ސަރުކާރުގެ ހުއްދަ ނެތި ތާލިބާން ސަފީރާ ބައްދަލު ކުރި ތޯހާ މަގާމުން ވަކިކޮށް ރާއްޖެ ގެންނަނީ

Nov 4, 2024, 1:00 PM
ތޯހާ އަދި ޝަކީބު: ސަރުކާރުން ބުނަނީ އޭނާ ތާލިބާން ސަރުކާރާ ބައްދަލު ކުރީ ހުއްދަ ހޯދުމެއް ނެތި ކަމަށް -- ފޮޓޯ: އަފްގާނިސްތާނު އެމްބަސީ

ތޯހާ އަދި ޝަކީބު: ސަރުކާރުން ބުނަނީ އޭނާ ތާލިބާން ސަރުކާރާ ބައްދަލު ކުރީ ހުއްދަ ހޯދުމެއް ނެތި ކަމަށް -- ފޮޓޯ: އަފްގާނިސްތާނު އެމްބަސީ

ދިވެހި ސަރުކާރުގެ ހުއްދަ ނެތި ޕާކިސްތާނުގައި ހުންނަ އަފްގާނިސްތާނުގެ އެމްބެސަޑަރާ ބައްދަލު ކުރުމުން، ޕާކިސްތާނަށް ދިވެހި ސަރުކާރުން ކަނޑައަޅާފައި ހުރި މުހައްމަދު ތޯހާ މަގާމުން ވަކިކޮށް އަނބުރާ ރާއްޖެ ގެންނަން ނިންމައިފި އެވެ.

އަފްގާނިސްތާނުގައި ތާލިބާނުން ހިންގާ ސަރުކާރުން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަ އެކްޓިން އެމްބެސަޑަރު ސަރްދާރް އަހުމަދު ޝަކީބުއާ ތޯހާ ބައްދަލު ކުރި މައްސަލައިގައި ފިޔަވަޅު އަޅާފައިވާ ކަމަށް އިއްޔެ ހާރިޖީ އޮފީހުން ވެސް ވަނީ ބުނެފަ އެވެ.

އެކަމަކު އެޅީ ކޮން ފިޔަވަޅެއްކަން ފޮރިން މިނިސްޓްރީން ރަސްމީކޮށް ނުބުނެ އެވެ. ނަމަވެސް އެ މައްސަލައިގައި ތޯހާ މަގާމުން ވަކިކޮށްފައިވާކަން މި ނޫހަށް ވަނީ އެނގިފަ އެވެ. އޭނާ މިހާރު ހުރީ ވެރި ރަށް މާލެއަށް އައުމުގެ މަގުމަތީގަ އެވެ.

Advertisement

އަފްގާނިސްތާނާއެކު މާޗް، 2006، ވަނަ އަހަރު ދިވެހިރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރި ނަމަވެސް އެ ގައުމުގައި މިވަގުތު ވެރިކަން ކުރާ ތާލިބާނުގެ ސަރުކާރުން، ދިވެހި ސަރުކާރުން ބަލައެއްނުގަނެ އެވެ. އެކަން މިއަދު ފޮރިން މިނިސްޓްރީން ވެސް ކަށަވަރުކޮށްދިނެވެ.

"ދިވެހިރާއްޖެއިން ގައުމުތަކުގެ ސަރުކާރުތައް ބަލައިގަތުމުގައި ސުވާލެއް އުފެދޭ ހާލަތެއްގައި އަބަދުވެސް ބަލަނީ އދ. އިން ކަނޑައަޅާފައިވާ މިންގަޑުތަކާއި އުސޫލުތަކަށް. އަދި މި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން، އދ. ގައި އަފްގާނިސްތާނު ތަމްސީލުކުރާ ފަރާތަކީ އަފްގާނިސްތާނުގެ ސަރުކާރުގެ ގޮތުގައި ދިވެހި ސަރުކާރުން ބަލައިގަންނަ ފަރާތް ކަމުގައި ދެންނެވިން،" ހާރިޖީ އޮފީހުން ބުންޏެވެ.

ހުކުރު ދުވަހުގެ ބައްދަލުވުމަށްފަހު، އަފްގާނިސްތާނުގެ އެމްބެސަޑަރުގެ އޮފީހުން ބުނީ ރާއްޖެ އާއި އަފްގާނިސްތާނާ ދެމެދު ގުޅުން ބަދަހިކޮށް، ވިޔަފާރީގެ ގުޅުން އެކުލަވާލުމަށް އެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށެވެ. އަފްގާނިސްތާނު މެދުވެރިކޮށް ސެންޓްރަލް އޭޝިޔާގެ އެހެން ގައުމުތަކާ ރާއްޖެއިން ވިޔަފާރި ކުރެވޭނެ މަގު ފަހި ކުރުމަށް ވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށް އަފްގާނިސްތާނުގެ އެމްބަސީން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox