މި އަހަރުގެ ތެރޭގައި އިމާރާތް ކޮށްފައި ދެއްކޭނެ ތަނެއް ނެތް: ހައިދަރު

ޑރ. އަލީ ހައިދަރު: މި އަހަރު އަމަލީ ގޮތުން އިމާރާތް ކޮށްފައި ދެއްކޭނެ ތަނެއް ނެތް ކަމަށް ވިދާޅުވި -- ފޮޓޯ؛ ހައުސިން މިނިސްޓްރީ

ޑރ. އަލީ ހައިދަރު: މި އަހަރު އަމަލީ ގޮތުން އިމާރާތް ކޮށްފައި ދެއްކޭނެ ތަނެއް ނެތް ކަމަށް ވިދާޅުވި -- ފޮޓޯ؛ ހައުސިން މިނިސްޓްރީ

ބަޖެޓުގެ ތާށިކަމާ ހުރެ، މި އަހަރުގެ ތެރޭގައި އަމަލީ ގޮތުން އިމާރާތް ކުރުމަށްފަހު ރައްޔިތުންނަށް ދެއްކޭނެ ތަނެއް ނެތް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ހައިދަރު ވިދާޅުވީ މި އަހަރު ތެރޭގައި މާ ބޮޑެތި ކަންތައްތައް ނުކުރެވުނީ ބޯހިޔާވަހިކަމަށް ކަނޑައެޅުނު ބަޖެޓް ކުޑަވުމުން ކަމަށެވެ. އަދި ބައެއް މަޝްރޫއުތަކަށް ޖަހާފައި ހުރީ މަސައްކަތް ކުރިއަށް ނުގެންދެވޭ ވަރުގެ ކުޑަ އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި އަހަރު ތެރޭގައި އަމަލީ ގޮތުން އަނެއްހެން އިމާރާތް ކޮށްފައި ދެއްކޭނެ މާ ބޮޑު ކަންތައްތަކެއް ކުރެވިފައެއް ނެތް. އެއީ އަޅުގަނޑުމެންނަށް ވާރުތަވެފައި އޮތީ ވަރަށް ނިކަމެތި ބަޖެޓެއް ބޯހިޔާވަހިކަމަށް ބަލައިފި ކަމަށް ވަންޏާ،" ހައިދަރު ވިދާޅުވި އެވެ.

Advertisement

މި އަހަރަށް ފާސްކުރި ބަޖެޓުގައި، ސަޕްލިމެންޓަރީ ބަޖެޓުން ރިވައިޒްކުރި އަދަދާއެކީ، މީހުން ދިރުއުޅޭ ގޮތަށް އިމާރާތްކުރާ ތަންތަނަށް ބަޖެޓުކޮށްފައި އޮތީ 856.9 މިލިއަން ރުފިޔާ އެވެ.

ހައިދަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލު ނަގާފައި ދެން އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަމަކީ ބޯހިޔާވަހިކަން ކަމަށެވެ. އެ ގޮތުން ރައީސްގެ ބޯހިޔާވެހިކަމުގެ ވައުދު ފުއްދުމަށް އަންނަ އަހަރުގެ ބަޖެޓުގެ ޕީއެސްއައިޕީގެ ތެރެެއިން ދެބައިކުޅަ އެއްބައި ހާއްސަކުރީ ބޯހިޔާވަހިކަން ހައްލު ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި މި ދާއިރާއިން 1.8 ބިލިއަން ރުފިޔާ ހަރަދުކުރަން ބަޖެޓުކޮށްފައި ވެ އެވެ. އަދި ކުޑަ އިންޓްރެސްޓުގައި ގެދޮރު ބިނާކުރަން ދޫކުރާ ލޯނަށް ދެ ބިލިއަނާއި ހަތަރު ބިލިއަނާ ދޭތެރޭގެ އަދަދެއް ބަޖެޓުކޮށްފައި ވާނެ ފިނޭންސް މިނިސްޓްރީން ބަޖެޓާ ގުޅޭ ގޮތުން ހިއްސާކުރި މައުލޫމާތުތަކުގައި ވެ އެވެ.

މިއީ ކުރިން އަހަރުތަކުގައި ބަޖެޓު ކުރި ވަރަށް ވުރެ ބޮޑު އަދަދުތަކެއް ނަމަވެސް ހައިދަރު އެ ވިދާޅުވާ ގޮތަށް ޕީއެސްއައިޕީގެ ދެބައި ކުޅަ އެއް ބަޔެއް ނޫނެވެ.

ހައިދަރު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު 85،000 ހައުސިން ޔުނިޓް ގާއިމުކުރާނެ ކަމަށާއި އޭގެ ތެރޭގައި ގޯއްޗާއި ފްލެޓު ވެސް ހިމެނޭނެ އެވެ.

"85،000 ހައުސިން ޔުނިޓް ދޭ ކަމަށްވާންޏާ އަޅުގަނޑުމެން އެބަ ޖެހޭ ބަޖެޓުން ވެސް ރިފްލެކްޓްވާން. އެހެންވީމަ މި އަންނަ އަހަރުގެ ބަޖެޓުގައި 1.5 ބިލިއަން ކަނޑައަޅުއްވާފައި މިއޮތީ ބޯހިޔާވެހިކަމަށް. ހަމަ އެކަނި އިމާރާތް ކުރުމަށް. ބޯހިޔާވަހިކަން ތަރައްގީ ކުރުމަށް،" ހައިދަރު ވިދާޅުވި އެވެ.

ހައިދަރު ވިދާޅުވީ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލު ވެގެންދާނީ އެކަމަށް ބޭނުންވާ ބަޖެޓާއި ޓެކްނިކަލް ގޮތުން ވެސް އެހީތެރިކަން ލިބިގެން ކަމަށެވެ. މި އަމާޒަށް ވާސިލުވާން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox