ޔުނައިޓެޑަށް މޮޅެއް، އާސެނަލާއި ޗެލްސީ އެއްވަރު

Nov 10, 2024, 7:42 PM
ޔުނައިޓެޑަށް މޮޅެއް، އާސެނަލާއި ޗެލްސީ އެއްވަރު

ލަންޑަން (ނޮވެމްބަރު 11) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލެސްޓާ ސިޓީ އަތުން މެންޗެސްޓާ ޔުނައިޓެޑް 3-0 އިން މޮޅުވިއިރު، އާސެނަލުން ޗެލްސީ ދަނޑުގައި ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

އާސެނަލާއި ޗެލްސީ އެއްވަރުވިއިރު، ނޮޓިންހަމް ފޮރެސްޓް އަމިއްލަ ދަނޑުގައި 3-1 އިން ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވުމުން، ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލަށް މިއީ ރަނގަޅު ރެޔެކެވެ.

ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލަށް 11 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 23 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ޗެލްސީ އާއި ހަތަރެއްގައި އޮތް އާސެނަލް އަދި ފަސް ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށް ވަނީ 11 މެޗުން 19 ޕޮއިންޓް ލިބިފަ އެވެ.

ވަގުތީ ކޯޗު ރޫޑް ވޭން ނިސްޓަލްރޫއީގެ ކޯޗުކަމުގައި، ޔުނައިޓެޑުން ކުޅުނު ފަހު މެޗުގައި، އެ ޓީމަށް ލީޑުނަގައިދިނީ ބްރޫނޯ ފެނާންޑޭސް އޭރިއާ ރޮނގުކައިރިން ޖެހި ގޯލުންނެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑުން ލީޑުފުޅާކުރި ގޯލަކީ ލެސްޓާގެ ވިކްޓޯ ކްރިސްޓިއަންސަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިއީ، ފެނާންޑޭސް ބައިވެރިވި އެޓޭކެއްގައި ކްރިސްޓިއަންސަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ބަދަލަކަށް ކުޅެން އެރި، އަލެހަންދްރޯ ގާނާޗޯ ވަނީ ދެ ވަނަ ހާފުގައި ޔުނައިޓެޑްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.

ޔުނައިޓެޑުން ދެން އިންޓަނޭޝަނަލް ބްރޭކަށް ފަހު ކުޅޭ މެޗުގައި އެ ޓީމަށް އިރުޝާދުދޭނީ ސްޕޯޓިން ލިޒްބަން ދޫކޮށް ޔުނައިޓެޑާ ގުޅުނު ކޯޗު ރުބެން އަމޮރިމް އެވެ.

ޔުނައިޓެޑަށް ލަނޑު ޖަހައިދިނުމަށް ފަހު ފެނާންޑޭސް އުފާފާޅުކުރަނީ: މިއީ ފެނާންޑޭސް ޔުނައިޓެޑަށް ކުޅެދިން 250 ވަނަ މެޗު.

ޗެލްސީ ދަނޑުގައި އާސެނަލްގެ ކައި ހަވާޓްޒް ވަނީ ލަނޑެއް ޖަހައި ފުރަތަމަ ހާފުގައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، ކުރިން ޗެލްސީ އަށް ކުޅުނު ހަވާޓްޒް ޖެހި މި ގޯލު އޮފްސައިޑް ކަމަށް ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފަ އެވެ.

އާސެނަލުން ދެ ވަނަ ހާފުގައި ލީޑުނެގީ ހަނި އޭންގަލަކުން ގަބްރިއެލް މާޓިނެލީ ޖެހި ގޯލެކެވެ. މި ގޯލު ޖަހަން މާޓިނެލީ ބޯޅަ ކޮންޓްރޯލް ކުރިއިރު، ޗެލްސީން އޮފްސައިޑް ކަމަށް ބަލައިގެން ވެސް ހުއްޓެވެ. ޗެލްސީ އަށް އެއްވަރުކޮށްދިން ގޯލު ޖެހީ، ޕެޑްރޯ ނެޓޯ އެވެ. އޭނާ އޭރިއާބޭރުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ، ޗެލްސީ ދަނޑުގައި ޑޮމިނޭޓްކޮށްގެން އާސެނަލުން ކުޅުނު ރަނގަޅު މެޗެއްގައި އެ ޓީމަށް ނަތީޖާ ނުނެރެވުން ބަލައިގަންނަން އުނދަގޫ ކަމަށެވެ.

ލީގުގައި މިރޭ ދެން ކުޅުނު މެޗުން އިޕްސްވިޗު ޓައުން އިން ވަނީ ރަށުންބޭރުގައި 2-1 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް މި ފަަހަރުގެ ލީގުގައި އެ ޓީމުގެ ފުރަތަމަ މޮޅު ހާސިލްކޮށްފަ އެެވެ. ބާވީސް އަހަރަށް ފަހު، ޕްރިމިއާ ލީގުގައި ވާދަކުރާ އިޕްސްވިޗުން ލީގުގައި ކުޅުނު ފުރަތަމަ 10 މެޗު ނިންމާލީ މޮޅެއް ނުލިބި އެވެ.

މި ބައްޔާ އެކު، ޓޮޓެންހަމް އޮތީ ލީގުގެ 10 ވަނައިގަ އެވެ. އެއީ، 11 މެޗުން 16 ޕޮއިިންޓް ހޯދައިގެންނެވެ. އިޕްސްވިޗަށް މި ލިބުނު ތިން ޕޮއިންޓާ އެކު، 11 މެޗުން 8 ޕޮއިންޓް ހަމަކޮށް އެ ޓީމު ވަނީ ރެލިގޭޝަން ޒޯނުން ނިކުމެ، 17 ވަނަ އަށް ޖެހިލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox