އަހަރެއް ފަހުން ލިބުނު ފުރުސަތުގެ ބޭނުންހިފަން ގައުމީ ޓީމު ތައްޔާރު

Nov 13, 2024, 4:12 AM
އަހަރެއް ފަހުން ލިބުނު ފުރުސަތުގެ ބޭނުންހިފަން ގައުމީ ޓީމު ތައްޔާރު

ގައުމީ ފުޓްބޯޅަ ޓީމަށް އަހަރެއް ފަހުން ކުޅެލަން ލިބުނު ބައިނަލްއަގުވާމީ މެޗުތަކުގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅޭއިރު، މި މެޗުތައް ކުޅެން ލިބުނު ފުރުސަތުގެ ބޭނުންހިފަން ކުޅުންތެރިން ތައްޔާރަށް ތިބި ކަމަށް ގައުމީ ޓީމުގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ) ބުނެފި އެވެ.

ފީފާ ރެޖިސްޓާޑް އެކުވެރިކަމުގެ ދެ މެޗުގައި ހަތަރު ދުވަސް ތެރޭ ރާއްޖޭން ދެ ފަހަރު ބަންގްލަދޭޝާ ކުޅޭއިރު، އޭގެ ތެރެއިން ފުރަތަމަ މެޗު އޮންނާނީ މިއަދު ހަވީރު އެވެ. އެ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލަކަށް ޖަވާބުދެމުން ގައުމީ ކެޕްޓަން ސަމުއްޓެ ބުނީ، މި މެޗަށް ތައްޔާރުވާއިރު، ގައުމީ ޓީމުގެ ރޫހު ރަނގަޅު ކަމަށެވެ.

"ޓީމުގެ ކުޅުންތެރިން ތިބީ މި މެޗަށް ވަރަށް ބޮޑަށް ތައްޔާރުވެފައި ވަރަށް ގިނަ ދުވަސްތަކެއް ފަހުން ގައުމީ ޓީމު މެޗެއް ކުޅެލަން މި ލިބުނީ، ހުރިހާ ޕްލޭޔަރުން ވެސް ބޭނުންވަނީ މި މެޗުން މޮޅުވާން. މި މެޗުތަކުން މޮޅުވެގެން އެނބުރި ރާއްޖެ ދިއުމަށް،" ސަމުއްޓެ ބުންޏެވެ.

ގައުމީ ފުޓްބޯޅަ ޓީމުން އެންމެ ފަހުން މެޗެއް ކުޅެފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު، ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގަ އެވެ. އެ ދެ މެޗުގައި އަނިޔާގެ ސަބަބުން ސަމުއްޓެ ނުކުޅެ އެވެ. އެހެންކަމުން، މި ފަހަރުގެ ބަންގްލަދޭޝް މެޗުތަކަކީ، ސަމުއްޓެ، ގައުމީ ޓީމަށް މެޗެއް އަލުން ކުޅެން ކުރި އިންތިޒާރު އެހެން ސީނިއާ ކުޅުންތެރިންނަށް ވުރެ ދިގުވާނެ ސަބަބެކެވެ.

ބަންގްލަދޭޝް މެޗުގެ ކުރިން، ގައުމީ ކޯޗު އަލީ ސުޒޭން، އެންމެ ބޮޑަށް ފާހަގަކުރި އެއް ކަމަކީ، ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅަ ހުއްޓިފައި އޮންނަތާ އަހަރެއްހާ ދުވަސްވާން ގާތްވެފައިވާއިރު، އެ ވާހަކަ ދެއްކުމަށް ވުރެ ޕޮޒިޓިވްކޮށް ހުރި ކަންކަން ފާހަގަކޮށް ހިތްވަރު ހޯދުމަށެވެ. އެ ގޮތުން، ރާއްޖޭގެ އެކި ސަރަަހައްދުތަކުގައި ބޭއްވި މުބާރާތްތަކުގައި ގައުމީ ޓީމުގެ ކުޅުންތެރިން ކުޅެފައިވާކަން ސުޒޭން ފާހަގަކުރިއިރު، ސަމުއްޓެ ވެސް ވަނީ އެ އަށް އަލި އަޅުވާލައިފަ އެވެ.

"ކޯޗު ބުނިގޮތަށް ބައިވަރު ޕްލޭޔަރުން ރަށްރަށުގެ މުބާރާތްތަކުގައި ކުޅެފައިތިބީ، އަންނާނެ އުނދަގޫތައް. އެ އުނދަގޫތައް އެއް ފަރާތެއްގައި ބެހެއްޓުމަށް ފަހު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ކުރެވެން ހުރި ކަމެއް ކޮށްގެން މި މެޗުން މޮޅުވާން،" ހުރި އުނދަގޫތަކަށް އިޝާރާތްކޮށް ސަމުއްޓެ ބުންޏެވެ.

ސަމުއްޓެ އަކީ ގައުމީ ޓީމުގެ މެޖޯރިޓީ އެ ކްލަބަކަށް ނިސްބަތްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ވެސް ލީޑަރެކެވެ. މާޒިޔާ އިން ވަނީ ދާދި ފަހުން އޭއެފްސީ ޗެލެންްޖް ލީގުގައި ވާދަކޮށްފަ އެވެ. ގައުމީ ޓީމުގައި މާޒިޔާ 14 ކުޅުންތެރިން ހިމެނޭއިރު، ސަމުއްޓެ ދެކޭގޮތުގައި އޭގެއިން ވެސް ޕޮޒިޓިވް ކަންކަން އެބަހުއްޓެވެ.

ބަންގްލަދޭޝާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މިއަދު 17:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox