ސަރުކާރުގެ މިސްރާބު މިހާރު ހުރީ ރަސްކަމަކާ ދިމާލަށް: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ސަރުކާރުގެ މިސްރާބު މިހާރު ހުރީ ރަސްކަމަކާ ދިމާލަށް ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ސަރުކާރުގެ މިސްރާބު މިހާރު ހުރީ ރަސްކަމަކާ ދިމާލަށް ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

ސަރުކާރުގެ މިސްރާބު ރަސްކަމަކާ ދިމާލަށް ދާތަން ފެންނަ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ފައްޔާޒް ވިދާޅުވީ ސަރުކާރުން ނަގާނެ ކަމަށް އިއުލާން ކޮށްފައިވާ ދެ ފެންނަ ނުފެންނަ ވޯޓަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ނުބައި ރޭވުމުގެ ތެރެއިން" ރަސްކަމަކަށް ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

"މިހާރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ މި ގައުމު ވަރަށް ނުބައި ދިމާލަކަށް ގެންދާތަން. އަޅުގަނޑުމެން އެއް އަހަރު ދުވަސްވަންދެން ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ރޯލު އަދާކޮށްފިން. ސަރުކާރަށް ރައްޔިތުން ދިން މެންޑޭޓާ އެއްގޮތަށް ވެރިކަން ކުރުމަށް ޖާގަ ދީފިން ތަންމިނަށް އަޅުގަނޑުމެން،" ފައްޔާޒް ވިދާޅުވި އެވެ.

"ރައްޔިތުންނަށް ވީ ވައުދުތައް އުނބަށް ޖަހަމުންދާއިރުގައި ވަރަށް ކެތްތެރިކަމާ އެކު މިތިބީ. މިހާރު އެހެން ނަމަވެސް މި ދާން މިއުޅެނީ ވިރާސީ ވެރިކަމަކާ [ރަސްކަމަކާ] ދިމާލަށް. ރޭގައި އިއުލާން ކުރެވިގެން އެ ދިޔަ ރައްޔިތުންނާ ހިސާބަށް ގެންދާ ދެ ރިފަރެންޑަމްއަކީ މިކަން މުޅިން އެގޮތަށް ބަދަލު ކުރުމަށް ޑރ. މުއިއްޒުގެ ނުބައި ރޭވުމުގެ ތެރެއިން ކުރާ ކަމެއް ކަމަށް އަޅުގަނޑަށް އެއްވެސް ޝައްކެތް ނެތް."

ފައްޔާޒް ވިދާޅުވީ ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ދެއްކި މެނިފެސްޓޯއާ ތަފާތު މެނިފެސްޓޯއެއްގެ ވާހަކަ މިހާރު ދައްކަމުންދާކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ ހަރަދު ކުޑަ ކުރުމަށް ކަމަށް ބުނެ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލަން އުޅެނީ ފާރަވެރި ދައުލަތެއްގެ ސިފަ ގެއްލުވާލަން ކަމަށެވެ.

ސަރުކާރުން ބޭނުންވަނީ ފައިސާ އާއި ބާރާއި ނުފޫޒުގެ ތެރެއިން ވެރިކަމާއި މަޖިލިސް އެއްކޮށް ނިގުޅައިގަންނަން ކަމަށާއި އެއީ އެއްގޮތަކަށް ވެސް ދޫކޮށްލައިގެން ތިބެވޭ ވަރުގެ ކަންތައްތަކެއް ނޫން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒްގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ރައީސް މުއިއްޒުގެ މިސްރާބު މިހާރު ހުރީ ރަސްކަމަކާ ދިމާލަށް ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox