ސިފައިން ބަލިކޮށް އެސޯސިއޭޝަން ކަޕް ޗެމްޕިއަންކަން އެޗްޑީސީ އަށް

ސިފައިން ބަލިކޮށް އެސޯސިއޭޝަން ކަޕް ޗެމްޕިއަންކަން އެޗްޑީސީ އަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިިވިޝަނުގެ ފައިނަލުގައި ފަސް ސެޓު ކުޅެ، ދިވެހި ސިފައިންގެ މައްޗަށް ކުރިހޯދައި، ކްލަބް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފުރަތަމަ ފަހަރަށް އެސޯސިއޭޝަން ކަޕް ކާމިޔާބު ކޮށްފި އެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމުގެ ކުރިމަތިލުމުން ކުރިހޯދީ ސިފައިންނެވެ. ފައިނަލެކޭ އެއްގޮތަށް އެ މެޗުގައި ވެސް ފަސް ސެޓު ކުޅެން ޖެހުނެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިރޭ ކުރިއަށްދިޔަ ފައިނަލް މެޗު އެޗްޑީސީން ކާމިޔާބުކުރީ 3-2 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ, 25-20, 29-31, 20-25, 25-17 އަދި 13-15 އިންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި, ސިފައިން ވަނީ މުޅި ސެޓު ކަހަލަ ގޮތަކަށް ޑޮމިނޭޓްކޮށް ލީޑުގައި އޮވެގެން ކުޅެފަ އެވެ. މި ސެޓުގައި ސިފައިންގެ ކްލަބްގެ އިތުބާރު ދެ ކުޅުންތެރިންކަމަށްވާ އާދަމް ނަސީމް (އެޑަމް) އަދި ހުސެއިން ރަޒާންގެ މޮޅު ކުޅުން ފެނިގެންދިޔައިރު, މި ސެޓު ސިފައިން ކާމިޔާބުކުރީ 25-20 އިންނެވެ.

މުޅި މެޗުގައި އެންމެ ވާދަވެރިކޮށް ފެނިގެންދިޔައީ މެޗުގެ ދެވަނަ ސެޓެވެ. މި ސެޓުގެ ފަހުކޮޅު ދެ ޓީމަށް ވެސް ސެޓު ނިންމަން ފުރުސަތުތަކެއް ލިބުނެވެ. އެކަމަކު، ފަހު ވަގުތު އެޗްޑީސީން ސެޓު ކާމިޔާބުކުރީ އެ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިންގެ ބޭނުން ހިފައެވެ.

އެ ގޮތުން މި ސެޓުގެ ފަހު ކޮޅު އެޗްޑީސީގެ އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އާދަމް ފައިރޫޒް އަދި ބިދޭސީ ކުޅުންތެރިޔާ, ޒެހީންބެކްގެ މޮޅު ކުޅުމާއެކު މި ސެޓު އެޗްޑީސީން ކާމިޔާބުކުރީ 31-29 އިންނެވެ.

އެސޯސިއޭޝަން ކަޕް ފައިނަލުގައި ސިފައިން އާއި އެޗްޑީސީ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު
އެސޯސިއޭޝަން ކަޕް ފައިނަލުގައި ސިފައިން އާއި އެޗްޑީސީ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު

އެސޯސިއޭޝަން ކަޕް ފައިނަލުގައި ސިފައިން އާއި އެޗްޑީސީ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު

ތިން ވަނަ ސެޓުގައި ސިފައިން ފެނިގެންދިޔައީ ދަށްކޮށެވެ. އޭގެ ފައިދާ ނަގާ އެޗްޑީސީން ވަނީ މި ސެޓު 20-25 އިން ކާމިޔާބު ކޮށްފަ އެވެ.

އެކަމަކު ހަތަރުވަނަ ސެޓުގައި ސިފައިންގެ އެޓޭކްތައް ރިސީވްކުރުމުގައި އެޗްޑީސީ އަށް އުނދަގޫތަކެއްވެ, މި ސެޓު އެ ޓީމަށް ގެއްލުނީ އެވެ. މި ސެޓު ސިފައިން ކާމިޔާބުކުރީ 25-17 އިންނެވެ.

ފަހު ސެޓު ފަށައިގެން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު, މި ސެޓުގެ ފަހުކޮޅު އެޗްޑީސީގެ ތަފާތަކަށްވީ ކުޑަކާއްޓޭގެ ބާރު އެޓޭކުތަކެވެ. އެއާއެކު, އެޗްޑީސީން މި ސެޓު ގެންދިޔައީ, 15-13 އިންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ކުޑަކާއްޓެ އެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ އެޗްޑީސީގެ މުހައްމަދު އަހުސަން، އާދަމް ފައިރޫޒް، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އަދި ސައުދު އަހުމަދުގެ އިތުރުން، ސިފައިންގެ ހުސެއިން ޝާހިދު (ޝާޑު)، ހުސެއިން ރަޒާން އަދި އާދަމް ނަސީމް (އެޑަމް) އެވެ.

އެންމެ މޮޅު ކޯޗަކަށް އެޗްޑީސީގެ ހުސެއިން ޝަރީފް (ނަލަ ޝަރީފް) އެވެ. އެންމެ އުންމީދީ ކުޅުންތެރިއަކަށް ޕޮލިހުގެ ޝާމިލް މުހައްމަދު ހޮވުނުއިރު، އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ، އެޗްޑީސީގެ ޒަންޓިމީރް އެވެ.

އެޗްޑީސީން ފައިނަލަށް ދަތުރުކުރީ ތިން ވަނަ ސެމީ ފައިނަލުގައި ސިޓީ ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ. އެ މެޗު ސިޓީން ދޫކޮށްލީ، ދިވެހި ސިފައިންގެ ކްލަބުން ގަވާއިދާ ހިލާފަށް ދެ ކުޅުންތެރިން ކުޅުވި މައްސަަލަ، ސިޓީން އެސޯސިއޭޝަނަށް ހުށަހެޅުމުން، އިޖުރާއަތް ފުރިހަމަނުވާ ކަމަށް ބުނެ، އެ އަށް ޖަވާބު ނުދޭތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox