ނަޕޯލީ އާއި އިންޓަގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

Nov 11, 2024, 4:48 AM
ނަޕޯލީ އާއި އިންޓަގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

މިލާން (ނޮވެމްބަރު 11) - އިޓާލިއަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، އިންޓަ މިލާނާއި މި ފަހަރުގެ ލީގު ތާވަލުގެ އެއް ވަނައިގައި މި ވަގުތު އޮތް ނަޕޯލީ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

މި ނަތީޖާއާ އެކު، އެއް ވަނައިގައި އޮތް ނަޕޯލީގެ ލީޑުވަނީ އެއް ޕޮއިންޓަށް ކުޑަވެފަ އެވެ. ނަޕޯލީ އަށް 12 މެޗުން 26 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އެޓަލަންޓާ، ތިން ވަނައިގައި އޮތް ފިއޮރެންޓީނާ، ހަތަރު ވަނައިގައި އޮތް އިންޓަ އަދި ފަސް ވަނައިގައި އޮތް ލާޒިއޯ އަށް ވަނީ 12 މެޗުން 25 ޕޮއިންޓް ލިބިފަ އެވެ.

ރޭގެ މެޗުތަކުން އެޓަލަންޓާ އިން 2-1 އިން އުދިނޭޒީ ބަލިކުރިއިރު، ފިއޮރެންޓީނާ އިން ވަނީ 3-1 އިން ވެރޯނާ އަތުން މޮޅުވެފަ އެވެ. ޓޮރިނޯ އަތުން 2-0 އިން މޮޅުވި ޔުވެންޓަސް އޮތީ ހަ ވަނައިގަ އެވެ. އެއީ، 12 މެޗުން 24 ޕޮއިންޓާ އެކު އެވެ. މި ހަފްތާގައި ކަލިއަރީއާ 3-3 އިން އެއްވަރުވި މިލާން، ހަތް ވަނައިގައި އޮތީ 12 މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ.

އިންޓަ ދަނޑުގައި ރޭ 23 ވަނަ މިނިޓްގައި ނަަޕޯލީ އަށް ލީޑުނަގައިދިނީ ސްކޮޓް މެކްޓޮމިނޭ އެވެ. މިއީ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން މެކްޓޮމިނޭ ޖެހި ގޯލެކެވެ. މިއީ، މި ފަހަރު ނަޕޯލީ އަށް ބަދަލުވި ފަހުން އޭނާ ޖެހި ތިން ވަނަ ގޯލެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން، އިންޓަ އިން އެއްވަރުކުރީ އޭރިއާބޭރުން ހަކަން ޗަނޮނޮގްލޫ ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގައި އިންޓަ މޮޅުކޮށްދޭން ޗަނޮނޮގްލޫ އަށް ޕެނަލްޓީ އަކުން ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. މީގެ ކުރިން ފޮނުވާލި 19 ޕެނަލްޓީ ވެސް ކާމިޔާބުކުރި، ޗަނޮނޮގްލޫ މި ފަހަރު ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑިއަށެވެ.

ނަޕޯލީ މޮޅުކޮށްދޭން ޖިއޮވާނީ ސިމިއޯނީ ފަހު ވަގުތު ރަނގަޅު ހަމަލާއެއް ފޮނުވާލި ނަމަވެސް ކާމިޔާބެއްނުވި އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox