އަމިއްލަ އިންޝުއަރެންސް އޮތަސް ޖީބުން ފައިސާ ދައްކަން ޖެހޭނަމަ އާސަންދަ ލިބޭނެ

އަމިއްލަ އިންޝުއަރެންސް އޮތަސް ޖީބުން ފައިސާ ދައްކަން ޖެހޭނަމަ އާސަންދަ ލިބޭނެ

އަމިއްލަ އިިންޝުއަރެންސް ހުސްނުވަނީސް އާސަންދަ ބޭނުން ނުކުރެވޭ ގޮތް ހެދުމުން، އިންޝުއަރެންސްގެ ހިދުމަތް ދޭ ބައެއް ކުންފުނިތަކުގެ ކޭޝްލެސް ހިދުމަތް މެދުކަނޑާލުމާއެކު، ހިތްހަމަނުޖެހުމާއި ޝަކުވާ ބޮޑުވެގެން ދިޔުމުން އެފަދަ ހާލަތްތަކުގައި ވެސް އަމިއްލަ ޖީބުން ފައިސާ ދައްކަން ނުޖެހި، އާސަންދަ ލިބޭނެ ކަމަށް އެންސްޕާއިން ބުނެފި އެވެ.

ނޮވެމްބަރު 1 އިން ފެށިގެން އަމަލު ކުރަން ފެށި އާ އުސޫލުގައި އޮތީ އަމިއްލަ އިންޝުއަރެންސް ކަވަރޭޖެއް އޮތްނަމަ އާސަންދަ ލިބޭނީ އެ ކަވަރޭޖެއް ހުސްވުމުން ކަމަށެވެ.

ނަމަވެސް އާސަންދަ ކުންފުނިން ރޭ ނަރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕްރައިވެޓު އިންޝުއަރެންސްގެ ކަވަރޭޖު ނުވަތަ ހިދުމަތް ނުލިބޭ ހާލަތެއްގައި ނަމަ އެ ފަރާތަކަށް އާސަންދަ ސްކީމުން މިހާރު ވެސް ހިދުމަތް ލިބެމުންދާ ގޮތަށް ބޭސްފަރުވާގެ ހިދުމަތް ލިބިގެންދާނެ އެވެ.

"އަމިއްލަ އިންޝުއަރަންސް ކުންފުނިތަކުން ކޭޝްލެސް ޕޭމަންޓު ހުއްޓާލުމުގެ ސަބަބުންކަމުގައިވިޔަސް އަމިއްލަ އިންޝުއަރަންސް ޕޮލިސީން ކަވަރޭޖު ނުލިބި އަމިއްލަ ޖީބުން ފައިސާ ދައްކަންޖެހޭ ހުރިހާ ހާލަތެއްގައި އާސަންދަ ކަވަރޭޖު ކުރެކޭވެސް އެއްގޮތަށް ލިބިގެންދާނެ އެވެ،" އާސަންދަ ކުންފުނީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އިޝްރާފު ބޮޑުވެގެން އާސަންދަ އިސްލާހުކުރުމުގެ މަސައްކަތް ސަރުކާރުން މިފެށީ، މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެގެން ދިޔުމުންނެވެ.

އަމިއްލަ އިިންޝުއަރެންސެއް އޮތްނަމަ އެ ހުސްނުވަނީސް އާސަންދަ ބޭނުން ނުކުރެވޭ ގޮތް ކުއްލިއަކަށް ހެދުމަކީ، ހޮސްޕިޓަލްގެ ކައުންޓަރުން ހިދުމަތް ދިނުމަށް ލަސްތަކެއް އަންނާނެ ކަމެއް ކަމަށް، ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް، އޭޑީކޭއިން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox