ބަޖެޓު ބަހުސްގައި މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު ގޮވާލީ އެމްޑީޕީގެ ވެރިން ހައްޔަރު ކުރަން

ބަޖެޓު ބަހުސްގައި މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު ގޮވާލީ އެމްޑީޕީގެ ވެރިން ހައްޔަރު ކުރަން

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާއި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިމެނޭހެން އެމްޑީޕީގެ ލީޑަރުން ހައްޔަރު ކުރަން މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު، މުހައްމަދު ޝަމީޒު ގޮވާލައްވައިފި އެވެ.

ބަޖެޓު ބަހުސްގައި ބައިވެރިވެ ވާހަކަ ދައްކަވަމުން ޝަމީޒު ތުހުމަތު ކުރެއްވީ ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އާކިޕެލަގޯގެ ރަށްތައް ކުރީ ސަރުކާރުން ވިއްކައިލި ކަމަށެވެ. އަދި އެއީ ރޯމާދުވާލު ކުރި ބޮޑު ވައްކަމެއް ކަމަށާއި އެކަން ކުރި ބަޔަކު ހައްޔަރު ކުރަންޖެހޭނެ ކަމަށް ޝަމީޒު ވިދާޅުވި އެވެ.

"އިއްޒަތްތެރި ރައީސް މިކަން ކުރި މީހުން ހިފައި ހައްޔަރު ކުރަން އަޅުގަނޑު ގޮވައިލަން، އަބްދުﷲ ޝާހިދު ހައްޔަރު ކުރަންވީ، އިބްރާހިމް މުހައްމަދު ސޯލިހު ހައްޔަރު ކުރަންވީ، ފައްޔާޒު ހައްޔަރު ކުރަންވީ، ފިނޭންސް މިނިސްޓަރަކަށް ހުރި އަމީރު ހައްޔަރު ކުރަންވީ، ކީއްވެތޯ ގާނޫނު ތަންފީޒު ނުކުރެވެނީ އިއްޒަތްތެރި ރައީސް، ގާނޫނު ތަންފީޒު ކުރެވެން ޖެހޭނެ،" ޝަމީޒު ވިދާޅުވި އެވެ.

ޗާގޯސް އާކިޕެލަގޯގެ ރަށްތައް ކުރީ ސަރުކާރުން ވިއްކައިލި ކަމަށް ވެރިކަން ކުރާ ޕީއެންސީން ތުހުމަތު ކުރާއިރު، ޗާގޯސްގެ މިލްކުވެރިކަމަށް ރާއްޖެއިން ދުވަހަކު ވެސް ދައުވާ ކޮށްފައެއް ނުވެ އެވެ. ނަމަވެސް ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލައަކީ ޒަމާނުއްސުރެ ފެންމަތިވެފައި އޮންނަ މައްސަލައެކެވެ.

ރާއްޖެ އާއި ޗާގޯސް އާކިޕެލަގޯ އާ ދެމެދުގެ އިން ކަނޑަނާޅައި އޮތީ އެ މައްސަލަ އާ ގުޅިގެންނެވެ. ޗާގޯސްގެ ސިޔާދަތީ ބާރަުވެރިކަމަށް ދައުވާކޮށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ކާމިޔާބު ހޯދި މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް އިމުގެ މައްސަލަ ހުށަހެޅީ އިން ކަނޑައަޅަން ފަށާނެ ހިސާބެއް ފާހަގަ ކުރުމަށެވެ.

އިޓްލޮސްއިން އެ މައްސަލަ ނިންމީ ރާއްޖެއިން ބޭނުންވި ގޮތަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ނުގެއްލޭ ގޮތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox