ފުޓްބޯޅައިގެ ހައްގުގައި މި ވަގުތު މުހިންމު ކަމެއް ހާސިލްކުރަން ބޭނުން: ސުޒޭން

Nov 12, 2024, 3:26 PM
ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން: އޭނާ ވަނީ މި ވަގުތު ދިވެހި ފުޓްބޯޅައިގެ ހައްގުގައި އެއްޗެއް ސާބިތުކޮށްދިނުމަށްޓަކައި ވެސް ބަންގްލަދޭޝް އަތުން މޮޅުވުން މުހިންމު ކަމަށް.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން: އޭނާ ވަނީ މި ވަގުތު ދިވެހި ފުޓްބޯޅައިގެ ހައްގުގައި އެއްޗެއް ސާބިތުކޮށްދިނުމަށްޓަކައި ވެސް ބަންގްލަދޭޝް އަތުން މޮޅުވުން މުހިންމު ކަމަށް.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ ފީފާ ރެޖިސްޓާޑް އެކުވެރިކަމުގެ ދެ މެޗުގައި، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ނަތީޖާ ނެރެން ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނެ އެންމެ ބޮޑު ސަބަބަކީ ދިވެހި ފުޓްބޯޅައިގެ ހައްގުގައި މި ވަގުތު މުހިންމު ކަމެއް ހާސިލްކުރުން ކަމަށް ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެެވެ.

ފީފާ އެކުވެރިކަމުގެ ދެ މެޗުގައި ބަންގްލަދޭޝާ ދެކޮޅަށް ރާއްޖޭން ކުޅޭއިރު، މިއީ އަހަރަކަށް ވުރެ ގިނަ ދުވަސްފަހުން ރާއްޖޭން ކުޅޭ ފުރަތަމަ އިންޓަނޭޝަނަލް މެޗުތަކެވެ.

ބަންގްލަދޭޝާ ކުޅޭ ފުރަތަމަ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސުޒޭން ވަނީ ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުން މި މެޗުތަކަށް ދިން ދައުވަތަށް ޝުކުރު އަދާކޮށްފަ އެވެ. އަދި، މިއީ، ބައިނަލްއަގުވާމީ ފުޓްބޯޅަ އަލުން ފަށަން ރާއްޖެ އަށް ފަހިވި ފުރުސަތެއްގެ ގޮތުގައި ސުޒޭން ވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖޭގެ ފުޓްބޯޅަ މި ވަގުތު އޮތް އުނދަގޫ ހާލަތުގައި، މިއީ ކުޅުންތެރިންނަށް، "މެންޓަލީ" ޗެލެންޖެއްތޯ ސުވާލުކުރުމުން ސުޒޭން ބުނީ އެއީ ހަގީގަތެއް ނޫން ކަމަށެެވެ. ރާއްޖޭގެ ކުޅުންތެރިން އެ އަށް ވުރެ މެންޓަލީ ވަރުގަދަ ކަމަށާއި މި މެޗުތަކަށް އައީ ހާއްސަ އަޒުމެއް ވެސް އޮވެގެން ކަން ސުޒޭން ފާހަގަކުރި އެވެ.

"މިއީ، ރާއްޖޭގެ ކުޅުންތެރިން ދިވެހި ފުޓްބޯޅައިގެ ހައްގުގައި ކޮންމެ ވަގުތެއްގައި ވެސް ތިބޭނެކަން ސާބިތުކޮށްދޭން ލިބުނު ފުރުސަތެއް. ވަރަށް މޯޓިވޭޓްވެފައި ކުޅުންތެރިން ތިބީ. މޮޅުވާން އައިސް މި ތިބީ،" ސުޒޭން ބުންޏެވެ.

ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ މި މެޗުތަކަށް މިދިޔަ ސެޕްޓެމްބަރު 20 ވަނަ ދުވަހު ރާއްޖޭން ޕްރެކްޓިސް ފެށީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅުންތެރިން ނުލަ އެެވެ. އެއީ، އޭއެފްސީ ޗެލެންޖް ލީގަށް ތައްޔާރުވާން އެ ކްލަބުން ވަކިން ޕްރެކްޓިސް ކުރާތީ އެވެ. މާޒިޔާ ކުޅުންތެރިންނާ އެކު މި މަހު ފަސް ވަނަ ދުވަހުން ފެށިގެން ޕްރެކްޓިސްކޮށް، މީގެ ދެ ދުވަސް ކުރިން ބަންގްލަދޭޝަށް ރާއްޖެ ޓީމު ވަނީ ގޮސްފަ އެވެ.

ސުޒޭން ބުނީ، ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ މި މެޗުތަކަށް ޖުމްލަކޮށް ތައްޔާރީތައް ދިޔަ ގޮތާ މެދު ހިތްހަަމަޖެހޭ ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސުޒޭން (މ) އާއި ޓީމުގެ ކެޕްޓަން، ސަމުއްޓެ.-- ފޮޓޯ: ހާލިދު މަހްމޫދު/ ބަންގްލަދޭޝް

މާޒިޔާ ކުޅުންތެރިން އޭއެފްސީ ޗެލެންޖް ލީގުގައި ރަނގަޅު މެޗުތަކެއް ކުޅެފައިވާތީ އެއީ ހިތްހަމަޖެހުމެއް ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ. އަދި ޓީމުގައި ތިބި ކުޅުންތެރިން ރާއްޖޭގެ އެކި ރަށްރަށުގައި ބޭއްވި މުބާރާތްތަކުގައި ކުޅެފައިވާތީވެ، އެކަމުގެ ފައިދާ ވެސް ކޮންމެ ވެސް ވަރަކަށް އެބައޮތް ކަމަށް ސުޒޭން ދެކެ އެވެ.

"ރާއްޖެ އަކީ 200 ވަރަކަށް ރަށުގެ މައްޗަށް އޮތް ގައުމެއް. ރާއްޖޭގައި މިދިޔަ އަހަރެއްހާ ދުވަސްތެރޭ މި ރަށްތަކުގައި ގިނަ މުބާރާތްތަކެއް އޮތް. ގާތްގަނޑަކަށް 50 ނޫނީ 60 ވަރަކަށް މުބާރާތް، އެ ކުޑަ މުބާރާތްތަކުގައި އަހަރެމެންގެ ކުޅުންތެރިން އުޅުނީ ވަރަށް ބިޒީކޮށް، ދެން، މާޒިޔާ އިން ބިދޭސީ ކޯޗަކާ އެކު ރަނގަޅު ޕްރެކްޓިސްތަކެއްކޮށް، ވަރަށް ރަނގަޅަށް ކުޅެފި، އެހެންވީމަ އަހަރެން ވަރަށް ކޮންފިޑެންސާ އެކު މި ހުރީ،" ސުޒޭން ބުންޏެވެ.

ބަންގްލަދޭޝާ ދެކޮޅަށް ރާއްޖޭން ކުޅޭއިރު، ޓީމުގެ މުހިންމު ކުޅުންތެރިންތަކުގެ ތެރެއިން ނުފެންނާނީ، މިޑްފީލްޑަރު، އިބްރާހިމް އައިސަމް ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ. ދެން، ޓީމުގައި ހިމެނޭ މުހިންމު ކުޅުންތެރިން މި މެޗުތަކުގައި ފެންނާނެ ކަމަށް އޭނާ ވަނީ ބުނެފަ އެެވެ.

ދިވެހި ފުޓްބޯޅައިގެ ހާލަތަށް ބަލާއިރު މިދިޔަ އަހަރުގެ ނާކާމިޔާބީގެ "މާޔޫސްކަމެއް ނެތް"

މިދިޔަ އަހަރު ފީފާ ވޯލްޑް ކަޕް/އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ރާއްޖޭން ބަންގްލަދޭޝާ ދެކޮޅަށް ކުޅެ ބަލިވީ އެވެ. މާލޭގައި ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، ބަންގްލަދޭޝްގައި ކުޅުނު މެޗުން 2-1 ބަލިވެ، ރާއްޖެ، ކޮލިފައިން އިން ކެޓީ އެވެ. މިއީ، ރާއްޖޭގެ ފުޓްބޯޅަ އަށް ވެއްޓުމެކެވެ.

އެ މެޗުން ބަލިވުމުން ދިވެހި ފުޓްބޯޅަ އަށް ދެން ދިމާވި ކަންތައްތަކަށް ބަލާއިރު، ބަންގްލަދޭޝާ އެކު ނުކުތް އެ ނަތީޖާއާ މެދު ހިތާމަކުރާ ކަމެއް އެބައޮތްތޯ ސުވާލުކުރުމުން، ސުޒޭން ބުނީ، ހިތާމަ އަކީ ހަމައެކަނި އެ މެޗުން ބަލިވުން އެކަނި ކަމަށެވެ.

"ހިތާމަ އަކީ އެ މެޗުން ބަލިވުން އެކަނި، ދެން ތި ބުނި ފުޓްބޯޅައިގެ ކަންކަމުގެ ރިގްރެޓެއް ނެތް. ސަބަބަކީ، އޮސްޓްރޭލިއާ އަށް ކޮލިފައިން މެޗުތައް ކުޅެން ދިއުމާ އެ ހުރިހާ ކަމަކަށް ބަލާއިރު، އަހަރެމެންގެ އެފްއޭ (އެފްއޭއެމް) އޮތް ހާލަތުން، އަހަންނަށް ބިރު އޮތް، އެ މެޗުތަކަށް ދަތުރުކުރެވިދާނެތޯ ވެސް، އެއީ އެ ފަދަ ކްރައިސިސްއެއް އޮތީ. ޝައްކު އުފެދިފައި އޮތީ ކޮލިފައިން ދެ ވަނަ ބުރުގައި ކުޅެވިދާނެތޯ. އެހެންވީމަ، ހިތާމަ އަކީ ހަަމައެކަނި އެ މެޗުން ބަލިވުން،" ސުޒޭން ބުންޏެވެ.

ރާއްޖޭން އަންނަނީ 2021 ވަނަ އަހަރުން ފެށިގެން، ދެކުނު އޭޝިއާގެ ޓީމުތަކާ ދެކޮޅަށް، ރަނގަޅު ފުޓްބޯޅައެއް ކުޅެމުން ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.

އެ ގޮތުން، ބަލާއިރު، ބަންގްލަދޭޝާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ވެސް ބޯޅަ ހިފަހައްޓައިގެން، ރާއްޖޭން ރަނގަޅު ފުޓްބޯޅައެއް ކުޅެފައިވާ ކަމަށާއި ނަތީޖާ ނެރުމުގައި މައްސަލަތަކެއް ކުރިމަތިވަަނީ ކަމަށް ސުޒޭންގެ ވާހަކައިގައި ފާހަަގަކުރި އެެވެ.

ބަންގްލަދޭޝް ދަނޑުގައި މި މެޗު ކުޅުމަކީ އެ ޓީމުގެ ކުޅުންތެރިންނަށް އެޑްވާންޓޭޖެއް ކަމަށާއި އެކަމަކު، ރާއްޖެ ޓީމުގައި ހިމެނޭ މެޖޯރިޓީ ކުޅުންތެރިންނަކީ މާޒިޔާ ކުޅުންތެރިން ކަމަށްވާއިރު، އެ ކުޅުންތެރިން ވެސް މި ދަނޑުގައި ގިނަ ފަހަރުތަކެއް މަތިން ކުޅެފައި ހުރުމަކީ އޭގެ ފައިދާ ކުރާނެ ކަމެއްގެ ގޮތުގައި ސުޒޭން ގަބޫލުކުރެ އެެވެ.

"މި ޕިޗު ވެސް ރަނގަޅު، އަހަރެމެންގެ އެޓޭކިން ޕްލޭޔަރުންނަށް އެޑްވާންޓޭޖް ނެގިދާނެ،" ސުޒޭން ބުންޏެވެ.

ރާއްޖޭން ފުޓްބޯޅަ ކުޅެން ފެށިއިރު، ބަންގްލަދޭޝް އިން ވަނީ ފަސޭހައިން އަށެއް ނޫނީ ނުވަ ގޯލު ޖަހައި ރާއްޖެ ބަލިކޮށްފައި ކަމަށް ސުޒޭން ވަނީ ބުނެފަ އެެވެ. އެކަމަކު، ފަހުން އެކަން ބަދަލުވެ، ރާއްޖޭން އައީ ކޮންމެ ދުވަަހަކު ކަހަލަ ގޮތަކަށް ބަންގްލަދޭޝް ބަލިކުރަމުން ކަމަށާއި އެކަމަކު، މިދިޔަ ތިން އަހަރު އެކަން ބަދަލުވެ، ބަންގްލަދޭޝް ވެސް ކުރިއެރުން ހޯދަމުން އަންނަ ކަމަށް ސުޒޭން ގަބޫލުކުރެ އެވެ.

"ފަހުން މި އައި މި ބަދަލު މި އައީ މި ކޯޗު، (ބަންގްލަދޭޝްގެ ކޯޗު ކަބްރޭރާ) ގެ މަސައްކަތް ރަނގަޅު. އޭނައާ އެކު މި ޓީމު ހަގީގަތުގައި ކުރިއަރައިފި. ދެން، މި މެޗަށް ބަލާއިރު، އެންމެނަށް ވެސް އެނގޭނެ ރާއްޖޭގެ އެޓޭކިން ހަލުވި ކުޅުންތެރިން މި ތިބީ. މި ކުޅުންތެރިންނާ އެކު އަހަރެމެންނަށް ކަމެއް ހާސިލްކުރެވޭނެ،" ސުޒޭން ބުންޏެވެ.

އެންމެ ފަހުން ރާއްޖެ އާއި ބަންގްލަދޭޝް ކުޅުނު ހަ މެޗަށް (2021 ވަނަ އަހަރުން ފެށިގެން) ބަލާއިރު، ބަންގްލަދޭޝް ވަނީ ތިން މެޗުން މޮޅުވެފަ އެވެ. ރާއްޖެ ދެ މެޗުން މޮޅުވިއިރު، އެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. ބަންގްލަދޭޝް އާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 17:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox