އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން ހުރިހާ އަތޮޅެއްގައި ފިއުލް ސްޓޯރޭޖު ގާއިމުކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްފި

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފިއުލް ސްޓޮރޭޖު ގާއިމު ކުރުމުގެ މަޝްރޫއު އިފުތިތާހު ކުރުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފިއުލް ސްޓޮރޭޖު ގާއިމު ކުރުމުގެ މަޝްރޫއު އިފުތިތާހު ކުރުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކުމަށް ބޭނުންބާ ތެޔޮ ސްޓޮރޭޖުތައް ގާއިމު ކުރުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފުތިތާހު ކޮށްދެއްވައިފި އެވެ.

އެ މަޝްރޫއު އިފުތިތާހުކުރީ ރައީސް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް މިނިސްޓަރުންގެ އިތުރުން އެހެން އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އެ މަޝްރޫއު އިފުތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އަމާޒަކީ އަތޮޅުތަކުގައި ތެޔޮ ސްޓޮރޭޖުތައް ގާއިމު ކުރުމުގެ މަޝްރޫއު 2026 ވަނަ އަހަރުގެ ފެބްރުއަރީގެ ކުރިން ނިންމައިލުން ކަމަށެވެ. އަދި އަތޮޅުތަކުގައި ތެޔޮ ސްޓޮރޭޖުތައް ގާއިމު ކުރަމުން ދާނީ މަސްވެރި އުޅަނދުތައް އެންމެ ގިނައިން ހަރަކާތްތެރިވާ އަތޮޅުތައް ބަލައިގެން ކަމަށެވެ.

އެގޮތުން ފިއުލް ސްޓޮރޭޖު ގާއިމު ކުރަން ނިންމާފައިވާ ރަށްތަކަގެ ތަރުތީބަކީ:

  • ކ. ހުޅުމާލެ (މަސައްކަތް ނިމިފައި)
  • ޅ. ފެލިވަރު ( ފެބްރުއަރީ 2025 ގެ ކުރިން)
  • ގއ. ކޫއްޑޫ ( ފެބްރުއަރީ 2025 ގެ ކުރިން)
  • ސ. ހުޅުމީދޫ ( ފެބްރުއަރީ 2025 ގެ ކުރިން)
  • ހއ. އިހަވަންދޫ ( އޮކްޓޫބަރު 2025 ގެ ކުރިން)
  • ހދ. ހަނިމާދޫ ( އޮކްޓޫބަރު 2025 ގެ ކުރިން)
  • ފ. ނިލަންދޫ ( އޮކްޓޫބަރު 2025 ގެ ކުރިން)
  • ގދ. ފަރެސްމާތޮޑާ ( އޮކްޓޫބަރު 2025 ގެ ކުރިން)
  • ޏ. ފުވައްމުލައް ( އޮކްޓޫބަރު 2025 ގެ ކުރިން)
  • ށ. މިލަންދޫ ( ޖެނުއަރީ 2026 ގެ ކުރިން)
  • ރ. ދުވާފަރު ( ޖެނުއަރީ 2026 ގެ ކުރިން)
  • ބ. ތުޅާދޫ ( ޖެނުއަރީ 2026 ގެ ކުރިން)
  • އއ. މަތިވެރި ( ޖެނުއަރީ 2026 ގެ ކުރިން)
  • އދ. މާމިގިލި / މަހިބަދޫ ( ޖެނުއަރީ 2026 ގެ ކުރިން)
  • ވ. ފެލިދޫ ( ޖެނުއަރީ 2026 ގެ ކުރިން)
  • މ. މުލަކު ( ޖެނުއަރީ 2026 ގެ ކުރިން)
  • ދ. ކުޑަހުވަދޫ ( ޖެނުއަރީ 2026 ގެ ކުރިން)
  • ތ. ހިރިލަންދޫ ( ޖެނުއަރީ 2026 ގެ ކުރިން)
  • ލ. ގަން ( ޖެނުއަރީ 2026 ގެ ކުރިން)
  • ނ. މަނަދޫ ( ޖެނުއަރީ 2026 ގެ ކުރިން)

ހުޅުމާލޭގައި އެސްޓީއޯއިން މިހާރު ވެސް ދަނީ މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ފޯރުކޮށްދެމުންނެވެ. އޭގެ އިތުރުން ކޫއްޑޫ އާއި ފެލިވަރުން މިހާރު ވެސް ހެޔޮ އަގުގައި ފޯރު ކޮށްދެމުންދާކަން ޝިމާދު ފާހަގަކުރެއްވި އެވެ. ނަމަވެސް އެ ދެ ރަށުގައި އެސްޓީއޯގެ ސެޓަޕެއް އަދި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ރަށްރަށުގައި ތެޔޮ ސްޓޮރޭޖު ވީހާ ވެސް އަވަހަށް ގާއިމު ކުރުމަށް ނިންމާފައި ވާތީ އެކަން ކުރާނީ 40 ފޫޓުގެ ދެ ކޮންޓޭނަރާއި 20 ފޫޓުގެ އެއް ކޮންޓޭނަރު ބަހައްޓައިގެން ކަމަށް ޝިމާދު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމް ވިދާޅުވީ މިއަދު އިފުތިތާހު ކުރެވުނު މަޝްރޫއު އާއެކު މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަށާއި ރާޢްޖޭގެ ހުރިހާ އަތޮޅެއްގައި އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ މަގުފަހި ކޮށްދިނުމަށް ރައީސް ވެވަޑައިގެންނެވި ވައުދު ފުދުނީ ކަމަށެވެ.

އޭނާ ވިދާޅުވީ މަސްވެެރިންނަށް ހުރި ގޮންޖެހުންތަކާ މެދު އަބަދުވެސް އަމަލު ކުރަމުން އައިސްފައި ވަނީ ދާއިމީ ހައްލެއް ހޯދައިދިނުމުގެ ބަދަލުގައި އެކަމަކަށް އޮތް ވަގުތީ ހައްލެއް ހޯދައިދީގެން ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ފުރަތަމަ ތިން އަހަރު ތެރޭގައި މަސްވެރިންނަށް މައިގަނޑު ގޮތެއްގައި ދިމާވާ ހުރިހާ ގޮންޖެހުންތަކަށް ހައްލު ހޯދައިދެވޭނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އާދެ، އެއާއެކީގައި މުޅި ސިނާއަތުގެ ތަރައްގީ އާއި ސިނާއަތުގައި ހުރި ހުރިހާ ގޮންޖެހުންތައް އެ މަނިކުފާނު ފެށްޓެވި މަސައްކަތްޕުޅު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ މަނިކުފާނުގެ ޒައާމަތުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ތިން އަހަރު، ޒައާމަތުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ތިން އަހަރުން މަސްވެރިކަމުގައި އިރާދަކުރެއްވިއްޔާ މި ހުރި ގޮންޖެހުންތައް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އެ މަނިކުފާނުގެ އިރުޝާދުފުޅާ އެކީގައި އަޅުގަނޑުމެންނަށް ހައްލު ކުރެވިގެން ދާނެ،" ޝިޔާމު ވިދާޅުވި އެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ވެސް މަދުވެގެން އެއް ރަށުގައި އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކޭނެ ގޮތް ހެދުމާއި މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ގަންނަން ލިބޭނެ ގޮތް ހެދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox