އަހަރެން ޖަލަށް ލެވިދާނެ ކަމަށް ހީކުރުމަކީ ކުށްހީއެއް: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން -- ފޮޓޯ: އަދަދު ނޫސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން -- ފޮޓޯ: އަދަދު ނޫސް

އެމަނިކުފާނު ޖަލަށް ލެވިދާނެ ކަމަށް މި ސަރުކާރުގެ ވެރިން ހީކުރެއްވުމަކީ އެ ބޭފުޅުން ކުރައްވާ ކުށްހީއެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ދައުލަތުން ދައުވާ އުފުލާފައިވާ ދެ މައްސަލައިގައި ވެސް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ދެއްވާފައިވާ ބަޔާނަށް ބާރު ދޭ އިތުރު އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

އެހެންވެ، ފަނޑިޔާރުން ގޯހެއް ނުހަދާ ނަމަ، ރައީސުލްޖުމްހޫރިއްޔާ ބޭނުން ވިޔަސް އެ މަނިކުފާނު ޖަލަށް ލެވޭނެ ގޮތެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރައީސް ޔާމީން ޖަލަށް ލެވިދާނެ ކަމަށް ހީކުރާ ހީކުރުމަކީ ހަމަ ކުށް ހީއެއް. އެއީ ރައީސުލްޖުމްހޫރިއްޔާ އަންގައިގެން އަދި އެކަން ވެދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން އިނގޭތޯ،" 2013-2018 އަށް ވެރިކަން ކުރެއްވި ޔާމީން ވިދާޅުވި އެވެ.

"އެއަށް ވުރެ ބޮޑަށް އަޅުގަނޑުގެ އިތުބާރު އޮވޭ އިސްތިއުނާފު ކޯޓުތަކުގެ ފަނޑިޔާރުންނަށް. އިސްތިއުނާފު ކޯޓުތަކުގެ ފަނޑިޔާރުން ގޯސް ހައްދަވައިފި ކަމަށް ވަންޏާ އެކަން ވެދާނެ. އެހެން ނޫނީ އެކަން ވާނެ ގޮތަކީ ނެތް ގޮތެއް. އެއީކީ ވާނެ ކަމެއް ނޫން."

ޔާމީންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އެ މަނިކުފާނުގެ ވެރިކަމުގައި، ރިސޯޓު ތަރައްގީކުރަން އެމްއެމްޕީއާރުސީ މެދުވެރިކޮށް ވިއްކާފައިވާ ދެ ރަށް ކަމުގައިވާ ވ. އާރަށް، އަދި ރ. ފުއްގިރީގެ މުއާމަލާތުގައި ހިންގި ކަމަށް ތުހުމަތު ކުރާ ހިޔާނާތުގެ މައްސަލަ އެވެ.

ވ. އާރަށުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް 2022، ގައި އިއްވި އެވެ.

އެ މަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވުނީ އެ ހުކުމް ދެމިއޮތުމުންނެވެ.

ނަމަވެސް، އޭޕްރީލް 18، 2024 ގައި ހައިކޯޓުން އެ ކުމް ބާތިލުކޮށް، އަލުން މައްސަލަ ބަލަން ކްރިމިނަލް ކޯޓަށް އެންގުމާއެކު ޔާމީން މިނިވަންވި އެވެ.

ޔާމީން ޖަލަށް ލުމަށް ކުރީ ހަރާމް ހުކުމެއް ކަމަށް، މި ސަރުކާރުގައި ތިއްބެވި ބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު ވިދާޅުވަމުން ދިޔަ އެވެ.

ނަމަވެސް މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ބައެއް ވެރިންނަށް ޔާމީންގެ ވެރިކަން ވަނީ ގޯސްވެފަ އެވެ.

އާރަށުގެ އިސްތިއުނާފުގެ މައްސަލަ ހައިކޯޓުގައި ކުރިއަށް ގެންދިޔައިރު މި ސަރުކާރުގެ ވެރިން ނުފޫޒު ފޯރުވި ކަމަށް ޔާމީން ތުހުމަތު ކުރައްވާފައިވެ އެވެ.

ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާ ދެ މައްސަލަ ކޯޓުގައި އޮތްއިރު، 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އެމަނިކުފާނު ވަނީ އިއުލާނު ކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox