ހުލާސާކޮށް އިއްޔެ: ޔާމީންގެ ވެރިކަން ރައީސް މުއިއްޒަށް ކުރިން ރަނގަޅު، މިހާރު ގޯސް

Nov 12, 2024, 1:25 AM
ކުރީގެ ރައީސް ޔާމީން ވެރިކަމުގައި ހުންނެވި ދުވަސްވަރު، އެ މަނިކުފާނު އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާ ސަލާމްކުރައްވަނީ. ޔާމީން ކުރެއްވީ އަނިޔާވެރި ވެރިކަމެއް ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔައިރު، އެކަން މުއިއްޒު ދިފާއު ކުރެއްވި. ނަމަވެސް މިހާރު އެ ވެރިކަން ގޯސް. -- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް ޔާމީން ވެރިކަމުގައި ހުންނެވި ދުވަސްވަރު، އެ މަނިކުފާނު އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާ ސަލާމްކުރައްވަނީ. ޔާމީން ކުރެއްވީ އަނިޔާވެރި ވެރިކަމެއް ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔައިރު، އެކަން މުއިއްޒު ދިފާއު ކުރެއްވި. ނަމަވެސް މިހާރު އެ ވެރިކަން ގޯސް. -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް އެ ވެރިކަމެއްގައި ހިމެނިވަޑައިގެންނެވި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ސިފަ ކުރައްވަމުން އައި ގޮތް ބަދަލު ކުރައްވައި އެ ވެރިކަމަށް ފުރަތަމަ ފަހަރަށް ރައީސް މުއިއްޒު ފާޑުވިދާޅުވި އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އާދީއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނުސީދާކޮށް ރައީސް ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ސިޔާސީ ގޮތުން ބަދަލު ހިފުމަށް އަނިޔާވެރިކަމާއެކު މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.

"މީގެ ކުރީގައި އެކަން އޮތީ ކޮންމެވެސް ވަރަކަށް ފެނިފައި. އެކި ގޮތްގޮތުން، ފްރޭމްކޮށްގެން ކަމުގައި ވިޔަސް ނޫނީވިއްޔާ އެހެން ގޮތަކުން ވިޔަސް އަނިޔާވެރިކަމާ އެކީގައި ސިޔާސީ ވާދަވެރިން ގެންގޮސް ޖަލަށްލައި އަނިޔާކޮށްފައި. އެއީ ތިމަންނައާ ތިމާގެ މީހަކަށް ވިޔަސް ތިމަންނަގެ ރައްޓެއްސެއް ވިޔަސް ކޮންމެ މީހެއް ވިޔަސް، ސިޔާސީ މީހެއް ވިއްޔާ ދުރައްލައި އެއްކައިރި ކުރި ޒަމާން މި ގައުމުގައި އިރާދަ ކުރެއްވިއްޔާ ތާ އަބަދަށް މި ވެރިކަން ފެށުނު ދުވަހުން ފެށިގެން ވާނީ ނެތިގެން ގޮސްފައި،" ރައީސް ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީނުގެ ވެރިކަމާ ގުޅޭގޮތުން ނުސީދާކޮށް މި މޭރުމުން ރައީސް ވާހަކަދެއްކެވި ނަމަވެސް މީގެ ކުރިން އެ ވެރިކަން ރައީސް މުއިއްޒު ސިފަ ކުރެއްވީ މުޅީން ތަފާތުކޮށެވެ. އެ ވެރިކަމާ ގުޅޭގޮތުން ކުރިން އަމާޒުވި ސުވާލުތަކަށް ފަރިތަކަމާއެކު ރައީސް ޖަވާބު ދެއްވީ ޔާމީނު ދިފާއު ކުރައްވައި އެ ވެރިކަމަށް ވެސް ތައުރީފު ކުރައްވަމުންނެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox