މިއީވެސް ރައީސް މުއިއްޒުގެ ވައުދެއް: ވިދާޅުވީ ބޭނުންވާ ޑިޒައިނަކަށް ގެ އަޅާފައި ދޭނެ ކަމަށް

މިއީވެސް ރައީސް މުއިއްޒުގެ ވައުދެއް: ވިދާޅުވީ ބޭނުންވާ ޑިޒައިނަކަށް ގެ އަޅާފައި ދޭނެ ކަމަށް

މި ފަސް އަހަރު ތެރޭގައި ބޯހިޔާވަހި ކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމާއި، ގެދޮރު އިމާރާތް ކުރަން މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ކުޑަ އިންޓަރެސްޓު ރޭޓެއްގައި ލޯނު ދިނުމާއި، ބޭނުން ޑިޒައިނަކަށް ގެ އިމާރާތްކޮށްފައި ދިނުމަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

އެ މަނިކުފާނުގެ ވައުދާ އެއްގޮތަށް ފަސް ޕަސެންޓު އިންޓަރެސްޓު ރޭޓުގައި ލޯނު ދޫކުރާ ސްކީމް އިއުލާނުކޮށް އެ ލޯނަށް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 8 ގައި ހުޅުވާލާފައި ވާއިރު، ގެދޮރު އިމާރާތްކޮށްފައި ދޭނެ ކަމަށްވީ ވައުދުގެ ވާހަކަ މި ވެރިކަމަށް އަހަރު ވުމަށް ގާތްވެފައި ވާއިރު ވެސް ނުދައްކަ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނު ނިންމުމަށް ސެޕްޓެމްބަރު 8، 2023 ގައި މާލޭގައި ބޭއްވި އެއްވުމުގައި އޭރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު މުއިއްޒު ވިދާޅުވީ ކޮންމެ ރައްޔިތަކު ވެސް ބޭނުންވާ ޑިޒައިނަކަށް ގެ އެޅައިދީ، އެ ގެ މޯގޭޖު ކޮށްގެން ލޯނު ދެއްކޭނެ ގޮތް ހަދައި ދޭނެ ކަމަށެވެ. ގެދޮރު އިމާރާތް ކުރުމަށް ރައީސް މުއިއްޒުގެ ވިސްނުމުގައި ހުރީ ހާއްސަ ފަންޑެއް ހެދުމެވެ.

"އަޅުގަނޑުމެން ސަރުކާރުގެ އެހީތެރިކަމާ އެކީ ގާއިމްކުރާ ހާއްސަ ފަންޑެއްގެ ބޭނުންކޮށްގެން މި ދެންނެވި ގޯތިތަކުގައި އަޅުގަނޑުމެން ގެ އަޅައިދިނުމުގެ ފުރުސަތު ދ،ީ އެ ރައްޔިތަކު އެ ބޭނުންވާ ޑިޒައިންއަކަށް އެތާ ގެ އެޅ،ި އެ ގެ ދެން ގޮސް ބޭންކަށް ލައިގެން ލޯނު ނަގައިގެން ސަރުކާރަށް ދައްކަންޖެހޭ ލޯނު ދައްކާނ.ީ އެ ލޯނަކީ އެ މީހަކަށް އެފޯޑަބްލް އިންޓްރެސްޓް ރޭޓެއްގެ ލޯނެއް. އެއާ ހަވާލުވީމާ ގެވެސް އެޅުނ،ީ ގެއަށް ވެސް ވަދެވުނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ ތަސައްވުރު ރައީސް މުއިއްޒު އެކަށައެޅީ ހާއްސަކޮށް މާލޭ ސަރަހައްދުގައި ގޯތި އޮތަސް، ފައިސާ ނެތުމުން ގެ އިމާރާތް ނުކުރެވި ދިގު މުއްދަތަކަށް ގޯތި ދޫކޮށްލަންޖެހޭ މައްސަލައަށް ހައްލެއް ހޯދުމަށެވެ.

"އާންމުކޮށް ވާގޮތަކީ ގެއެއް އަޅަންވީމާ ގޮތެއް ނެތުނީމާ ކޮންމެވެސް ވިޔަފާރިވެރިއެއް، ރިއަލް އެސްޓޭޓް މީހެއްގެ ކައިރިއަށް ގޮސްގެން އެ ގެ، 25، 30 އަހަރަށް އެ ގޯތި މި ޖެހެނީ ދޭން. ދިނީމާ އެމީހާއަށް ލިބޭ އެއްޗެއް ނެތް. އެކަން ނިމުމަކަށް އައިސް އަމިއްލަ ގެއެއް އަމިއްލަ ގެދޮރެއް އެއްކަލަ ގޯތީގައި އަޅުގަނޑުމެން އަޅައިދީފައި މި ދެނީ ފުރަތަމަ ވެސް ވަދެވޭ ގޮތް ހަދައިދެނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މާލީ ހާލަތު ދަށްވުމުގެ ސަބަބުން މާލޭގައި ވެސް ނުހެދި ހުރި ގޯތި އެބަ ހުއްޓެވެ. ކުރިއަށް އޮތީ، ހުޅުމާލެ، ގުޅިފަޅު އަދި ދިރާވަރުން ދޫކޮށްފައިވާ 9000 އަށް ވުރެ ގިނަ ގޯތި އިމާރާތް ކުރުމެވެ. އެމްޑީޕީގެ ވެރިކަމުގައި ދޫކުރި އެ ގޯތިތައް، ލޯނު ނަގައިގެން އިމާރާތް ނުކުރެވޭނެ މީހުން ތިބޭނެ އެވެ. އެހެންވެ، ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ގެ އިމާރާތްކޮށްފައި ތަޅުގަނޑި ހަވާލުކުރުމުގެ މަޝްރޫއު މުހިއްމެވެ.

އެކަމަކަށް އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާފައިވާކަން ސަރުކާރުން ހާމައެއް ނުކުރެ އެވެ. އެހެންވެ ރައީސް މުއިއްޒު ވިދާޅުވި ގެދޮރު އަޅާފައި ދޭނެ ވައުދު ފުއްދަށް ފެށޭނެ ކަމާމެދު ސުވާލު އުފެދެ އެވެ. އަދި އެ ކަމަށް އުފައްދަން ވިދާޅުވި ފަންޑު ވީ ހިސާބެއް ވެސް ނޭނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox