ޗެލްސީއާ އެއްވަރުވެ ޔުނައިޓެޑަށް ތާރީހީ ވެއްޓުމެއް

Nov 3, 2024, 11:03 PM
ޗެލްސީއާ އެއްވަރުވެ ޔުނައިޓެޑަށް ތާރީހީ ވެއްޓުމެއް

ލަންޑަން (ނޮވެމްބަރު 4) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ޗެލްސީއާ 1-1 އިން އެއްވަރުވެ، މެންޗެސްޓާ ޔުނައިޓެޑުން އެ ކްލަބްގެ ތާރީހުގައި ވެސް ޕްރިމިއާ ލީގުގައި އެންމެ ދަށްކޮށް ސީޒަނެއް ފަށަން ޖެހިއްޖެ އެެވެ.

ލީގުގައި ކުޅުނު 10 މެޗުން ލިބުނު 12 ޕޮއިންޓާ އެކު ޔުނައިޓެޑް އޮތީ 13 ވަނައިގަ އެވެ. އެންމެ ފަހުން ލީގުގައި ޔުނައިޓެޑުން އެންމެ ދަށްކޮށް ފެށީ 1986/1987 ވަނަ ސީޒަނުގަ އެވެ. އެއީ، ޕްރިމިއާ ލީގަށް ރީބްރޭންޑް ކުރުމުގެ ކުރިންނެވެ. ޔުނައިޓެޑުން މި ސީޒަނުގައި ލީގުގައި ނުވަ ގޯލު ޖެހިއިރު، މިއީ 1973/1974 ވަަނަ އަހަރުގެ ސީޒަނުގެ ލީގުގައި މިހާ ހިސާބަށް އައިއިރު، ވެސް ޔުނައިޓެޑުން ގޯލު ޖެހި އަދަދެވެ.

މިއީ އެރިކް ޓެން ހާގް ކޯޗުކަމުން ވަކިކުރި ފަހުން ޔުނައިޓެޑުން ލީގުގައި ކުޅުނު ފުރަތަމަ މެެޗެވެ. ވަގުތީ ކޯޗު ރޫޑް ވެން ނިސްޓަލްރޫއިގެ ކޯޗުކަމުގައި ލީގު ކަޕްގައި ޔުނައިޓެޑުން އަމިއްލަ ދަނޑުގައި 5-2 އިން ލެސްޓާ ސިޓީ ބަލިކުރި ނަމަވެސް، ރޭ ޗެލްސީ ކޮޅަށް ލީޑުނެގުނީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 70 ވަަނަ މިނިޓްގައި މި ޕެނަލްޓީ ޖެހީ ބްރޫނޯ ފެނާންޑޭސް އެވެ.

އެކަމަކު، ޔުނައިޓެޑަށް ލީޑުގައި އޮވެވުނީ ހަަތަރު މިނިޓެވެ. މޮއިސަސް ކައެސޭޑޯ ވަނީ ވޮލީ އަކުން ޖެހި ގޯލުން ނަތީޖާ ހަމަހަަމަކޮށްދީފަ އެވެ.

ޔުނައިޓެޑް ދަނޑުގައި އެންމެ ފަހުން ލީގުގައި ކުޅުނު 12 މެޗުން ވެސް ޗެލްސީ އަށް މޮޅެއް ލިބިފައިނުވެ އެވެ. މި މެޗުން ލިބުނު ޕޮއިންޓާ އެކު ޗެލްސީ އޮތީ 10 މެޗުން 18 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.

ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އިން ވަނީ ފަހަތުން އަރައި 4-1 އިން އެސްޓަން ވިލާ ބަލިކޮށްފަ އެވެ. މޯގަން ރޮޖާސްގެ ގޯލުން އެސްޓަން ވިލާ އިން ލީޑުނަގާފައިވަނިކޮށް، ބްރެނަން ޖޯންސަން ވަނީ ޓޮޓެންހަމް އަށް އެއްވަރުކޮށްދީފަ އެވެ. ޑޮމިނިކް ސޮލާންކޭގެ ދެ ގޯލާއި ޖޭމްސް މެޑިސަން ގޯލެކެވެ.

މި މޮޅާ އެކު، ޓޮޓެންހަމް އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. އެއީ 10 މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox