ނިކުންނަ ހިސާބަށް ގޮސްފި ކަމަށް ވިދާޅުވި -- ފޮޓޯ: މަޖިލިސް

ސަރުކާރަށް އިތުބާރު ގެއްލި ރައްޔިތުން ތިބީ މިއަދު މަގުމައްޗަށް ނިކުންނަން ޖެހޭ ހިސާބުގައި ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ބަޖެޓު ބަހުސްގައި އިއްޔެ ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ ފެންނަން އޮތް ހަގީގަތަކީ ރައްޔިތުންނަށް ލިބޭ އާމްދަނީގެ ބޮޑު އަދަދެއް ސަރުކާރަށް ނަގަމުންދާ ތަން ކަމަށާއި ވީ ވައުދާ ހިލާފަށް ރައްޔިތުންނަށް އޮޅުވާލައި ބޮޑެތި އަދަދުތަކުން ޓެކްސް ވެސް ނަގަން ފަށާފައިވާ ކަމަށެވެ.

"އިއްޔެ ސަރުކާރު ގޯސްވެގެން ސަރުކާރު ބަދަލުކުރީ. އެހެންވެއްޖެއްޔާ މިއަދު މާ ރަނގަޅަށް ހުރިހާ ކަމެއް ކުރަން ޖެހޭނީ. އެކަމަކު މިދަނީ ގޯހުން ނުބަޔަށް ގޮސް ރައްޔިތުންގެ ނުރުހުމާ، ރައްޔިތުންގެ އިތުބާރު ސަރުކާރުގެ މައްޗަށް ގެއްލިގެން ގޮސް މިއަދު މަގުމައްޗަށް ނިކުންނަން ޖެހިފައި ރައްޔިތުން މިތިބީ އިއްޒަތްތެރި ރައީސް،" އެމްޑީޕީއަށް ނިސްބަތްވާ ޣަފޫރު ވިދާޅުވި އެވެ.

"ހަމަ ކަނޑައެޅިގެން ރައްޔިތުންނަށް ލިބޭ އާމްދަނީތަކަށް އަތްފޯރުވާ އެ އާމްދަނީތަކުގެ ބޮޑު އަދަދެއް ސަރުކާރަށް ނަގަމުން އެދަނީ އިއްޒަތްތެރި ރައީސް. އެއީ އަޅުގަނޑުމެންނަށް މިއަދު ފެންނަން އޮތް ހަގީގަތް. މިކަންކަމާ ދޭތެރޭގައި ދެބަސް ވެވޭކަށް މިއަދަކު ނެތް އިއްޒަތްތެރި ރައީސް."

ގަފޫރު މި މޭރުމުން ވާހަކަ ދެއްކެވީ، ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ޓެކްސް ބޮޑު ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތުމަށް ފަހު، މިހާރު ޓެކްސްތައް ބޮޑުކުރާތީ އެވެ.

ޢަފޫރު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ރަށްރަށަށް ކޮށްދޭނެ ކަމެއް ޖަހާފައި ނެތް ކަމަށާއި މިއީ މިފަދަ ގޮތަކަށް ބަޖެޓެއް އެކުލަވާލި ފުރަތަމަ ފަހަރު ކަމަށެވެ. އެގޮތަށް ހެދީ ރައީސުލްޖުމްހޫރިއްޔާގެ ފައިބުޑުގައި ސަލާން ޖަހުވަން ވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަށްރަށުގެ ރަައްޔިތުން އެ ރަށަކަށް ކަނޑައެޅިފައި އޮތް މަޝްރޫއެއް ބަޖެޓުން ފެންނަން ބޭނުންވާނެ ކަމަށާއި ނިމިދިޔަ ސަރުކާރުން ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކޮށް ކުރި މަސައްކަތް ރަށްރަށުން ފެންނަން ހުރި ކަމަށް ޣަފޫރު ވިދާޅުވި އެވެ.

"މި ފެށޭ 2025 ވަނަ އަހަރު އެއްވެސް ރަށަކަށް ހިންގާނެ އެއްވެސް ޕްރޮޖެކްޓެއް މި ބަޖެޓުގައި ޖަހާފައެއް ނެތް. އަޅުގަނޑުގެ ދާއިރާގެ، ހަނިމާދޫގެ ވާހަކައެއް ވެސް ނެތް. އަދި ހިރިމަރަދޫ، ފިނޭ، ނައިވާދޫގެ ވާހަކައެއް ވެސް މި ބަޖެޓުގައި ނެތް އިއްޒަތްތެރި ރައީސް،" ޣަފޫރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި ދެވެނީ 80 ގެ އަހަރުތަކަށް، އަޅުގަނޑުމެންނަށް މި ދެވެނީ 2025 ދޫކޮށް. 1980 ގެ އަހަރުތަކަށް ދާއިރުގައި ދެން ކަމެއް ވާންއޮތީ ރައީސުލްޖުމްހޫރިއްޔާގެ ހެޔޮފުޅުކަމުން، ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވައިގެން ކޮށްދެވުނު ކަމެއް ވާ އުސޫލަކަށް ވެއްޓި މިދަނީ އިއްޒަތްތެރި ރައީސް."

މި ސަރުކާރު ވެރިކަމަށް ރައްޔިތުން ގެނައީ މިއަށްވުރެ ފަހި ގޮތްތަކެއް ހޯދައިދޭނެ ކަމެއް ކަމަށް ވައުދުވުމުން ކަމަށާއި ނަމަވެސް ސަރުކާރަށް އަހަރެއް ވެގެންދިޔައިރު ވެސް ރައްޔިތުންނަށް ވީ އެންމެ ކަމެއް ވެސް ނެތް ކަމަށް ޣަފޫރު ވިދާޅުވި އެވެ.

ފެންނަމުން މިދަނީ ނާއުންމީދާއި ރައްޔިތުންގެ ދިރިއުޅުމަށް ހުރި ބޮޑެތި ހުރަސްތައް ކުރިމަތިވެގެންދާ މަންޒަރު ކަމަށް ފާހަގަ ކުރައްވާ ޣަފޫރު ވިދާޅުވީ ތަކެތީގެ އަގު 25 ޕަސަންޓާއި 30 ޕަސަންޓަށް އުފުލިފައިވާ ކަމަށާއި އަގުހެޔޮވާނެ ކަމަށް ބުނި މުދަލެއް ރާއްޖެއިން ލިބެން ނެތް ކަމަށެވެ.

އަންނަ އަހަރު ރާއްޖެއިން ކުރިމަތިލާން ޖެހިފައި ވަނީ ވޭނާއި ކެކުޅުމާ ކަމަށާއި ރާއްޖޭގައި ހިންގާނެ އެއްވެސް މަޝްރޫއެއް ބަޖެޓުން އެއްގޮތަކަށް ވެސް ފެންނަން ނެތް ކަމަށް ޣަފޫރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox