ބަޖެޓުގައި ތަފުސީލެއް ނެތް؛ ކުރާ ކަމެއް، ހިންގާ މަޝްރޫއެއް ނޭނގޭ

Nov 4, 2024, 2:04 AM
ރައްޔިތުންގެ މަޖިލީހުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަންނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަނީ: މިހާތަނަށް ފެންނަން އޮތް ބަޖެޓު ފޮތުގައި އާމްދަނީ އާއި ހަރަދުތަކުގެ މައުލޫމާތު ފިޔަވައި ގިނަ މައުލޫމާތުތަކެއް ނެތް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަންނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަނީ: މިހާތަނަށް ފެންނަން އޮތް ބަޖެޓު ފޮތުގައި އާމްދަނީ އާއި ހަރަދުތަކުގެ މައުލޫމާތު ފިޔަވައި ގިނަ މައުލޫމާތުތަކެއް ނެތް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރަށް ލަފާކޮށް ބަޖެޓު ހުށަހެޅިއިރު، ކުރަން ރާވާފައިވާ މަސައްކަތްތަކުގެ ތަފުސީލާއި ރަށްރަށުގައި ހިންގާ މަޝްރޫއުތަކުގެ ތަފުސީލު ނުހިމަނާ އޮތް މައްސަލައިގައި މީހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ވޭތުވި އަހަރުގެ ބަޖެޓު ފޮތަށް ބަލާއިރު، ރަށްރަށުގައި ހިންގާ މަޝްރޫއުތަކާއި ސަރުކާރުން އަލަށް ފަށާ ސިޔާސަތުތަކުގެ ތަފުސީލުތައް ހިމަނައި، ވަކިވަކި ކަންކަމަށް ބަޖެޓުކޮށްފައިވާ އަދަދު ވަރަށް ތަފުސީލުކޮށް ހިމަނާފައިވެ އެވެ. ހާއްސަކޮށް ޕަބްލިކް ސެކްޓާ އިންފްރާސްޓްރަކްޗާ ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ހިންގާ މަޝްރޫއުތަކާއި އަލަށް ފަށާ ސިޔާސަތުތަކަށް ބަޖެޓު ކުރާ މިންވަރު ހިމަނާފައިވެ އެވެ.

މިހެން ނަމަވެސް މި އަހަރުގެ ބަޖެޓު ފޮތުން މިކަހަލަ އެއްވެސް ތަފުސީލެއް ފެންނާކަށް ނެތެވެ. އަދި ކުރީ އަހަރުގެ ބަޖެޓު ފޮތްތަކުގައި ހިމަނާފައި ހުރި މައުލޫމާތު ގޮޅިތަކެއް ވެސް ފެންނާކަށް ނެތެވެ. ހަމަ އެހެންމެ ދުނިޔޭގެ މާލީ ހާލަތާއި ރާއްޖޭގެ މާލީ ހާލަތު އަންގައިދޭ ލިޔުންތަކާއި ބަޖެޓަށް ހުރި ހިރާސްތައް ފަދަ ކަމެއް ވެސް ބަޖެޓުން ފެންނާކަށް ނެތެވެ.

Advertisement

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރި މީހުންގެ ތެރޭގައި މައި އިދިކޮޅު ޕާޓީ، އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކައުންސިލުތަކުގެ މެމްބަރުން ހިމެނެ އެވެ. މި އެންމެންގެ ވެސް މައިގަނޑު ކަންބޮޑުވުމަކީ ތަފުސީލުތައް ހިމަނާފައި ނެތުމުން އަންނަ އަހަރު ރަށްރަށުގައި ހިންގާ ޕްރޮޖެކްޓުތަކުގެ ތަފުސީލުތައް ނޭނގުމެވެ.

މިކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގެ ރަސްމީ ޖަވާބެއް ނުލިބުނު ނަމަވެސް ކަމުގެ މައުލޫމާތު އެނގޭ މަސްދަރަކުން ނަން ނުޖަހާ ގޮތަށް "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ، އެ ތަފުސީލުތަކާ ނުލާ މަޖިލީހަށް ބަޖެޓު ހުށަހެޅީ ގާނޫނުގައި އޮންނަ މުއްދަތުގެ ތެރޭގައި އެކަން ކުރަން ކަމަށެވެ. އަދި ރަސްމީ ބަޖެޓު ފޮތް އާންމުކުރާ އިރު، އެ ހުރިހާ މައުލޫމާތުތަކެއް ހިމަނާފައި ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައި ވަނީ 56 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގެ އެންމެ ބޮޑު އިންސައްތައެއް ހަރަދު ކުރަނީ ޕީއެސްއައިޕީގެ ދަށުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށެވެ. އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އަކީ 39.8 ބިލިއަން ރުފިޔާ އެވެ.

ކޮންމެ އަހަރެއްގައި ވެސް މަޖިލީހަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހެޅުމަށް ފަހު، ބަޖެޓުގެ މައުލޫމާތު ހާމަކުރަން ފިނޭންސް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ހާއްސަ ވެބްސައިޓު، ބަޖެޓު.އެމްވީ އެ ހުރިހާ މައުލޫމާތު ގުޅޭ ލިޔުންތައް ލައެވެ. ނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅި ބަޖެޓުގެ އެއްވެސް މައުލޫމާތެއް ބަޖެޓު ވެބްސައިޓުގައި ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox