ބަންގްލަދޭޝް އަތުން ރާއްޖެ ހޯދި މޮޅު ހާއްސަކުރީ ބަކާ އަށް

Nov 13, 2024, 3:17 PM
ބަންގްލަދޭޝް އަތުން ރާއްޖެ ހޯދި މޮޅު ހާއްސަކުރީ ބަކާ އަށް

ގައުމީ ފުޓުބޯޅަ ޓީމުން އަހަރަކަށް ފަހު ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި ބަންގްލަދޭޝް އަތުން 1-0 މޮޅުވި, މެޗު، މިގެ ފަސް މަސް ކުރިން ކުއްލި ގޮތަކަށް ނިޔާވި، ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު، މުހައްމަދު އާރިފް (ބަކާ) އަށް ހާއްސަކޮށްފި އެވެ.

މިއަދު ހަވީރު ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން ލީޑު ނެގީ އަލީ ފާސިރު (ސެންޓޭ) ޖެހި ގޯލުންނެވެ. މިއީ، ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި ވެސް ބަންގްލަދޭޝްގައި ކުޅެގެން އެ ގައުމު އަތުން ރާއްޖެ މޮޅުވި ފުރަތަމަ ފަހަރެވެ.

ގައުމީ ޓީމުގައި ބަކާ ބޭނުންކުރި ނަމްބަރަކީ ހައެކެވެ. މިއަދުގެ މެޗުގައި މި ނަމްބަރަށް ކުޅެފައިވަނީ އަހުމަދު އައިހަމް (ފަތޯ) އެވެ. މެޗަށް ފަހު ދިވެހި ޓީމުން އުފާފާޅުކުރަމުން ވަނީ "ދިސް އިޒް ފޯ ޔޫ ބަކާ" ޖަހާފައިވާ ޕޯސްޓަރެއް ދައްކާލައިފަ އެވެ. އެ ގަނޑު ހިފައިގެން ހުރީ، ހަ ނަމްބަރު ޖޯޒީގައި މިއަދުގެ މެޗުގައި އެއްކޮށް ކުޅުނު އައިހަމް އެވެ.

މެޗަށް ފަހު، ދިން އިންޓަވިއުގައި އައިހަމް ބުނީ، މިއީ އަހަރަކަށް ފަހު ގައުމީ ޓީމުން ކުުޅުނު ފުރަތަމަ މެޗު ކަމަށާއި ސަޕޯޓަރުންގެ އިތުބާރު ހޯދަން މި މޮޅު މުހިންމު ރޯލެއް ކުޅޭނެ ކަމަށެވެ.

މި ވަގުތު ގައުމީ ޓީމުގައި ތިބި ގިނަ ކުޅުންތެރިންނަކީ ބަކާއާ އެކު ކްލަބް ލެވަލްގައި އަދި ގައުމީ ޓީމުގައި ވެސް ކުޅެފައިވާ ކުޅުންތެރިންނެވެ. އަދި ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ވަނީ ބަކާއާ އެކު ގިނަ އަހަރުތަކެއް މަސައްކަތްކޮށްފަ އެވެ.

ރާއްޖޭން ސަރަހައްދުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދިއިރު ވެސް ޓީމުގައި ހިމެނޭ ބަކާ ނިޔާވީ ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު މާލެ އައިސް މާގިނަ ދުވަސްތަކެއް ނުވަނީހެވެ. މާލެ އައި ފަހުން ހުން ގަދަވެ، ހާލު ދެރަވާތީ އޭޑީކޭ ހޮސްޕިޓަލަށް ދެއްކުމުން އެނދުމަތިކޮށް އައިސީޔޫގައި ފަރުވާ ދޭން ފެށީ އެވެ.

ބަކާ ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ގިނަ ކްލަބްތަކަކަށް ކުޅެފަ އެވެ. އޭގެ ތެރޭގައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ވީބީ އައްޑޫ އެފްސީ، ކްލަބް އީގަލްސް، ކްލަބް ގްރީން ސްޓްރީޓްސް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ހިމެނެ އެވެ. އޭނާ ވަނީ މިޔަންމާގެ ކޭބީޒެޑް އަށް ވެސް ކުޅެފަ އެވެ.

ބަކާ، އެންމެ ފަހުން ގައުމީ ޓީމަށް ކުޅެފައިވަނީ، 2021 ވަނަ އަހަރު، ސާފް ޗެމްޕިއަންޝިޕަށް ނެގި ޕްރިލިމިނަރީ ސްކޮޑުގައި ހިމެނިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox