ބަޖެޓު 25: މިއަދު ބަހުސް ފަށާއިރު ވެސް ބަޖެޓުގެ ތަފުސީލެއް ނޭނގޭ

ބަޖެޓު ވެބްސައިޓުގައި ބަޖެޓު ފޮތަށް ހިމަނާފައިވާ ސަފުހާއަށް "404 އެރާ" އަރާފައި.

ބަޖެޓު ވެބްސައިޓުގައި ބަޖެޓު ފޮތަށް ހިމަނާފައިވާ ސަފުހާއަށް "404 އެރާ" އަރާފައި.

އަންނަ އަހަރަށް ލަފާކުރާ 56 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓާ ގުޅޭ ބަހުސް ރައްޔިތުންގެ މަޖިލީހުގައި މިއަދު ފަށާއިރު ވެސް، އަންނަ އަހަރަށް ރާވާފައިވާ ބަޖެޓުގެ ތަފުސީލާއި ރަށްރަށުގައި ހިންގާ މަޝްރޫއުތަކުގެ ތަފުސީލު ހާމައެއްނުކުރި އެވެ.

އޮކްޓޯބަރު 31، 2024، ގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހަށް ހުށަހެޅި 2025 ގެ ބަޖެޓު ތައްޔާރު ކުރުމަށްފަހު އެހެން އަހަރުތަކާ ހިލާފަށް، ވަކިވަކި މަޝްރޫއުތަކާއި ރަށްރަށަށް ހާއްސަކޮށް ކުރަން ރާވާފައިވާ ކަންކަމުގެ ތަފުސީލެއް ނުހިމަނަ އެވެ.

ބަޖެޓުގެ ތަފުސީލު ނެތުމުން އިދިކޮޅު މެންބަރުން ދިޔައީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕާޓީ، އެމްޑީޕީ ތަމްސީލުކުރާ ބައެއް މެންބަރުން "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިއަދު ބަޖެޓަށް ބަހުސް ފަށާއިރު، ތަފްސީލު ނޭނގޭތީ އިންތިހާ އަށް ކަންބޮޑުވާ ކަމަށެވެ.

"މަޖިލީހަށް މިހާރު ފޮނުވާފައިވާ ބަޖެޓު ފޮތުގައި ވެސް މަޝްރޫއުތަކާއި ރަށްރަށުގައި ހިންގާ މަޝްރޫއުތަކުގެ ތަފުސީލެއް ނެތް. މިއީ ދުވަހަކު ވެސް ފިނޭންސް މިނިސްޓްރީން ބަޖެޓު ހުށަހެޅި ގޮތެއް ނޫން. މިއީ ބޮޑު އޮޅުވައިލުމެއް އެ މައުލޫމާތަކީ ރައްޔިތުންނަށް، ރައްޔިތުންގެ މަންދޫބުންނަށް ވެސް އެނގެންޖެހޭ މައުލޫމާތު،" ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ތަފްސީލު ހާމަކުރަން ސަރުކާރުން ބޭނުން ނުވާ މައިގަނޑު ސަބަބަކީ، ހިނގަމުން މިދާ އަހަރުގެ ހަރަދުކުރި ގޮތް ފޮރުވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ބަޖެޓުން ހަރަދުކުރާ ގޮތުގެ ތަފްސީލު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނުދޭއިރު، ބަޖެޓު.ގޮވް.އެމްވީ އިން ބަޖެޓުގެ މައި ފޮތަށް ވެސް ނުވަދެވެ އެވެ. ކުރިން އެ ވެބްސައިޓު ޑައުންކޮށްފައި ހުއްޓަސް މިހާރު ބައެއް މައުލޫމާތަށް ވަދެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox