އިދާރާތަކުގެ އެންގުމަށް ގޮންޖަހައި އެމްއޭސީއެލްގެ މުވައްޒަފުންނަށް މިފަހަރު ވެސް ޑޮލަރުން މުސާރަ ދީފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ފިއުލް ފާމާއި ފިއުލް ހައިޑްރަންޓް ސިސްޓަމް އިފުތިތާހު ކުރުމަށް ނޮވެމްބަރު 7، 2024 ގައި އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމްއޭސީގެ މެނޭޖިން ޑިރެކްޓަރު ޝަރީފު އަދި ސަރުކާރުގެ ވެރިން. -- ފޮޓޯ: ރައީސް އޮފީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ފިއުލް ފާމާއި ފިއުލް ހައިޑްރަންޓް ސިސްޓަމް އިފުތިތާހު ކުރުމަށް ނޮވެމްބަރު 7، 2024 ގައި އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމްއޭސީގެ މެނޭޖިން ޑިރެކްޓަރު ޝަރީފު އަދި ސަރުކާރުގެ ވެރިން. -- ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލަން އިދާރާއަކުން އެންގި އެންގުމަށް ގޮންޖަހައި، މި ފަހަރު ވެސް މުސާރައިގެ 50 ޕަސެންޓު ޑޮލަރުން ދީފި އެވެ.

ޑޮލަރުން މުސާރަ ދިނުމަކީ ގާނޫނާ ހިލާފު ކަމެއް ކަމާއި އެގޮތަށް މުސާރަ ނުދޭން ސެންޓްރަލް ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އަދި ފިނޭންސް މިނިސްޓްރީން އެމްއޭސީއެލްއަށް އަންގާފައިވެ އެވެ.

މި އިދާރާތަކުގެ އެންގުންތައް ބޮލާލައި ޖަހަމުން ދަނީ، ޑޮލަރުން މުސާރަ ދިނުމުގެ އުސޫލަށް ބަދަލެއް ނުގެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޔަގީންކަން ދެއްވާފައި އޮތުމުންނެވެ. އެ ކަމަށް ބަދަލެއް ނުގެންނާނެ ކަމުގެ ޔަގީންކަން އެމްއޭސީއެލްގެ މުވައްޒަފުންނަށް ވެސް އަންގާފައިވެ އެވެ.

އެ ކުންފުނީގައި 3،000 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރަމުން ގެންދެ އެވެ.

އެމްއެމްއޭއިން އެމްއޭސީއެލް އަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ޑޮލަރުން މުސާރަ ދިނުމަކީ އެ އޮތޯރިޓީގެ ގާނޫނުގެ 24 ވަނަ މާއްދާ އާއި އެ އޮތޯރިޓީގެ ގަވާއިދާ ހިލާފު ކަމެއް ކަމަށެވެ.

އެމްއެމްއޭ ގާނޫނުގެ 24 ވަނަ މާއްދާގެ ރ. ގައި ބުނެފައި ވަނީ ރާއްޖޭގައި މުއާމަލާތް ކުރުމުގައި ބޭނުން ކުރެވޭނެ ވަކި ފައިސާއެއް ނުވަތަ ފައިސާތަކެއް އޮތޯރިޓީއިން ކަނޑައަޅާފައިވާ ނަމަ، މުއާމަލާތް ކުރުމުގައި އެ ފައިސާއެއް ނުވަތަ ފައިސާތަކެއް ފިޔަވައި އެހެން ފައިސާއެއް ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

އެ އޮތީރިޓީގެ ގަވާއިދުގެ 5 ވަނަ މާއްދާގައި ބުނެފައިވަނީ ގަވާއިދުގައި އިސްތިސްނާކޮށްފައިވާ މުއާމަލާތްތައް ފިޔަވައި ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރިއެއްގެ ހުރިހާ އެއްޗެއްގެ އަގާއި މަސައްކަތުގެ އަގާއި ހިދުމަތުގެ އަގާއި ފީ އާއި ކުލި ފަދަ ތަކެތީގެ އަގު އަދާ ކުރުމަށް ދިވެހި ރުފިޔާ ފިޔަވާ އެހެން ފައިސާއެއް ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

"ވީމާ މަތީގައި ހަވާލާދެވިފައިވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ނިންމުމަކީ [މުސާރައިގެ ބައެއް ޑޮލަރުން ދިނުމަކީ] މި އޮތޯރިޓީގެ ގާނޫނު އަދި މަނިޓަރީ ގަވާއިދާ ހިލާފު ނިންމުމެއް ކަމުގައި ވާތީ، ތިޔަ ކުންފުނީގެ މުވައްޒަފުންގެ މުސާރަ އެއްކޮށް ދިވެހި ރުފިޔާއިން ދިނުމަށް އަންގަމެވެ،" އެމްއެމްއޭގެ ސިޓީގައިވެ އެވެ.

މުސާރައިގެ ބައެއް ޑޮލަރުން ދިނުން ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ސޮއިކުރައްވައި މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ވިދާޅުވެފައިވެ އެވެ. މުސާރައިގެ ބައެއް ޑޮލަރުން ދިނުމުގެ އެ އިނާޔަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ދެއްވާފައިވާ ކަމަށް މުވައްޒަފުންނަށް ފޮނުވި މެމޯގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox