ވައުދާ ހިލާފުވެ ޓީޖީއެސްޓީ، ގްރީން ޓެކްސް، އަދި އެއާޕޯޓު ފީތައް ބޮޑުކުރާ އިސްލާހުތައް ގެޒެޓުކޮށްފި

ތިން ބިލު ވެސް ރައީސް ވަނި ތަސްދީގު ކުރައްވާފައި. އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އަދި އޭގެ ފަހުން ވެސް މިހާރު ހުރި އެއްވެސް ޓެކްސްއެއް ބޮޑުނުކުރާނެ ކަމަށް ވައުދާވެވަޑައިގެންނެވި --- ފޮޓޯ: ރައީސް އޮފީސް

ތިން ބިލު ވެސް ރައީސް ވަނި ތަސްދީގު ކުރައްވާފައި. އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އަދި އޭގެ ފަހުން ވެސް މިހާރު ހުރި އެއްވެސް ޓެކްސްއެއް ބޮޑުނުކުރާނެ ކަމަށް ވައުދާވެވަޑައިގެންނެވި --- ފޮޓޯ: ރައީސް އޮފީސް

އެއްވެސް ޓެކްސްއެއް ބޮޑުނުކުރާނެ ކަމުގެ ވައުދު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވިތާ އަހަރެއް ނުވަނީސް އެމަނިކުފާނުގެ ސަރުކާރު ޓީޖީއެސްޓީ، ގްރީން ޓެކްސް، އަދި އެއާޕޯޓު ފީތައް މިއަދު ބޮޑުކޮށްފި އެވެ.

ޓީޖީއެސްޓީ، ގްރީން ޓެކްސް، އަދި އެއާޕޯޓު ފީތައް ބޮޑުކުރަން މަޖިލީހުން މިދިޔަ ބުރާސްފަތީގައި ފާސްކުރި ބިލުތައް މިއަދު ރައީސް ވަނީ ތަސްދީގު ކުރައްވާފަ އެވެ. މިއަދުން އެ ގާނޫނުތައް ގެޒެޓު ކޮށްފައިވާއިރު ގާނޫނުތަކުގެ ދަށުން ހުރި ގަވާއިދުތަކަށް އިސްލާހު ގެނެސް 30 ދުވަހުގެ ތެރޭގައި ގެޒެޓު ކުރަން ޖެހޭ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ އެކު ވަނީ ވަނީ ޖޫން، 2025، އިން ފެށިގެން ޓީޖީއެސްޓީ 16 ޕަސެންޓުން 17 ޕަސެންޓަށް ބޮޑު ކުރުމަށް ނިންމާފަ އެވެ. އަންނަ އަހަރު ޓީޖީއެސްޓީގެ ގޮތުގައި 9.9 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، ޑޮލަރުން ބަލާކަމުގައި ވަނީ ނަމަ އެއީ 642 މިލިއަން ޑޮލަރެވެ.

Advertisement

ޓޫރިޒަމް ގާނޫނުގެ އިސްލާހާއެކު ޖެނުއަރީ، 2025، އިން ފެށިގެން ގްރީން ޓެކްސް ހަ ޑޮލަރުން 12 ޑޮލަރަށް ބޮޑުވާނެ އެވެ. އަދި, 50 ކޮޓަރިއަށް ވުރެ މަދު ތަންތަނުން ދައްކަން ޖެހޭ ވަރު ތިން ޑޮލަރުން ހަ ޑޮލަރަށް ވަނީ ބޮޑުކޮށްފަ އެވެ.

އެއާޕޯޓު ޓެކްސް އަދި ފީ ބޮޑުކުރާނީ ޑިސެމްބަރު 1 އިން ފެށިގެންނެވެ. އިކޮނޮމީ ކްލާހުން ދަތުރު ކުރާ ދިވެހިންގެ އަތުން ނަގާ ފީ އާއި ޓެކްސް ނޫން އެހެން ހުރިހާ ފީއެއް އަދި ޓެކުހެއް އެ ދުވަހުން ފެށިގެން ބޮޑުވާނެ އެވެ.

ޓެކްސްއާ ގުޅޭ ގޮތުން ރައީސްގެ ވައުދު

ރިޔާސީ ކެމްޕޭނުގައި އެކި ޕްލެޓްފޯމްތަކުގައި ރައީސް ވަނީ "ޓެކްސްގެ އެއްވެސް ސީލިންއެއް ބޮޑުކޮށް, ޓެކްސް ބޮޑުކުރަން ގަސްތު ނުކުރަން" ކަމަށް ވިދާޅުވެފަ އެވެ.

ސަންގު ޓީވީ ސެޕްޓެމްބަރު 2023 ގައި ބޭއްވި ރިޔާސީ ބަހުސްގެ މޮޑަރޭޓަރަކަށް ހުންނެވި މިހާރުގެ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ޓެކްސްއާ ގުޅޭ ސުވާލެއް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އަމާޒު ކުރެއްވި އެވެ.

"2026 ގައި ދައްކަން އެއް ބިލިއަން ޑޮލަރު ދައްކަން އެއްވެސް ޕްލޭނެއް އެބަ އޮތްތޯ؟ ވޯޓަށް ރައްޔިތުން ޅޮސް އުނދޯންޏަށް އެރުވުމަށް ފަހު، ވެރިކަމަށް އާދެވުމުން އަނެއްކާ ރައްޔިތުންނާއި ވިޔަފާރިތަކުން ޓެކްސް ނަގަންތޯ ތިޔަ ބޭފުޅުން ވިސްނަނީ؟ ނުވަތަ ކިހިނެއްތޯ ފައިސާ ދައްކާނީ؟," ރައީސަށް އަމާޒުވި ސުވާލުގައި އޮތެވެ.

ސުވާލަށް ރައީސް މުއިއްޒު ޖަވާބު ދެއްވަމުން ގެންދަވަނިކޮށް، މޮޑަރޭޓަރު އެއްސެވީ އިތުރު ޓެކުހެއް ނަގާނެންތޯ އެވެ.

"އެއްވެސް އިތުރު ޓެކްސްއެއް ތައާރަފެއް ނުކުރާނަން. މިހާރު ހުރި ޓެކްސްގެ ބޭނުންކޮށްގެން ޓެކްސް ބޭސް ފުޅާކުރާނ.ީ އޭގެ މާނައަކީ މިހާރު ނުނިމިހުރި ރިސޯޓުތައް ނިންމެނޭނެ، އަދި އޭގެ އިތުރަށް އަޅުގަނޑުމެންނަށް މި ލިބެން ހުރި ފައިސާ އެހެން އިގުތިސާދުތަކުގެ ތެރެއިން ހާއްސަކޮށް މަސްވެރިކަމުގެ ދާއިރާއިން ލިބޭނެ ގޮތް ހަދާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އޭގެ އިތުރުން ވެރިކަމަށް ވަޑައިގަތުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ވެސް ރައީސް ވަނީ އެއްވެސް ޓެކްސްއެއް ބޮޑުނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

"ޓެކްސް ބޭސް ފުޅާކުރާ ވާހަކަ ދެއްކީމާ، ބައެއް ތަންތާނގައި ލިޔެފައި މި އޮންނަނީ، ފޭސްބުކް ޕޭޖްތަކުގައި ކަންނޭނގެ، އިތުރު ޓެކްސްއެއް ނަގަން އެބައުޅެޔޭ. ޓެކްސް ބޮޑުކުރަން އުޅެނިއްޔޭ. މިހެން އޮޅުވާލުން މިއޮތީ. ޓެކްސް ބޭސް ފުޅާކުރުމަކީ، މިހާރު ނަގަމުންދާ ޓެކްސްތައް، މިސާލަކަށް، ޓޫރިޒަމް ޓީ.ޖީ.އެސް.ޓީ. އަޅުގަނޑު މި ދަންނަވަނީ، ނުހެދި ހުރި ރިޒޯޓުތައް ހަދަން ފައިސާ ހޯދައިދީ، ނޫނީ މަގުތައް ފަހިކޮށްދިނީމާ އެ ރިޒޯޓުތައް ނިމޭނެ ވާހަކަ. އިތުރު އިންވެސްޓަރުން، ޓޫރިޒަމް އިންޑަސްޓްރީއަށް ގެންނާނީއޭ. ގެނެސްގެން ޓޫރިޒަމް ފުޅާވީމާ ޓީ.ޖީ.އެސް.ޓީ. ލިބޭލެއް ގިނަވާނެއޭ. އެ ފުޅާވީ. އެ ބޭސް ފުޅާވީ. އެގޮތަށް މިހާރު ނަގަމުންދާ ޓެކްސް، އެ ޓެކްސްތަކުން ލިބޭ އާމްދަނީ ގިނަކުރަން އަޅުގަނޑުމެންގެ އިޤްތިޞާދީ އެޖެންޑާ ކަނޑައަޅާފައޭ މިއޮތީ," މާޗު 3 ވަނަ ދުވަހު ރ. ދުވާފަރުގައި ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox