ވެރިކަމަކީ މޮޅެއް ނުވަތަ ވެރިކަން ކުރާ މީހާއަށް ލިބޭ މުދާގަނޑެއް ނޫން، އެއީ ވަރުގަދަ ޒިންމާއެއް: ރައީސް މުއިއްޒު

ވެރިކަމަކީ މޮޅެއް ނުވަތަ ވެރިކަން ކުރާ މީހާއަށް ލިބޭ މުދާގަނޑެއް ނޫން، އެއީ ވަރުގަދަ ޒިންމާއެއް: ރައީސް މުއިއްޒު

ވެރިކަމަކީ ވެރިކަން ކުރާ މީހާއަށް ލިބޭ މޮޅެއް ނުވަތަ މުދާގަނޑެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ވެރިކަމަކީ ވަރުގަދަ ޒިންމާއެއް، މަސްއޫލިއްޔަތެއް އަދި ބޮޑު އަމާނާތެއް ކަމަށެވެ.

"ވެރިކަމަކީ އެއްވެސް ހާލެއްގައި ލިބޭ މާބޮޑު މޮޅެއް ނޫން. އެއީކީ ވެރިކަން ކުރާ މީހާއަށް ލިބޭ މުދާގަނޑެއް ވެސް ނޫން. އެއާ ހިލާފަށް ވެރިކަމަކީ ވަރުގަދަ ޒިންމާއެއް، ވަރުގަދަ މަސްއޫލިއްޔަތެއް، ވަރަށް ބޮޑު އަމާނާތެއް،" ރައީސް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ރައީސް ވަނީ، އެމަނިކުފާނުގެ ބައްޕާފުޅު ލިޔުއްވި "ދައުލަތާއި ވެރިންނާއި މަސްއޫލިއްޔަތު އަދި ކިޔަމަންވުމުގެ މަފްހޫމް" ފޮތުން ބައެއް ބައިތައް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ "އަޅުގަނޑުގެ ގައިޑްބުކަކީ މި ފޮތް" ކަމަށެވެ.

މިރޭގެ ޖަލްސާގައި ރައީސް ވަނީ ބައެއް މުހިންމު މައްސަލަތައް ހައްލު ކުރަން ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ޑޮލަރުގެ ކަޅު ބާޒާރު ވަކި ބައެއްގެ އަތްމަތީގައި އޮތް އޮތުން ނިމުމަކަށް މިހާރު ގެނެސްފައިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިތަނުގައި ވަކި ބައެއްގެ ބާރުގެ ދަށުގައި ޑޮލަރުގެ ކަޅު ބާޒާރު އޮތް އޮތުން ނިމުމަކަށް ގެނެސް ރައްޔިތުންނަށް ޑޮލަރުގެ މުއްސަނދިކަން ގެނެސްދިނުމަށް ނިންމީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ އަންޑޮކިއުމެންޓެޑް ވޯކާސްގެ ވާހަކަ ވެސް ރައީސް މިރޭގެ ޖަލްސާގައި ފާހަގަ ކުރެއްވި އެވެ. އެކަންތައް ހައްލު ކުރަން ތެދުވެވަޑައިގަތީ ރައްޔިތުންނަށްޓަކައި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"މިތަނުގައި ބޭރުގެ މީހުން ނުގަވައިދުން ގެނެސް އެތައް ޒަމާނެއްގެ އިލީގަލް ވޯކާސް އެތައް ލައްކައެއް އެބަތިބި. މި މައްސަލަ ހައްލު ކުރަން ވެސް ތެދުވީ އަޅުގަނޑުމެން އެހެންވެގެން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އެދިވަޑައިގަތީ ގައުމުގައި ހުރި އެފަދަ ބޮޑެތި މައްސަލަތައް ހައްލު ކުރަން ރައްޔިތުންގެ އެއްބާރުލުމަށެވެ. އަދި ވިދާޅުވީ އެ އެއްބާރުލުން އެމަނިކުފާނަށް ލިބިވަޑައިގެންވި ނަމަ އެ ހުރިހާ މައްސަލަތަކެއް ވެސް ހައްލު ކުރައްވާނެ ކަމަށެވެ.

"ރައްޔިތުންގެ ފަޅީގައި ތިބެގެން މި ބުރަ، އުނދަގޫ ބޮޑު މައްސަލަތައް ރައްޔިތުންނަށްޓަކައި ހައްލުކޮށްދިނުމަށްޓަކައި މި ތެދުވީ. އަޅުގަނޑު ޔަގީން ކުރަނީ ރައްޔިތުން އަޅުގަނޑުމެންނާއެކުގައި މިކަމުގައި ތިއްބަވާނެ ކަމަށް ސާބިތުކަމާއެކީ،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox