ރާއްޖެ-ތުރުކީ ވިޔަފާރީގެ އެއްބަސްވުން: އެކްސްޕޯޓް ކުރާ މަހުގެ މުހިންމު ބާވަތްތަކުން ނަގާނީ ކުޑަ ޑިއުޓީއެއް

އެއްބަސްވުމުގައި ސޮއި ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ކަޅުބިލަމަހަށް ތުރުކީއިން ނަގާނީ ލުއި ޑިއުޓީއެއް -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

އެއްބަސްވުމުގައި ސޮއި ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ކަޅުބިލަމަހަށް ތުރުކީއިން ނަގާނީ ލުއި ޑިއުޓީއެއް -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ދިވެހިރާއްޖެ އާއި ތުރުކީއާ ދެމެދު މިއަދު ސޮއި ކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ގިނަ ބާވަތްތަކުން ނަގާނީ ކުޑަ ޑިއުޓީއެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ އެއްބަސްވުމަށް އަމަލު ކުރަން ފަށާއިރު، ރާއްޖެއިން ތުރުކީއަށް އެކްސްޕޯޓު ކުރާ ރީނދޫއުރަހަ ކަންނެލި، ލޯބޮޑު ކަންނެލި އަދި ކަޅުބިލަމަހުން ނަގާނީ ލުއި ޑިއުޓީއެއް ކަމަށެވެ. ރާއްޖެއިން އެކްސްޕޯޓް ކުރާ އެ ބާވަތްތަކުގެ މަހުން މިހާރު ތުރުކީއިން 60 ޕަސެންޓުގެ ޑިއުޓީއެއް ނަގަ އެވެ.

"[މި އެއްބަސްވުމުގެ ދަށުން] ދިވެހިރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތައް ސަރަހައްދީ މާކެޓްތަކާ އަޅާބަލާއިރު ރަނގަޅު އަގެއްގައި ތުރުކީ ވިލާތަށް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ،" މިނިސްޓްރީން ބުންޏެވެ.

ރާއްޖެއިން އެކްސްޕޯޓު ކުރާ މަހުގެ 39 ބާވަތަކުން އެއްވެސް ޑިއުޓީއެއް ނުނަގާނެ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ. ނަމަވެސް އެއީ ކޮން ބާވްތަތަކެއް ކަމެއް އިކޮނޮމިކް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ. ކުޑަ ޑިއުޓީއެއް ނަގާ މަހުގެ 103 ބާވަތް ހިމެނެ އެވެ.

އޭގެ އިތުރުން، ފިޝް ފިލޭ، ސީފުޑް، އަދި ޕްރޮސެސްކޮށްފައި ހުންނަ ހިކި މަސް އަދި ލޮނުމަހަށް ވެސް ތުރުކީއިން ނަގާނީ ކުޑަ ޑިއުޓީއެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

އެ އެއްބަސްވުމުގެ ދަށުން ތުރުކީއިން ރާއްޖެއަށް އިމްޕޯޓް ކުރާ ވަރަށް ގިނަ ސާމާނުތަކުން ވެސް ނަގާ ޑިއުޓީ ކުޑަވާނެ އެވެ. އޭގެ ތެރޭގައި ރިސޯޓު އިމާރާތް ކުރަން ގެންނަ ތަކެތި ހިމެނޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ. އަދި ޑިއުޓީއަށް ލުއި ލިބޭ ތަކެތީގެ ތެރޭގައި އިންޑަސްޓްރިއަލް އިކުއިޕްމަންޓުތައް ވެސް ހިމެނޭ ކަމަށް ސަރުކާރުުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox