ސަލާމަތީ ހިދުމަތަށް 5000 އިތުރުކުރުމަކީ ބިއްލޫރި ޓަނަލް ފަދަ ވައުދެއް: އުމަރު

Nov 5, 2024, 3:44 PM
ސިފައިންގެ ޕެރޭޑެއް -- ފޮޓޯ: އަދަދު

ސިފައިންގެ ޕެރޭޑެއް -- ފޮޓޯ: އަދަދު

ކުރިއަށް އޮތް ހަތަރު އަހަރު އެމްއެންޑީއެފް އާއި ޕޮލިހަށް ޖުމުލަ 5000 މީހުން އިތުރު ކުރުމަކީ، ރަސްމާލެ އާއި މާލެ ދެމެދުގެ ކަނޑު އަޑީގައި ބިއްލޫރި ޓަނަލް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ފަދަ ވައުދެއް ކަމަށް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީން ރޭ ގެނެސްދިން ފަލަ ސުރުހީ ޕްރޮގްރާމުގައި އުމަރު ވިދާޅުވީ ބިއްލޫރި ޓަނަލް ފަދައިގެން ސިފައިންނާއި ފުލުހުން އިތުރުކުރުން ވެސް ވާނީ ނުފުއްދާނެ ވައުދަކަށެވެ.

މިހާރު ވެސް ދިވެހި އަސްކަރިއްޔާގައި ގާތްގަނޑަކަށް 4000 މީހުން ތިބޭއިރު، އެ އަދަދު ދެގުނަ ކުރުމުން ދެ ބިލިއަނަށް ހަރަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި އުމަރު ނަސިރު ވިދާޅުވި އެވެ.

Advertisement

"އެ ދައްކަނީ ދެ ބިލިއަން ރުފިޔާ އަހަރު ސިފައިންނަށް ހަރަދު ކުރާ ވާހަކަ. އެއީ ކުރެވޭނެ ކަމެއް ނޫން. އަދި ކުރަން ބޭނުންވާ ކަންކަމެއް ވެސް ނޫން،" އުމަރު ވިދާޅުވި އެވެ.

"އެއީ ރަސްމާލެ އާއި މާލެ އާއި ދެމެދު ބިއްލޫރި ޓަނަލެއް އެޅުން ފަދަ ކަމެއް. އެކަމެއް ނުއެއް ވާނެ. އޮންނާނީ ފޮތުގައި ލިޔެފައި."

ދިވެހިރާއްޖެ އަށް ބޭނުން ވަނީ ވަރުގަދަ ކުޑަ ފޯހެއް ކަމަށާއި، ބޭނުން ވަނީ ޓޭންކަރުތަކާއި ބަރު ހަތިޔާރެއް ނޫން ކަމަށް އުމަރު ވިދާޅުވި އެވެ. އެއީ ދިވެހިރާއްޖެއަކީ އެހެން ގައުމަކަށް އަރަން ތައްޔާރުވާންޖެހޭ ބަޔަކަށް ނުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ އަދަދު 1000 އިތުރު ކުރެވިދާނެ ކަމަށާއި، ނަމަވެސް މިޒަމާނުގެ ފުލުހުންގެ ހިދުމަތަށް އިތުރު ކުރަނީ ފްރޮންޓު ލައިންގެ ފުލުހުން ނޫން ކަމަށާއި، ކޮމިއުނިޓީއާއެކު އުޅޭނެ ފުލުހުން ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox