އެޓަލަންޓާ އިން ނަޕޯލީ ބަލިކޮށްފި، އިންޓަ އަށް މުހިންމު މޮޅެއް

Nov 3, 2024, 11:35 PM
އެޓަލަންޓާގެ ލުކްމަން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ

އެޓަލަންޓާގެ ލުކްމަން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ

މިލާން (ނޮވެމްބަރު 4) - އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ ދަނޑުގައި އެ ޓީމުގެ މައްޗަށް 3-0 އިން އެޓަލަންޓާ ކުރިހޯދިއިރު، އެންމެ ފަހުގެ ޗެމްޕިއަން، އިންޓަ މިލާނުން ވެނެޒިއާ އަތުން 1-0 އިން މޮޅުވެއްޖެ އެވެ.

ރޭގެ ނަތީޖާތަކާ އެކު، އިންޓަ އިން ވަނީ އެއް ވަނައިގައި އޮތް ނަޕޯލީއާ ދެމެދު އެއް ޕޮއިންޓަށް ފަރަގުކުޑަކޮށްފަ އެވެ. ނަޕޯލީ އެއް ވަނައިގައި އޮތީ 11 މެޗުން 25 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އިންޓަ އަށް 11 މެޗުން 24 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އެޓަލަންޓާ އަށް 11 މެޗުން ވަނީ 22 ޕޮއިންޓް ލިބިފަ އެވެ. ފިއޮރެންޓީނާ ހަތަރެއްގައި އޮތީ 11 މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަނައިގައި އޮތް ޔުވެންޓަސް އަށް ވަނީ 11 މެޗުން 21 ޕޮއިންޓް ލިބިފަ އެެވެ.

ނަޕޯލީގެ ދަނޑު ޑިއޭގޯ މަރަޑޯނާ ސްޓޭޑިއަމްގައި އެޓަލަންޓާގެ ތަރި އަކީ އަޑެމޯލާ ލުކްމަން އެވެ. އޭނާ ވަނީ 31 މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު ޖެހީ 10 ވަނަ މިނިޓްގަ އެވެ. އޭގެ 20 މިނިޓް ފަހުން ދެ ވަނަ ލަނޑު ޖެހިއިރު، މި ދެ ގޯލަށް ވެސް ފުރުސަތު ހޯދައިދިނީ ޑި ކަޓަލެއާ އެވެ.

Advertisement

ނަޕޯލީން ވެސް ލަނޑު ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރި މި މެޗުގައި އެޓަލަންޓާގެ ފަހު ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގައި މަޓެއޯ ރެޓެގީ އެވެ.

އިންޓަ އިން އަމިއްލަ ދަނޑުގައި ވެނެޒިއާ ބަލިކުރި މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ދެ ވަނަ ހާފުގައި ޖެހީ ލަޓައުރޯ މާޓީނޭޒް އެވެ. މި މެޗުގައި އިންޓަގެ ހެންރިކް މިިކިތާރްޔަން ޖެހި ލަނޑަކާއި ވެނެޒިއާގެ މަރިން ސްވާކޯ ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވަނީ ބަލައިނުގަންނަން ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox