ސްޕޯޓިންގެ ޔޯކެރޭޝް ވިއްކާނީ 100 މިލިއަން ޑޮލަރަށް

Nov 12, 2024, 8:15 AM
ސްޕޯޓިންގެ ޔޯކެރޭޝް ވިއްކާނީ 100 މިލިއަން ޑޮލަރަށް

ލިޒްބަން (ނޮވެމްބަރު 12) - ސްޕޯޓިން ލިޒްބަން އަށް ކުޅެމުން އަންނަ ސްވިޑެންގެ ފޯވާޑް ވިކްޓޯ ޔޯކެރޭޝް ވިއްކާނީ، އޭނާގެ ކޮންޓްރެކްޓް ގަންނަން ދައްކަން ޖެހޭ ފީ ކަމަށްވާ 100 މިލިއަން ޑޮލަރު ދިނުމުން ކަމަށް ސްޕޯޓިން އިން ބުނެފި އެވެ.

ސްޕޯޓިންގެ ކޯޗު، ރުބެން އަމޮރިމް އާއި އޭނާގެ ކޯޗިން ސްޓާފުން ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފަ އެވެ. ޖެނުއަރީ ޓްރާންސްފާގައި، ސްޕޯޓިންގެ ތަރި، ޔޯކެރޭޝް، 26، ވެސް އެ ކްލަބް ދޫކޮށްލާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނާއިރު، އޭނާ ޔުނައިޓެޑަށް ގެންދަން އުޅޭ ކަމުގެ އަޑުވެސް ވަނީ ފެތުރިފަ އެވެ.

މި ވާހަކަތަކާ ގުޅޭގޮތުން އަމާޒުވި ސުވާލަކަށް ސްޕޯޓިންގެ ރައީސް ފެޑެރީކޯ ވަރަންޑާސް ވިދާޅުވީ، ޓްރާންސްފާއާ ގުޅޭ ކަންތައްތަކާ ބެހޭގޮތުން އެއްވެސް ޔަގީންކަމެއް ނުދެވޭނެ ކަމަށެެވެ.

Advertisement

"ކްލަބަކުން އައިސް އޭނަ (ޔޯކެރޭޝް)ގެ ރިލީސް ކްލޯސް (ކޮންޓްރެކްޓް ގަންނަން ދައްކަން ޖެހޭ ފީ) 100 މލިއަން ޑޮލަރު ދޭން އެއްބަސްވެއްޖެނަމަ، އޭނަ ދާން ބޭނުންވިއްޔާ ދެވޭނެ، ހުއްޓުވޭނެ ގޮތެއް ނެތް،" ވަރަންޑާސް ވިދާޅުވި އެެވެ.

އެކަަމަކު، ވަރަންޑާސް ދެކޭގޮތުގައި، ޖެނުއަރީ ޓްރާންސްފާގައި ކްލަބަކަށް އެ ވަރު އިންވެސްޓް ކުރުމަކީ ފަސޭހަކަމަކަށް ނުވާނެ އެވެ.

އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ކަވެންޓްރީ ސިޓީ އަށް 25 މިލިއަން ޑޮލަރު ދީފައި ސްޕޯޓިން ޔޯކެރޭޝް ގަތީ މިިދިޔަ އަހަރުގެ ޖުލައި މަހުގަ އެވެ. އޭނާ، ސްޕޯޓިންއާ އެކު ސޮއިކުރީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ޔޯކެރޭޝް މިހާތަނަށް ސްޕޯޓިން އަށް ކުޅެދިން 68 މެޗުން 66 ލަނޑު ޖަހައި، 19 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައިވެ އެވެ.

ދާދި ފަހުން ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ ކޮޅަށް ހެޓްރިކް ހެދި ޔޯކެރޭޝް މި ސީޒަނުގައި ވަނީ، 18 މެޗުން 23 ގޯލު ޖަހައި، ހަތަރު ލަނޑު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox