ޓްރީ ޓޮޕް ހޮސްޕިޓަލުން ޑިސެމްބަރު މަހުގެ ހިތާނީ ކޭމްޕަށް ހުޅުވާލައިފި

ޓްރީޓޮޕް ހިތާނީ ކޭމްޕްގެ ޕްރޮމޯޝަނަލް ފޮޓޯއެއް: ޓްރީޓޮޕް ހިތާނީ ކޭމްޕްގައި ބައިވެރިވާން ވަނީ ހުޅުވާލާފައި -- ފޮޓޯ: ޓްރީޓޮޕް

ޓްރީޓޮޕް ހިތާނީ ކޭމްޕްގެ ޕްރޮމޯޝަނަލް ފޮޓޯއެއް: ޓްރީޓޮޕް ހިތާނީ ކޭމްޕްގައި ބައިވެރިވާން ވަނީ ހުޅުވާލާފައި -- ފޮޓޯ: ޓްރީޓޮޕް

ޓްރީ ޓޮޕް ހޮސްޕިޓަލުން 2024 ގެ ދެވަނަ ހިތާނީ ކޭމްޕްގައި ރަޖިސްރީ ކުރުމަށް ހުޅުވާލައިފި އެވެ.

އެ ކޭމްޕުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ނޮވެމްބަރު 10، އިން ފެށިގެން ޑިސެމްބަރު 27، ގެ ނިޔަލަށް ނަން ނޯޓުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ޓްރީ ޓޮޕުން ބުނީ އެ ކޭމްޕުގައި ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ އޮޕަރޭޝަނަށް ފަރުވާއަށް ހާއްސަ ޑޮކްޓަރުންނާއި، ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރުން ހިމެނޭ ގޮތަށް ތަޖުރިބާކާރު މެޑިކަލް ޓީމެކެވެ.

އެ ޓީމުގައި ހިމެނެނީ ޑރ. ހުސައިން ހަދީވް، ޑރ. އުކްތަމް އަބްދުއްލާޔެވް، ޑރ. މައުމޫން އާސިމް، ޑރ. އިބްރާހީމް މުއުމިން، ޑރ. މުހައްމަދު ޝަރީފް، ޑރ. އަބްދުﷲ އުބައިދު އަދި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރު ޑރ. މެހްމެތު އޮޑަރެވެ.

ޓްރީ ޓޮޕްގެ ސީއީއޯ ޑރ. ސްރިވަސްތަން ސްރީދާރް ވިދާޅުވީ މި އަހަރުގެ ކުރީ ކޮޅު ހިތާނީ ކޭމްޕުތަކަށް ލިބުނު ތަރުހީބު މި އަހަރުގެ ޑިސެމްބަރުގައި ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

އަދި ހިތާނީ ކޭމްޕު ކުރިއަށް ގެންދާއިރު ކުދިންނާއި މައިންބަފައިންނަށް ހިތްހަމަޖެހޭ މާހައުލެއް ގާއިމުކުރުމަށް އިސްކަން ދޭ ކަމަށާއި އެންމެ ފުރިހަމައަށް ހިދުމަތްތައް ދިނުމަށް ޑޮކްޓަރުންގެ ޓީމެއް އެކުލަވާލާފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ހިތާނީ ޕެކޭޖުގެ އަގު ކަނޑައަޅާފައިވަނީ 5,000ރ. އެވެ. މީގެ އިތުރުން، ކޮޓަރި އަޕްގްރޭޑް ކުރުމަށާއި ޕްރައިވެޓް ކޮޓަރިތަކަށް ހާއްސަ އަގުތަކެއް ވެސް ވަނީ ހަމަޖައްސާފަ އެވެ.

ޙިތާނީ ކޭމްޕްގައި ބައިވެރިވުމަށް އަދި އިތުރު މައުލޫމާތު ހޯދުމަށް ޓްރީ ޓޮޕްގެ 3351610 ނަންބަރަށް ގުޅުމަށް އެ ހޮސްޕިޓަލުން އެދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox