ސިޓީ އާއި އާސެނަލް ބަލިވުމުގެ ފައިދާ ލިވަޕޫލުން ނަގައިފި

Nov 2, 2024, 6:06 PM
ސިޓީ އާއި އާސެނަލް ބަލިވުމުގެ ފައިދާ ލިވަޕޫލުން ނަގައިފި

ލަންޑަން (ނޮވެމްބަރު 3) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ އާއި އާސެނަލް ބަލިވުމުގެ ފައިދާނަގައި، ލިވަޕޫލުން ލީގުގެ އެއް ވަނައިގައި ލީޑުހޯދައިފި އެވެ.

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ބަލިކުރީ 1-0 އިންނެވެ. ބޯންމައުތުން 2-1 އިން ސިޓީގެ މައްޗަށް ކުރިހޯދައި ތާރީހީ މޮޅެއް ހާސިލްކުރިއިރު، ލިވަޕޫލުން ބްރައިޓަން ބަލިކުރީ ފަހަތުން އަރައި 2-1 އިންނެވެ.

ލީގުގެ އެއް ވަަނައިގައި ލިވަޕޫލް އޮތީ 10 މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، ސިޓީ އަށް ވަނީ 10 މެޗުން 23 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތީ މިރޭ ވެސްޓް ހޭމް ޔުނައިޓެޑް އަތުން 3-0 އިން މޮޅުވި ނޮޓިންހަމް ފޮރެސްޓް އެވެ. އެ ޓީމަށް ވަނީ 10 މެޗުން 19 ޕޮއިންޓް ލިބިފަ އެވެ. އާސެނަލް ހަތަރެއްގައި އޮތީ 10 މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ.

ނިއުކާސަލް ދަނޑުގައި މިރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 12 ވަނަ މިނިޓްގައި ޖެހީ ސްވިޑަންގެ ފޯވާޑް އަލެކްސަންޑަ އިސާކް އެވެ. އެންތަނީ ގޯޑަން އަރިމަތިން ނަގައިދިން ހުރަހަކުން އިސާކް މި ލަނޑު ޖެހީ ބޮލުންނެވެ.

އާސެނަލް މި ވަނީ ލީގު ރޭހުގައި ފަހަތަށް ވެއްޓިފަ އެވެ. އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް އެ ޓީމަށް މޮޅެއް ލިބިފައިނުވެ އެވެ.

އަނިޔާގެ މައްސަލަ ބޮޑުވެފައި އޮތް ސިޓީ ކޮޅަށް ބޯންމައުތުން ލަނޑުތައް ޖެހީ، އެންޓޮއިން ސެމެންޔޯ އާއި އެވަނިލްސަން އެވެ. މެޗު ނިމެން އަށް މިނިޓަށް ވެފައި ވަނިކޮށް، ސިޓީގެ ޑިފެންޑަރު، ޖޮސްކޯ ގްވާޑިއޯލް ލަނޑެއް ޖަހައި އެ ޓީމަށް އުންމީދެއް ހޯދައިދިނެވެ. އެކަމަކު، ބޯންމައުތުން ވަނީ ރަނގަޅަށް ޑިފެންސްކޮށް ލީޑު ހިފަހައްޓައި މެޗުން މޮޅުވެފަ އެވެ.

މި ހަފްތާގައި ލީގު ކަޕުން ޓޮޓެންހަމް އަތުން ބަލިވެ، ކެޓި ސިޓީ މި ވަނީ ޖެހިޖެހިގެން ދެ މެޗުން ބަލިވެފަ އެވެ.

ލިވަޕޫލް ދަނޑުގައި ޖެހިޖެހިގެން ދެ ވަނަ އަހަރަކު ބްރައިޓަން އިން ލީޑުނެގި އެވެ. މިރޭގެ މެޗުގައި ބްރައިޓަންގެ ލަނޑު ޖެހީ، ފާޑީ ކަޑިއޯގްލޫ އެވެ. އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް، ކަޑިއޯގްލޫ ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ދުރު ކަނަށެވެ. ފުރަތަމަ ހާފުގައި ބްރައިޓަން އިން ލީޑުގައި އޮވެ، ނިންމާލިއިރު، ލިވަޕޫލުން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގަ އެވެ.

މި މެޗުގައި ލިވަޕޫލުން ޖެހި ގިނަ ޝޮޓްތަކެއް ބްރައިޓަންގެ ކީޕަރު ބާޓް ވަބްރޫގަން މަތަކުރި އެވެ. އެކަމަކު، މެޗުގެ 69 ވަނަ މިނިޓްގައި ކޯޑީ ގަކްޕޯ ނަގައިދިން ބޯޅައެއް ގޯލުގެ ކަނަށް ވަދެ ނަތީޖާ ހަމަހަމަވީ އެވެ. މިއީ، މި ހަފްތާ ތެރޭ ބްރައިޓަން ކޮޅަށް ގަކްޕޯގެ ތިން ވަނަ ލަނޑެވެ. ލީގު ކަޕްގައި ލިވަޕޫލުން ބްރައިޓަން ދަނޑުގައި މޮޅުވި މެޗުގައި، ގަކްޕޯ ދެ ގޯލު ޖެހި އެވެ.

ނަތީޖާ ހަމަހަމަކުރިތާ ދެ މިނިޓް ފަހުން، ލިވަޕޫލް މޮޅުވި ލަނޑު ޖެހީ މުހައްމަދު ސަލާހު އެވެ.

ލީގުގައި މިރޭ އިޕްސްވިޗް ޓައުން އާއި ލެސްޓާ ސިޓީގެ މެޗު 1-1 އިން އެއްވަރުވިއިރު، ސައުތެމްޓަން އިން ވަނީ 1-0 އިން އެވަޓަން ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox